ޏ. ފުވައްމުލަކުގައި ސަރުކާރުން އިމާރާތްކުރި ކީރިތި ގުރުއާނާބެހޭ މަރުކަޒު މިއަދު ހަވީރު ހުޅުވައިފި އެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ ފުވައްމުލަކު ގުރުއާނާބެހޭ މަރުކަޒުގައި ފަސް ކްލާސްރޫމާއި ނަމާދު ކޮޓަރިއަކާއި ހިފްޒު ޓެސްޓް ރޫމާއި އޮޑިޓޯރިއަމްއަކާއި ލައިބްރަރީއެއްގެ އިތުރުން އޮފީސް ބަޔާއި މީޓިން ރޫމެއް ހިމެނޭ ކަމަށެވެ. 

އެތަނާ އެކު އެ ސިޓީގައި ގުރުއާން ހިފްޒުކުރުމުގެ ޕްރޮގްރާމުތައް އިތުރުކޮށް ޓީޗަރުން ވެސް އިތުރުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. 

ފުވައްމުލަކުގައި ގުރުއާނާބެހޭ މަރުކަޒު ހުޅުވަން ބޭއްވި ރަސްމިއްޔާތު --- ފޮޓޯ/އިސްލާމިކް މިނިސްޓްރީ
ފުވައްމުލަކުގައި ގުރުއާނާބެހޭ މަރުކަޒު ހުޅުވަން ބޭއްވި ރަސްމިއްޔާތު --- ފޮޓޯ/އިސްލާމިކް މިނިސްޓްރީ

މިނިސްޓްރީން ބުނީ ފުވައްމުލަކުގައި ތަރައްގީކުރާ އިސްލާމިކް ސެންޓަރުގެ ޑިޒައިނިން މަސައްކަތް ވެސް އެއްކޮށް ނިންމައި، އެ ކޮންސެޕްޓް އެ ސިޓީގެ ކަައުންސިލްގެ ހިޔާލު ހޯދުމަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި އިސްލާމިކް ސެންޓަރުގެ މަސައްކަތް ނިމުމުން، އެތަނަށް ގުރުއާނާބެހޭ މަރުކަަޒަކު ބަދަލުވާނެ އެވެ. އަދި އޭރުން މިއަދު ހުޅުވި ގުރުއާނާބެހޭ މަރުކަޒު ބަދަލު ކުރެވޭނީ ވަގްފު ބިނާއަކަށް ކަމަށާއި އަދި އެތަން ކުއްޔަށް ދީގެން ލިބޭ ފައިސާ ހަރަދުކުރާނީ އެ ސިޓީގެ ދީނީ ކަންކަމަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.