މާލެ ކައިރިން ބޮޑު ދެ ބޯޓެއް އޮޔާދާތީ ކަމާގުޅޭ އިދާރާތަކުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެ ހާދިސާގެ ރިޕޯޓު ފުލުހުންނާއި ކޯސްޓުގާޑަށް ހުށަހަޅާފައިވަނީ މިރޭ 10:00 ހާއިރެވެ. 

އެނގިފައިވާ ގޮތުގައި ގަދަވަޔާއެކު ނަގިލި ކަނޑައިގެން ގޮސްގެން، އޮޔާދަނީ ދޫނިދޫއާ ދިމާލުގައި އަޅާފައި އޮތް ބޮޑު ދެ ބޯޓެވެ. 

އެ ދެ ބޯޓު ވަނީ ސިނަމާލެ ބްރިޖު ދަށުން، މާލޭގެ އުތުރު ފަރާތުން ސިޓްރަން ރެސްޓޯރެންޓާ ދިމާލުން ފަޅުތެރެއަށް ވަދެފަ އެވެ. 

ނަމަވެސް، ބްރިޖުގައި ޖެހި، ބްރިޖަށް ގެއްލުން ލިބުނުކަމެއް އަދި ނޭނގެ އެވެ.

އެ ސަރަހައްދުގައި ކޯސްޓުގާޑުން ހަރަކާތްތެރިވާތީ އެކަމުގެ އިތުރު މައުލޫމާތެއް އަދި ސާފެއް ނުވެ އެވެ.