ކިލޯއަކަށް ވުރެ ގިނަ ޑްރަގާއި މަސްތުވާތަކެތި ހުރި ވޭޕް ކާޓްރިޖްތަކެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި ތިން ޒުވާނަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މާފަންނު ގެއެއް ބަލާ ފާސްކުރިއިރު 1.7 ކިލޯގެ ޑްރަގާއި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ 230 ވޭޕް ކާޓްރިޖް އަދި 26 ފުޅި ވޭޕް ފްލޭވާ އަދި ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށެވެ. 

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ؛

  •  ކ. ހުރާ. ސާނީވިލާ، ހުސައިން ޝާވިން، 26
  • ތ. ތިމަރަފުށި، ވިލާ، މަރްޔަމް އިޝާ އަޝްރަފް، 21
  •  ސ. ހުޅުދޫ، ރޭޝަމް، މުހައްމަދު ނާހިލް، 25

 އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝާވިން އާއި އިޝާ 15 ދުވަސް އަދި ނާހިލް ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.