ވެމްކޯގެ ކުނި އުފުލާ އުޅަނދުތަކެއް
26 އެޕްރީލް 2017 - 11:41
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މުޅި މާލެއިން ކުނި އުކާދޭން ރަޖިސްޓްރީވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
ކުނި އުކާލުމުގެ ޚިދުމަތް ވެމްކޯ އިން ފުރަަތަމަ ފެށީ މަޖީދީ މަގުން ދެކުނު ސަރަހައްދުންނެވެ. އެކަމަކު މިހާރު މާލޭގެ ކޮންމެ ހިސާބަކަށް ވެސް އެ ޚިދުމަތް ދޭން ކުންފުނި ވަނީ ތަައްޔާރުވެފަ އެވެ. އެގޮތުން މަޖީދީ މަގުން އުތުރު ސަަރަހައްދުން ކުނި އުކާދޭން ފަށަން ހަމަޖައްސާފައި ވަނީ އަންނަ މަހު 1 ގަ އެވެ.
ވެމްކޯ އިން ކުނި އުކައިދޭ އަގަކަށް ނަގަނީ ގޭބިސީއަކުން 150 ރުފިޔާ އެވެ. އިމާރާތަކުން ނަމަ 100 ރުފިޔާ އެވެ. ވިޔަފާރިކުރާ ތަންތަނުން ކުނި އުކައިދެނީ ޑަސްބިންގެ ސައިޒުން ލީޓަރަކަށް 10 ރުފިޔާގެ މަގުންނެވެ. އެއީ މިސާލަކަށް 10 ލީޓަރުގެ ޑަސްބިންއެއް ނަމަ 100ރ އަށެވެ.
އާއްމު ގޮތެއްގައި ވެމްކޯއިން ކުނި އުކާދެނީ މެންދުރު ފަހު ދޭކުން ރޭގަނޑު 10އާ ހަމައަށެވެ. ނަމަވެސް މި ގަޑިތައް ބަދަލުވުން އެކަށީގެންވާ ކަމަށް ވެމްކޯއިން ބުންޏެވެ.
ކުނި އުކާލުމުގެ މައްސަލަ ބޮޑު މާލޭގައި ފަސޭހަ ކަމާ އެކު އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ވެމްކޯއިން ވަނީ ކޮމްޕެކްޓަ ޓްރަކް، ޑަމްޕް ޓްރަކް އަދި ޓްރައިސިކަލް ފަދަ އުނޅަދުތައް ހޯދާފަ އެވެ. މިއީ ތިމާވެއްޓާ ރަށްޓެހި އަދި އީޕީއޭގެ މިންގަނޑުތަކަށް ފެތޭ އުނޅަދުތަކެއް ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޮޓް ފަނީ
27 April 2017
150 ރުފިޔާ × 50،000 ގޭބިސީ =7500000ރ ތެންކިޔޫ ޔާމީން
އަހްމަދު
27 April 2017
ނޯ ޗޮއިންތަ ހަމަ؟ އަހަރެމެންނަށް މީހަކު ލައްވާ ލާރިދީގެން ކުނިއުކާ ނުލެވޭތީ އަމިއްލައަށް ކުނިއުކަނީ.. އެހެންވީމާ، އެކަން ކުރުމުގެ ހުއްދަވެސް އޮންނަންވާނެ.. މިތަނަށް ދައްކަންޖެހޭ ހުރިހާ ޓެކްސްއެއް ދައްކައިގެން މިއުޅެނީ. ރައްޔިތުންނަށް ލިބެންޖެހޭ ހައްޤުތައް ލިބެންޖެހޭނެ.. މަޖްބޫރުން ކަންކަންކުރުވައިގެން ނުވާނެ.
އިހްސާނާ
27 April 2017
އަމިއްލައަށް ކުނިއުކާލަން ބޭނުންވާ މީހާއަށް އުކާލެވެން ވާނެ.. ބަންގާޅީންނަށް ފައިސާ ދެވޭނީ އެފެންވަރު ހުންނަ މީހުންނަށް އަހަރެމެން ވަރަށް ނިކަމެތި، ނެތް ވެމްކޯއަށް އަދި ބަންގާޅީއަކަށް ދޭނެ ފައިސާއެއްވެސް
ފާތުން
27 April 2017
ހައުސިންގ މިނިސްޓްރީން އެބަ މަޖުބޫރު ކުރޭ ވެމްކޯ ނޫން އެހެން ތަނަކުން ކުނިއުކާލުން.. ސައިކަލުގައި ކޮތަޅު ހިފައިގެން ދިއުން މަނާ. ކާރުގަ ދިއުން މަނާ.. ހަމައެކަނި ވެމްކޯއިންނޯ ކުނިއުކާލެވޭނީ.. މިއުޅެނީ ލިބޭ ލާރިކޮޅުން ދެކޮޅު ނުޖެއްސިގެން.. އަމިއްލައަށް ކުނިއުކުމާ، ކެއްކުމާ، ގެދޮރު ސާފުކުރަނީ، އެކަންކަމަށް ޚަރަދުކުރާނެވަރަށް ފައިސާ ނުލިބޭތީ އޭ.. މިސަރުކާރުން މިހެން ކުރާ ކަންކަމުން އަނިޔާވެރިއޭ ބުނެވެނީ
ބެއްޔާ
26 April 2017
ތިޔަ އެއްމަހުން މިލިއަނެއް ނަގަނީނު
މާހިރު
26 April 2017
ރަށްރަށުގަ ކުނި މެނޭޖްކުރަންޖިހެނީ ކުނިވާޒާތުގެ ކުނި ވަކިން އަދި އހެނިހެން ކުނި ވަކިން. މާލެގައި ހެޔޮ ކޮންމެ ގޮތަކަށް ކުނި އުކާލިޔަސް. ތި އީވަރަށް މޮޅުގޮތެއް
ކޮވެލި
26 April 2017
ކުނިއުކާލާށޭ ކިޔާފައި ގެނެސްފައި ތިހުރި ހުރިހާ ވެހިކަލްތަކަށް ޒިންމާވާނީ ކާކު؟ އިސްރާފާއެކު ކޮރަޕްޝަން