އާސަންދަ ކުންފުނީގެ ބޭނުމަށް ސައިބާ ސެކިއުރިޓީ އެސެސްމަންޓް ހެދުމާއި ސެކިއުރިޓީ އިވެންޓް މޮނިޓަރިން އަދި އެޑްވައިޒަރީ ހިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ރަޖިސްޓްރީކުރަން ޖެހެ އެވެ.
އާސަންދައިން ކުރި އިއުލާނެއްގައި ބުނީ ރަޖިސްޓަރީ ކުރެވޭނީ އެ މީހެއްގެ ނަމާއި ގުޅޭނެ ނަމްބަރަކާއި އައީޑީކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެހުމަށް ފަހު [email protected] އަށް މެއިލް ކުރުމުން ކަމަށެވެ.
އާސަންދައިން ބުނީ ރަޖިސްޓްރީކުރުމަށް ހަމަޖެހިފައިވާ ސުންގަޑި ހަމަވާއިރު މަދުވެގެން ތިން ފަރާތުން ރަޖިސްޓްރީ ކޮށްފައި ނުވާ ނަމަ އިއުލާން ބާތިލުކޮށް، އަލުން އިއުލާން ކުރުމުގެ އިހްތިޔާރު އެ ކުންފުންޏަށް ލިބޭނެ ކަމަށެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެ މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް މެއިލުން ފޮނުވާނެ އެވެ.
އާސަންދަ ކުންފުނިން ބުނީ މިމަހުގެ 20 ވާ އަންގާރަ ދުވަހުގެ 11:00 ގައި ވެބް މީޓިނެއް މެދުވެރިކޮށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެ ކަމަށެވެ. ވެބް މީޓިންގެ ލިންކް، ރަޖިސްޓްރީކުރާ ފަރާތްތަކަށް މެއިލްގެ މެދުވެރިކޮށް ފޮނުވާނެ ކަމަށާއި އަންދާސީ ހިސާބު ފޮނުވާނީ މެއިލް އިން އެ ވެބް މީޓިންގައި ކަމަށް ވެސް އާސަންދައިން ބުންޏެވެެ.
އެ ކުންފުނިން ބުނި ގޮތުގައި ކަނޑައަޅާފައިވާ ސުންގަޑިއަށް ރެޖިސްޓްރީ ކޮށްފައި ނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަންނާނެ އެވެ.