ކުއްޖެއްގެ ދިރިއުޅުމަށް އެންމެ ބޮޑު ތަފާތުތަކެއް ގެނެސްދޭ ބަޔަކީ ޓީޗަރުން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ޓީޗަރުންގެ 8 ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް ފެށުމަށް ޝަހީދު އަލީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެފަދަ ކޮންފަރެންސެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ޕޮލިސީ ތަކަށް އަންނަ ބަދަލުތަކާއި ކްލާސްރޫމުތަކުގެ ޕްރެކްޓިސްތަކާއި ރިސާޗާ ގުޅުވުން ކަމަށެވެ.

މިއަދާއި މާދަމާ ކުރިއަށް ގެންދާ އެ ކޮންފަރެންސުން ލިބުނު ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އިލްތިމާސް ކުރައްވާ މިނިސްޓަރު ވިދާޅުވީ ކުއްޖަކަށް ހަގީގީ ބަދަލެއް ގެނެވެނީ ޓީޗަރުންގެ މަސައްކަތުން ކަމަށެވެ.

އަށް ވަނަ އިންޓަނޭޝަނަލް ޓީޗަރުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ބައިވެރިވެ ވަޑައިގަންނަވަނީ، އަރިހުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މަހްމޫދު ޝައުގީގެ އިތުރުން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ޓީޗަރުން ބައިވެރިވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

"ޓީޗަރަކީ ހަގީގީ ބަދަލު ކުއްޖާއަށް ގެންނަ ފަރާތަކީ. ޓީޗަރަކީ ކުއްޖާގެ ބެލެނިވެރިންނާއި މައިންބަފައިންނާއި ގުޅިގެން ކުއްޖާއަށް ތަފާތުކަމެއް ގެނައުމުގެ މޭސްތިރިއަކީ ހަގީގަތުގައި ޓީޗަރުން،" އިސްމާއިލް ވިދާޅުވި އެވެ.

"ކުއްޖެއް ބައްޓަން ކުރުމަށް އަޅުގަނޑުމެންނަށް ލިބިގެންވާ ބާރާއި އިހުތިޔާރު މުދައްރިސަރަކަށް އޮންނަން ޖެހޭ ފުރުސަތު ހަނި ކުރެވިއްޖެނަމަ ކުއްޖެއްގެ ހަޔާރުން އެ ބާކީ ކުރެވެނީ ވަރަށް މުހިންމު ބައެއް."

ހުރިހާ ސްކޫލުތަކެއްގެ ޕްރިންސިޕަލުންނަށް މިނިސްޓަރު ވަނީ ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު މުޖުތަމައުއާ ގުޅި ޓީޗަރުން ކަންކަމުގައި ޝާމިލްކޮށް ކަންކަމުގައި ސްކޫލުތައް ހިންގުމުގައި ބެލެނިވެރިންނާ ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެފަދަ ކޮންފަރެންސް ތަކުން އެ ކަންކަން ވީހާވެސް ކާމިޔާބު ކަމާއެކީ ގެނައުމަށް ކުރަން ޖެހޭ ކަންކަން ކުރާ ކަމަށައި ސަރުކާރުން ވެސް އެޑިޔުކޭޝަން ނިޒާމު ހަރުދަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއަޒުގެ މެނިފެސްޓޯގައިވާ ގޮތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަށް ވަނަ އިންޓަނޭޝަނަލް ޓީޗަރުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުމިނިސްޓްރީގެ އިސް ބޭފުޅުންނާއި ޓީޗަރުން ބައިވެރިވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު
އަށް ވަނަ އިންޓަނޭޝަނަލް ޓީޗަރުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުމިނިސްޓްރީގެ އިސް ބޭފުޅުންނާއި ޓީޗަރުން ބައިވެރިވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

އޭގެ އިތުތުން މިނިސްޓަރު އިސްމާއިލް ވިދާޅުވީ ނައިބް ރައީސް ހުސެން މުހައްމަދު ލަތީފް ކޮންފަރެސްން ޝަރަފުވެރިކޮށްދެއްވުމަށް ވަޑައިގަތުމުން ދައްކުވައިދެނީ ސަރުކާރުން ޓީޗަރުންނާ ގުޅުންހުރި ކަންކަމުގައި ދެއްވާ އިސްކަން ކަމަށެވެ.

އެ ކޮންފަރެންސްގައި 300 ފަރާތަކުން ބައިވެރިވާން ރަޖިސްޓްރީކޮށްފައިވާއިރު އޭގެ ތެރެއިން 106 ފަރާތަކުން އެ ކޮންފަރެންސްގައި 70 ޕްރެޒެންޓޭޝަން ހުށަހަޅާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ކެމްބްރިޖް ޔުނިވާސިޓީ ޕްރެސް އެންޑް އެސަސްމަންޓް، ސައުތު އޭޝިއާގެ މެނޭޖިން ޑިރެކްޓަރު އަރުން ރާޖަމަނީ އާއި ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މަހްމޫދު ޝައުގީގެ ފަރާތުން ކީ ނޯޓް ސްޕީޗެއް ވެސް ދެއްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.