ުކުރީގެ ރައީސް މައުމޫން، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ އެކު
21 އެޕްރީލް 2017 - 21:39
ގާނޫނު އަސާސީގައިވާ އުސޫލުން މީހަކު މަގާމުން ވަކިކުރަން އުޅުމަކީ ކުށެއް ނަމަ، މީހަކު އިންތިހާބު ކުރުމަށް މަސައްކަތް ކުރުން ވެސް ވާނީ ކުށަކަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މިވަގުތު އިންޑިއާގައި ހުންނެވި މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރާ މި ދަނޑިވަޅު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމާ ގުޅިގެންނެވެ.
QA gaivaa usoolun meehaku maqaamun vakikurumah masakkaiy kurumaky kusheh nama meehaku inthikhaabu kurumah masakkaiy kurunves vaanee kushakah
— Maumoon Abdul Gayoom (@maumoonagayoom) April 21, 2017
ގާސިމް ދޫކޮށްލަން ގޮވާލައްވައި މައުމޫން ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ ހުއްދަކުރާ ކަމެއް ކުރަން އުޅުމަކީ ކުށެއް ނޫން ކަމަށެވެ.
ގާސިމް ހައްޔަރު ކޮށްފައިވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން 42 މެމްބަރުންގެ ސޮއި ހޯދަން، "ގަވާއިދާ ހިލާފަށް" މަސައްކަތްކުރެއްވުމާއި ސަރުކާރު ވައްޓާލަން މަސައްކަތްކުރައްވާކަމުގެ ތުހުމަތުގަ އެވެ.
މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން، މިއަދު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން 42 މެމްބަރުންގެ ސޮއި ހޯދަން މަޖިލިހުގެ ގަވާއިދު ހުއްދަ ދީފައި އޮތަސް އެ މަސައްކަތްކުރުމަކީ ކުށެއް ކަމަށް ފުލުހުންގެ ބަޔާނުން ދޭހަވާ ކަމަށެވެ.
ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެކަމާ ދެކޮޅަށް އަޑުއުފުލަން އެއްވި މީހުންގެ ތެރޭގައި ހުންނަވައި، ގާސިމް ހައްޔަރުކުރަން ފުލުހުން ހޯދި އަމުރަށް ނިސްބަތްކުރައްވާ ފާރިސް ވިދާޅުވި ގޮތުގައި "ހުއްދަ އޮތް ކަމެއް ކުށެއް ކަމަށް"" ފުލުހުން މިހާރު ދެކެނީ އެވެ.
"ފުލުހުންގެ ބަޔާނުން [އަމުރު ނެރުނު ސަބަބުތަކަށް އިޝާރަތްކުރައްވާ] ދޭހަވަނީ 42 ސޮއި ހަމަކުރަން މަސައްކަތް ކުރުމަކީ ކުށެއް ކަމަށް. މަޖިލިސްގެ ގަވާއިދު ލާޒިމްކުރާ ކަމެއް، ހުއްދަކޮށްފައި އޮތް ކަމެއް ކުށެއް ކަމަށް އެހެން ބަޔަކު އެ ވިދާޅުވަނީ،" ފާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތުގައި ތާއީދު ހޯދަން މީހުން ކައިރީ ވާހަކަ ދެއްކުމަކީ ސިޔާސީ ދާއިރާގެ މައިގަނޑު މަސައްކަތެވެ. އެކަމަކު ފުލުހުންގެ އަމަލްތަކުން މިހާރު ދޭހަވަނީ، އޭނާ ވިދާޅުވި ގޮތުގައި، ތަފާތު ވިސްނުން ހުރި ބަޔަކާ ވާހަކަ ދައްކައިގެން، ވިސްނުން އެއްގޮތްކުރަން މަސައްކަތްކުރުމަކީ މަނާ ކަމެއް ހެންނެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް މިއަދު ވަނީ ގާސިމްގެ ބަންދަށް 15 ދުވަސް އިތުރުކުރައްވައިފަ އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވުމުގެ ތުހުމަތުގައި ގާސިމް އެންމެ ފުރަތަމަ ހައްޔަރު ކުރުމާ ގުޅިގެން ވެސް މައުމޫން ފާޑު ވިދާޅުވި އެވެ.
އޭރު އެމަނިކުފާނު ސުވާލުކުރެއްވީ ރިިޝްވަތުގެ ތުހުމަތުގައި ގާސިމް ހައްޔަރުކުރެއްވި އިރު "ފައިސާ ގޯނި ހިފައިގެން މެމްބަރުންގެ ގާތަށް ހިނގި ކަމަށް" ބުނި މީހާއާ މެދު އެޅި ފިޔަވަޅަކީ ކޮބައިތޯ އެވެ.
"ކޮބައިތޯ ހަމަޔާއި އިންސާފު. ޖަވާބު ދެއްވާ!"، ހޯރަފުށީ ދާއިރާގެ މުހައްމަދު އިސްމާއިލް ދެއްކެވި ވާހަކައަށް އިޝާރަތްކުރައްވާ މައުމޫންގެ އެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނދުމަ
23 April 2017
މަނިކުފާނުގެ ވެރިކަމުގެ ކުރީކޮޅުގައި ހިންގެވި ނޭއްގާނީ ޢަމަލުތައް ހަނދުމަފުޅު އެބަހުރިތޯ؟ ރައްޔިތުން މަގުމައްޗަށް ނެރެ ކުރެއްވި ކަންކަން ހަނދުމަފުޅު އެބަހުރިތޯ؟ ސިޔާސީ މީހުން އަދިވެސް އެތިބީ އެކަމުގެ ހިތިރަހަ ކަރުބުޑުން ނުކެނޑިކަން ހަނދުމަފުޅު އެބަހުރިތޯ؟ އެމީހުން އެތިބީ އެކަމަށް ތައްޔާރުވެގެން. މަނިކުފާނު އެކަންކަމާ ކުރިމަތިލައްވަން ޖެހިވަޑައިގަނަނަވާނެކަން ހަނދުމަފުޅުގައި ބަހައްޓަވާތީ؟ ދެން ވާގޮތެއް ބަލަން އަޅުގަނޑުމެން ތިބޭނަން. ވަރަށް ސަލާން
ބަލާމީހާ
22 April 2017
ގާނޫނު ދަންނަގޮތް ނޫން ގޮތަކަށް މީހަކު އިންތިޚާބު ކުރުމަކީ ވެސް ކުށެއް.
ގޮއްޔެ
22 April 2017
ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތު ކުރެވެނީ ވަކި ބައެއްގެ މައްޗަށް. ހޫނުފެނުގައި ކައްކާލާނަމޭ ބުނި ބުނުން އަޑު އިވުނީ ވަކި ބަޔަކަށް. ފައިސާ ގޯނި ހިފައިގެން ބެހިކަމަށް ބުނި އަޑު އިވުނީ ވަކި ބަޔަކަށް. ވައްކަން ކުރާކަން ދެނެހުރީ ވަކި ބަޔަކު. ވަގަކީ ކާކުކަން ދެނެހުރީ ވަކި ބައެއް. ނާއިންސާފާއި އެކު ޙުކުމް ކުރަނީ ވަކި ބައެއްގެ މައްޗަށް. މިއިން ދޭހަވަނީ މިހާރު މިޤައުމަކީ މީހަކު ކުޅެން ގެންގުޅޭ ބޯޅައެއް ކަމަށް. އެމީހާ ބޭނުންހާ ގޮތަކަށް ބޯޅަ ތަޅާ މަންޒަރު ބަލަން މިތިބީ ރައްޔިތުން. ޑިފެންސަށް ކުޅެން މީހަކު ނުކުމެދާނެހެން ހީވެއްޖެ ނަމަ އެމީހަކު މިވައްދަނީ ޖަލުގެ ކުޑަ ގޮޅިއަށް. ދުޢާއަކީ އަޅަމެންނަށް އަމާން އޮމާން ދުވަސްތަކެއް ދެއްވާ މިވެރިކަމުން ޤައުމު ޗަލާމަތްވުން.
ނަސްލުވެސް
22 April 2017
އަންނި ވެރިކަމައް ގެްނަން މަސައްކަތްކުރި ގާސިމް ޖަމީލު އުމަރު އިމްރާނު ސަހީމު މިމީހުންވެސް ކޮއްޕާ ދުރައްލީ
GAN Island
22 April 2017
ޔާމީން އަބުދުލް ޤައްޔޫމަށް ވެރިކަން ލިބިއްޖެނަމަ އަމަލުފުޅުބަހައްޓަވާނީ ކޮންގޮތަކަށްކަން އެބޭފުޅާ އެގިވަޑައިގަންނަވާ ވަރަށް ގިނަމީހުން އައީ އިންތިހާބުގެ ކުރިންވެސް އެވާހަކަ ދަްކަވަމުން. . . . އޭގެ ތެރެއިން ގިނަބަޔަކު އަދިވެސް ހަދާންހުންނާނެ އެއްވާހަކަ އަކަށް ވެގެންދިޔައީ ''އެބޭފުޅާ އަށް ވެރިކަން ދެއްވައިފިނަމަ ވެރިކަމުން ފައިބާ ވަޑައިގަންނަވާ އިރު ދައުލަތުގެ ތިޖޫރީ ހުރިތަނުގައި ހުންނާނީ ބޮޑޫ ވަޅުގަނޑެއް'' ކަމަށް ޔާމީން އަބުދުލް ޤައްޔޫމް އާއި ޕާޓީގެ ފަރާތުން ވާދަ ކުރެއްވެވި ކެންޑިޑޭޓް ވިދާޅުވި ބަސްފުޅު. . . . އަދި ޔާމީން އަކީ ރާއްޖޭގެ ވެރިކަމަށް އެކަށީގެންވާ ރަނގަޅު ކެންޑިޑޭޓް ނޫން ކަމަށާއި އެބޭފުޅާ ވެރިކަމަށް ވަޑައިގެންފިނަމަ ''ހީވެސް ނުކުރާފަދަ ކަންކަން'' ރާއްޖޭގައި ހިންގަވާނެ ކަމަށާއި ރައްޔިތުންނަށް މިނިވަންކަމާއި އެކު ދިރިއުޅެން ދަތިކަމަކަށް ވެގެންދާނެ ކަމަށް އަދި އެބޭފުޅޭ އާއި ގުޅިވަޑައި ނުގަންނަވާ މީސްމީހުންގެ ވިޔަފާރިފަދަ ޒާތީ އެތައްކަމަކާއި ''ބެހިވަޑައިގަންނަވާނެ'' ކަމަށް އޭރު ޤާސިމް އިބްރާހިމް ވެސް ވިދާޅުވި. . . . . އޭރުގެ އެވާހަކަ ދެން މިހާރު ދައްކާކަށް ނެތިން. އެހެން ނަމަވެސް ''މިވެރިކަމުގައި ދައުލަތުގެ ޤާނޫނު އަސާސީ ކޮށާލި'' ކޮށާލުމަށާއި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިންގަން ޤާނޫނު އަސާސީ އާއި ޤާނޫނު ތަކުގައި ލިޔެފައިވަނިކޮށް ''ރައްޔިތުންގެ އަތުން މިދެންނެވި ބާރުތަށް ނިގުޅައިގަތް'' ގޮތްތަކަށް އަދި ދައުލަތުގެ 3 ބާރު އެގޮތުގައި ދެމިއޮތް ކަމާއި މެދު ރައްޔިތުން އުފައްދާ ސުވާލު ތަކަށް ބަލާފައި އުފެދޭ އިތުރު ސުވާލު ތަކެއްވެސް މިހާރު އެބަހުރި
ވާފިރު
22 April 2017
ބަލަ އޮނަރަބަލް ގާސިމް އިބްރާހިމް އަށް ތުހުމަތުކުރެވެނީ ރިޝްވަތުދީގެން މީހަކު ވަކިކުރަން އުޅުމަށޭ! އެހެންވީމަ ގާނޫނާ އެއްގޮތަށް މީހަކު ވަކިކުރަން އުޅުނީއެކޭ ނުބުނެވޭނެ.
ޑޯން
22 April 2017
ރައީސް މައުމޫން ކޮންއިރަކު މިކޮލައް އަންނަނީ. ވަރައްމަޖަލޭމިކޮލު..
އަލީ
22 April 2017
ޔާމިން ވެރިކަމަށް ގެންނަން ގާސިމްކައިރިޔަށް މައުމޫންވެސް ދިޔަ. ޔާމިނުއަށް ކެރެންޏާ ދައުވާކޮއްބަލަ ރިޝްވަތުދީނޭ ކިޔާފަ. ކޮންމެކަމަކަށްވެސް ބޫތުކޭމަ އަތުންފައިން ހެދޭނީ ގޯސް ގޮވޭނީ މޮޔަ.
މުހަންމަދު
21 April 2017
ދޮގެއްނޫނެވެ. ދައުލަތުގެ ނުފޫޒުގަދަ މަޤާމެއްގައިހުރި ވެރިޔަކު، އޭނަގެ ނުފޫޒުގެބޭނުންކޮށްގެން ނަހަމަކަންތައްތަކެއް ކުރާކަން ސާބިތުވާވަރުވީމަ، ރައްޔިތުންގެ ޙައްޤުގައި ޤާނޫނީ އިމުގެތެރެއިން އެމީހަކު މަޤާމުންދުރުކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަސައްކަތްކުރުމަކީ ކުށަކަށްވާނަމަ، ރައީސް މައުމޫން އެވިދާޅުވާގޮތަށް މަޤާމަކަށް މީހަކުހޮވުމަށް އެހެންމީހުން މަސައްކަތްކުރުމަކީ، ކުށެއްކަމުގައި ޤަބޫލުކުރަންޖެހެއެވެ. އަދި އެފަދަމީހުން މަޤާމަށް ހޮވަންމަސައްކަތްކުރާފަރާތްތަކުން މަޤާމަށްހޮވާމީހާގެ ނުފޫޒުބޭނުންކޮށްގެން ޙާޞިލްކުރަންބޭނުން ކަންތައްތަކެއް ހުރިކަމަށް ނުވަތަ ހުންނާނެކަމަށް، ޤާސިމާއިމެދު ތުހުމަތުކޮށް ހައްޔަރުކޮށް ޝަރީޢަތްހިންގޭތޮތަށް، މަޤާމަކަށް މީހަކުހޮވުމަށް މަސައްކަތްކުރާމީސްމީހުނާއި ފަރާތްތައްވެސް ހިފާހައްޔަރުކޮށް ޝަރީޢަތް ހިންގަންޖެހޭނެއެވެ. ތުހުމަތުކުރެވެންވާނީ މަޤާމަކުން މީހަކު ދުރުކުރަން އުޅުމުން އެކަންޏެއްނޫނެވެ. މައުމޫނުގެ ތިވާހަކަކޮޅަށް ތާއީދެވެ.
ކޯލިޝަން މީހާ
21 April 2017
ޤާސިމަށް، އިމްރާނަށް، ނަޝީދުއަށް އަދި މައުމޫނަށް ރައްޔިތުންގެ ހިތުގައި އޮތްލޯބި "އޮބި އަޅާއިގެން" ވިޔަސް ޔާމީނު ޤައްޔޫމުއަކަށް ނުހޯދޭނެ.