ފިކުރީ މުދަލާ ގުޅޭ އޮފީހުގެ ރަޖިސްޓްރާއަކަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ސިޔާޒު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރާއްޖޭގައި ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވަން މަޖިލީހުން ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. އަދި އެ ގާނޫނަށް މިދިޔަ ޖެނުއަރީ މަހު އަމަލުކުރަން ފަށާފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ފިކުރީ މުދަލާބެހޭ އޮފީހުގެ ރަޖިސްޓްރާއަކަށް ސިޔާޒު އައްޔަންކުރެއްވުމުން މަރުހަބާ ދަންނަވައިފަ އެވެ.
ރަޖިސްޓްރާއަކަށް އައްޔަންކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.
ރަޖިސްޓްރާގެ މަސައްކަތްތައް
- ފިކުރީ މުދަލާ ގުޅޭ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއެކު ގުޅުން ގާއިމުކޮށް ވަރުގަދަކުރުން
- ރާއްޖޭގައި އަމަލުކުރާ ފިކުރީ މުދަލާ ގުޅޭ ގާނޫނުން ލިބޭ ހައްގުތަކަށް އާންމުން ހޭލުންތެރިކުރުވުން
ފިކުރީ މުދަލާ ގުޅޭ އޮފީހަށް ރަޖިސްޓްރާ އައްޔަންކޮށް ވަކިކުރުމުގެ ބާރު ލިބިފައިވަނީ އިކޮނޮމިކް މިނިސްޓަރަށެވެ. އެއީ ފަސް އަހަރުގެ މުއްދަތަކަށް އައްޔަންކުރާ މަގާމެކެވެ.