ހުޅުމާލެ 2 ގެ އަމާން އުދަރެސް ޓަވަރަކުން މީގެ އިރުކޮޅެއް ކުރިން ދިވެހި ޒުވާނަކު ވެއްޓި، މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، ހުޅުމާލެ 8 ވަނަ ޓަވަރުގެ 15 ވަނަ ފްލޯގެ އެޕާޓްމަންޓަކުން ވެއްޓުނީ އުމުރުން 20 އަހަރުގެ ފިރިހެނަކު ކަމަށެވެ.

އެ ސަރަހައްދުގައި މިހާރުު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ. 

އެނގިފައިވާ ގޮތުގައި އެ ޒުވާނާ ވަނީ 15 ވަނަ ފްލޯއިން ވެއްޓުނު ގޮތަށް މަރުވެފަ އެވެ. ނަމަވެސް އެ ހާދިސާ ހިނގި ގޮތެއް އަދި ސާފެއް ނޫނެވެ.