މަސްތުވާތަކެއްޗާ އެކު ވިލިމާލޭން ފިލްމު ސްޓާރުންތަކެއް ހައްޔަރުކޮށްފި އެވެ. 

ފުލުހުން މިއަދު ބުނީ ވިލިމާލޭގައި މިހާރު ކުރިއަށް ގެންދާ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ދިވެހި ހަތަރު ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. 

"ބެލުމުގެ ދަށަށް ގެނައި މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ 3 މީހަކު ހިމެނޭ،" ފުލުހުން ބުންޏެވެ. 

އެނގިފައިވާ ގޮތުގައި، ހައްޔަރުކުރި މީހުންގެ ތެރޭގައި މަޝްހޫރު އެކްޓަރު އަހްމަދު އަޒްމީލް (އަޒޭ) އާއި މުހައްމަދު ވިޝާލް (ރޯމަން) އާއި އިސްމާއިލް ޖުމައިހް އަދި އަޒޭގެ ކޮއްކޮއެއް ވެސް ހިމެނެ އެވެ. 

މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.