ހޯމް މިނިސްޓަރަކަށް ހުންނެވިއިރު އުމަރު "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ފެއިލްވެފައިވާ ސިޔާސީ ލީޑަރުންނަށް، ގޭންގުތައް ފުނޑުފުނޑު ނުކޮށްލެވޭނެ ކަމަށް ވިދާޅުވި.
25 އެޕްރީލް 2017 - 14:59
ރާއްޖޭގައި މީހުން މެރުން ހުއްޓުވޭނީ ގޭންގުތައް ފުނޑުފުނޑުކޮށްލައި މުލުން ލުހެލުމުގެ ހިތްވަރު ހުރި ވެރިއަކު އިންތިޚާބުކޮށްގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ އުމަރުގެ ވައިބާ ޕަބްލިކް ގުރޫޕްގައި ވިދާޅުވީ މަރާލާފައި އޮއްވައި މިދިޔަ ހޮނިހިރުދުވަހުގެ ރޭ ދަންވަރު ފެނުނު ޔާމީން ރަޝީދާއި ޑރ. އަފްރާޝީމް އަލީގެ އިތުރުން ނޫސްވެރިޔާ އަހްމަދު ރިލްވާނަކީ ގޭންގަކުން ހަމަލާދީ މަރާލަން ނުވަތަ ވަގަށް ނަގަން ޖެހޭ ފަދަ ދުޝްމަން ކަމެއް އެފަދަ ގޭންގަކާ އޮންނާނެ ބައެއް ނޫން ކަން ކަށަވަރުވާ ކަމަށެވެ. ނަމަވެސް އެ ތިން މީހުންނަށް ވެސް ހަމަލާދީފައި ވަނީ ގޭންގުތަކުން ކަމާ މެދު ޝައްކެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގޭންގުތައް ބާރުވެރި ވަނީ ސިޔާސީ މީހުން އެ މީހުން ލައްވައި އެކިއެކި ކަންކަން ކުރުވާތީ އެވެ. ކޮންމެ އިންތިހާބެއްގެ ތެރޭގައި މިކަން ވަރަށް ފާޅުކޮށް ފެނިގެންދެ އެވެ. އަދި ސިޔާސީ ހަލަބޮލިކަން ހިނގާއިރު ވެސް މިކަން ފެނިގެން ދެ އެވެ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން އެމްއެމްއޭގެ ސަރަހައްދުގައި 23 ރޭ ވަންދެން ހިންގި މުޒާހަރާގެ ތެރެއަށް ގޭންގުތަކުން ވަދެ ހަމަލާ ދިނީ ވެސް ސިޔާސީ މީހުން ފޮނުވައިގެންނެވެ. އަދި މި ސަރުކާރާ ދެކޮޅަށް ހިނގި މުޒާހަރާތަކުގެ ތެރެއަށް ގޭންގުތައް ވަނީ ވެސް ސިޔާސީ މީހުން ފޮނުވައިގެން ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު އެ އިޝާރާތް ކުރެއްވީ ސަރުކާރާ ދެކޮޅަށް މިހާތަނަށް ހިންގި އެންމެ ބޮޑު، މޭޑޭ މުޒާހަރާގެ ވާހަކަ ކަމަށް ބެލެވެ އެވެ.
މީހުން މެރުން ހުއްޓުވަން ގޭންގުތައް މުލުން ލުހެލަން ޖެހޭ ކަމަށާއި ފެއިލްވެފައިވާ ސިޔާސީ ލީޑަރުންނަށް ސަނާކިޔައި އެ މީހުން އިންތިހާބުކުރަމުންދާ ނަމަ، މީހުން މެރުން ނުހުއްޓުވޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީ
27 April 2017
މިފަހަކަށްއައިސް އުމަރަކީ ވަރަށްގިނަބައެއްގެ މަގުބޫލުކަން ލިބެމުން އަންނަ މީހެއްކަމަށް ވަރަށްގިނަބަޔަކު ދަނީ ބުނަމުން.ޔަގީންވާކަމަކީ ގާނޫނުގެ ވެރިކަން ދަމަހައްޓާނެކަން.
ޔެސް
26 April 2017
އުމަރު ވެރިކަމަށް އަރައިގެން ނޫނީ ތިކަން ނުވާނެ. އުމަރު ސަރުކާރުގައި ހުރެ އެކަމަށް ކުރި ބުރަ މަސައްކަތް އެއީ ހެކި އުމަރަށްކަން އެކަން ކުރެވޭނީ. އުމަރަށް އެ މަސައްކަތް ހުއްޓާލަންޖެހުނީ އެއީ އުމަރު ވެރިކަމުގަ ނެތީމަ.
ޑިމޮކްރަސީ
26 April 2017
ތީ ހުސްއަގަ /ވާކަމެއް ހަރާން ،ޢާންމު މަސައްކަަތަކީ ހަރުގަޑު ހިފައިގެން ރާ އެރުން
ޕްލާސްޓިކޭ
26 April 2017
ފިލިޕީންސްގަ ރައީސް ބޭނުންއިރަކު އިދިކޮޅު ނޫސްވެރިންނާ, ފާޑުކިޔާމީހުން މަރާލެވޭ. އެކަހަލަ ރައީސަކު އައިމަ ރާއްޖެއަށް ވާނީ ކިހިނެތް. މީހުން މަރައިގެން ހައްލެއް ނުވާނެ. ދީން ކިޔަވަދޭންވީ ކުޑައިރުން ފެށިގެން ރަނގަޅަށް.
މޯޑު
26 April 2017
ހުސް އަނގަ!
މެންޓަލް ކޭސް
25 April 2017
މޭޒް މަތިން ކުރިން ފެންނަ ކެމްޕޭނު މެނުއަލް ފޮތާ ޑރ. މަހާތިރުގެ ބައޮގްރަފީ ފޮތް އެއްލާލީތަ
ބެއްޔާ
25 April 2017
އެންމެ ކުޑަވެގެން އިސްތިއުފާ ދިންނަމަވެސް ގަބޫލުކުރީމުސް
މެންޓަލް ކޭސް
25 April 2017
ހަމަ ހިނި އަންނަނީ، ތިހެން ކަމަށް ވަންޏާ މަގޭ ވޯޓް އުމަރަށް
ބޭކާރު އަނގަ
25 April 2017
އުމަރު ގެނައި މޮޅު ކުއްތާތަށް ކޮބާތަ؟؟؟ ވަހަށް ދަތުރުކުރާ. ބާރަށް ދަތުރުކުރާ. ސީދާ ޓާގެޓަށް ދަތުރުކުރާ ކުއްތާތަށް ކޮބާތަ؟؟؟ ދައުލަތުގެ ހަރަދުގައި ކާންދީފައި ބަހައްޓަނީ. ބޭކާރު ހަރަދުކޮއްގެން. އުމަރުގެ ކަމަކީ ވެރިކަން ހޯދަން ބޭކާރު އަނގަ ތެޅުން.
ބަތޫކް
25 April 2017
އުމަރު ބުނަނީ ރަގަޅަށް ގޭންގްތަކާއި އެތަންތާގައި އުޅޭމީހުން ފުޑުފުޑު ކޮށްލައިގެން މިކަންތައްހުއްޓުވޭނީ