އުމުރުން 18 އަހަރު ނުފުރޭ ފިރިހެންކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި އުމުރުން 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށާފައިވީ ނަމަވެސް، މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.
އުތުރުގެ ރަށެއްގައި ހިނގި މިކަމުގައި ތުހުމަތު ވަނީ އަނިޔާ ލިބުނު ކުއްޖާގެ ބޭބެއަކަށެވެ. އެކަމާ ގުޅޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.
މިފަދަ މައްސަލަތަކުގައި ކުދިންގެ ވަނަވަރު ހާމަވާ ފަދަ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ގާނޫނުން މަނާ ކަމެކެވެ.