ވ. ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް ރަސްމާލެ ފަރަށް އެރި ދޯންޏެއްގައި ތިބި މީހުން އެމްއެންޑީއެފުން ސަލާމަތް ކޮށްފި އެވެ.

ރޭ ދަންވަރު 12 ޖަހާނަކަންހާއިރު ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް އެރި "ކީސާ" ކިޔާ ދޯންޏެކެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނީގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑުން އެ ސަރަހައްދަށް ދަތުރުކޮށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް އެރި ދޯނިގައި ތިބި މީހުން ސަލާމާތް ކުރުމަށް އެމްއެންޑީއެފުން ހަރަކާތްރެރިވަނީ-- ފޮޓޯ: އެމްއެންޑިއެފް
ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް އެރި ދޯނިގައި ތިބި މީހުން ސަލާމާތް ކުރުމަށް އެމްއެންޑީއެފުން ހަރަކާތްރެރިވަނީ-- ފޮޓޯ: އެމްއެންޑިއެފް

ރޭ ދަންވަރު 2:37 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ދޯނި އޮތް ސަރަހައްދަށް ގޮސް، ދޯނިން ދަތުރުކުރަމުންދިޔަ ދިވެއްސަކާއި ތިން ބިދޭސީން ކޯސްޓްގާޑަށް ނަގާފައި ކަމަށް ވެސް ބުންޏެވެ.

އެ ދޯނީގެ ބިދޭސީ ފަޅުވެރިއެއްގެ ވައަތު ފަޔަށް އަނިޔާވެފައި ވާތީ އެ މިހާ އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ބުންޏެވެ.

ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް "ކީސާ"ދޯނި އަރާފައި-- ފޮޓޯ: އެމްއެންޑީއެފް
ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް "ކީސާ"ދޯނި އަރާފައި-- ފޮޓޯ: އެމްއެންޑީއެފް

އެ ދޯނީގެ ވެރިިފަރާތުން ގެނައި "އޯސަން ރައިޑް" ދޯނި ރޭގެ 3:37 ހާއިރު އެ ސަރަހައްދަށް ދިއުމުން ފަޅުވެރިންތައް އެ ދޯންޏަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.