މެމްބަރު ޔާމީނާއި (ކ) އާ ޖާބިރު: މެމްބަރު ޔާމީން ދެ މިލިއަން ރުފިޔާ ނެންގެވި ކަމަށް ބުނެ އެ ފައިސާ ހޯއްދަވަން ޖާބިރު ދަނީ މަސައްކަތް ކުރައްވަމުން. އެކަމަކު ޔާމީން އެކަން ދޮގުކުރޭ. - ފޮޓޯ: މަޖިލިސް
26 އެޕްރީލް 2017 - 13:46
ޔޮޓް ޓުއާޒްގެ ވެރިޔާ އަބްދުﷲ ޖާބިރުގެ އަތުން ވެލިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ދެ މިލިއަން ރުފިޔާ ނެންގެވި ކަމަށް ވިދާޅުވެ، އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް ޖާބިރު އަންގަވައިފި އެވެ.
ސަރުކާރާ ދެކޮޅަށް މިހާރު މަސައްކަތް ކުރައްވާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރަކަށް ހުންނެވި ޖާބިރު، ޔާމީނަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ހަތް ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ނުދެއްވައިފި ނަމަ، އެ ފައިސާ ހޯދަން ޝަރުއީ އަދި ގާނޫނީ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
"މަނިކުފާން އަޅުގަނޑުގެ އަތުން 2،000،000 (ދެ މިލިއަން) ރުފިޔާ ނަގާފައިވާކަން މަނިކުފާނު ގަބޫލުފުޅު ކުރައްވާނެ އެވެ،" ޔާމީނަށް ފޮނުއްވި ސިޓީގައި ޖާބިރު ވިދާޅުވެފައިވެ އެވެ.
ނަމަވެސް ޔާމީން "މިހާރު" އަށް މިއަދު ވިދާޅުވީ ދެ މިލިއަން ރުފިޔާ އަނބުރާ ދެއްވުމަށް އެެދިވަޑައިގެން ޖާބިރު ސިޓީއެއް ނުފޮނުއްވާ ކަމަށެވެ. އަދި ޖާބިރާ އެކު އެފަދަ އެއްވެސް މުއާމަލާތެއްގައި ބައިވެރިވެވަޑައި ގެންފައިނުވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖާބިރުގެ ސިޓީއެއް ފެނިވަޑައިގަތީ ސޯޝަލް މީޑިއާ އިން ކަމަށާއި އެއީ އޭނާގެ އަބުރު ކަތިލުމަށް ޖާބިރު ކުރައްވާ ކަމެއް ކަމަށެވެ.
ޖާބިރުގެ ސިޓީގައި ފައިސާ ނެގި ތާރީޚެއް، ލޯނު ހޯއްދެވީ ކީއްކުރަން ކަން ވެސް ހާމަކޮށްދެއްްވާފައި ނުވާ ކަން ޔާމީން ފާހަގަކުރެއްވި އެވެ.
"ސިޔާސީ ގޮތުން ޕްރެޝަރު ކުރަން ވެގެން ކުރާ ކަމެއް މިއީ. ދުވަހަކު ވެސް ފައިސާއެއް ނަގާފައި ނުވާނެ ޖާބިރު އަތުން،" ޔާމީން ވިދާޅުވި އެވެ.
އެކަމަކު ޔާމީންގެ ވާހަކަތައް ޖާބިރު ދޮގުކުރެއްވި އެވެ.
އޭނާ ވިދާޅުވީ ޔާމީނަށް ދެ މިލިއަން ރުފިޔާ ދެއްވީ މި އަހަރުގެ ތެރޭގައި ކަމަށާއި އެކަމަށް ހެކިބަސް ދޭނެ މީހުން ވެސް އެބަތިބި ކަމަށެވެ.
"[ޔާމީން] ލާރި ހަވާލުވި ކަމުގެ ސްކްރީން ޝޮޓްތަކާއި ލާރި ހަވާލުކުރި ފޮޓޯތައް އެބަހުރި އަޅުގަނޑުގެ އަތުގައި. އެ ހިސާބަށް ދާން އަދި އަޅުގަނޑު ބޭނުން ނުވަނީ. ލާރި އޭނާ އަށް ލިބުނު ކަން ކޮންފާމް ކުރި ކަމުގެ ލިޔުން އަޅުގަނޑުގެ އަތުގައި [ފޯންގައި] އެބަހުރި،" ޖާބިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔާމީނަށް ދެ މިލިއަން ރުފިޔާ ދެއްވީ، ބޮޑުމޮހޮރާގެ މައްސަލަ ކޯޓުން ބޭރުން ހައްލުކޮށްދިނުމަށްޓަކައި ސަރުކާރުގެ އެކި ފަރާތްތަކާ އެކު ނެގޯޝިއޭޓް ކޮށްދިނުމަށް ކަމަށެވެ.
"ސިޔާސީ ޕާޓީއަކަށް ވަންނަން، ސިޔާސީ ވޯޓެއް ހޯދާކަށް ނޫން. އެއީ ރިޝްވަތަކަށް ދިން ފައިސާއެއް ވެސް ނޫން. އެއީ މަސައްކަތެއް ކުރަން އޭނާއާ ހަވާލުކުރި ފައިސާ. ތިމަންނަ އަކީ ސަރުކާރުގެ ޕާޓީގައި ހުރި މީހެކޭ... ހުރިހާ ކަމެއް ވާނެއޭ. އެހެން ވިދާޅުވީމާ ދިން ފައިސާ މިއީ،" ޖާބިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔާމީނަކީ އަބުރުވެރިއެއް ކަމަށް އަދިވެސް ގަބޫލުކުރައްވަ އެވެ. އެކަމަކު މައްސަލަ އަކީ ފައިސާ އަނބުރާ ނުދެއްވާނެ ކަމަށް ޔާމީން ވިދާޅުވުން ކަމަށް ޖާބިރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަހުމަ
24 May 2018
ތިމެންބަރުޔާމިނަށް ހިނގާލާނެ ރަންވޭ އެއް ނުފެނުނީތަ ރާއްޖެޓީވީއެއް ނޫންބަންދުކުރަންވި މިމީހާ ބަންދުކުރަންވި
ބޭނުންވީ
27 April 2017
މިހާރު އެފައިސާ ނުހަނު ބޭނުންވާ ދަނޑިވަޅު އައިމަ ލިބޭތޯ ބަލާނެތާ..
ޕަޕަޕަޕަޕަަ
26 April 2017
ކޯޓްގައި އޮތް މައްސަލަ އެއް އަބުރާލުމަށް ޔާމީނަށް ދެ މިލިއަން ރުފިޔާ ދޭނީ ކަނޑު ކޮސް ވީމައެވެ.
ޒިންދަގީ
26 April 2017
ޖާބިރާއި ޔާމީނަކީ ކިހާވަރެެއްގެ ބައެއްކަން ދިވެހިންނަށް އިގޭނެ. އިތުރު ތައާރަފަކަށް ދާކަށްވެސް ނުޖެހޭނެ..
ދެމިލިއަން
26 April 2017
2 މިލިއަން.. މަމެން ދުވަހަކުވެސް ޕޫލް ގޭމް ކުޅެގެން ވެސް ތިވަރަށް ޕޫލު ކޮއިން ކޮޅެއް ވެސް ނުލިބޭ.. ހުވަފެނުންވެސް ނުފެނޭ
ރިޝްވަތު ގޮނޑި
26 April 2017
ރިޝްވަތު ގޮނޑި ބަނދެފައޮތަސް ބޭބުންހާކަމެއް ނުވާނެ ދެއްތޯ
ދދ
26 April 2017
ތިމަޖިލިސްގައި ގިނަ ވާނީ ހަމަ ދަރަނިވެރިން އެއީ އެންމެން ދަނަ ބޮޑު ހަޤީގަތެއް ދޭތެރެ ޔަކަުން ގޮޅިތަކުގައި ސޭލް އަޅުވާ ނީލަންވެސް ކިޔާނެ ފައިސާ ހޯދަން!
އެކައުންތަންޓް
26 April 2017
ޔާމީނަށް މވރ 2 މިލިއަން، އަދި އެހެން ދެމެންބަރަކަށް ޔސޑ 2 ލައްކަ، ބޮދު މޮހޮރާމައްސަލަ ކާމިޠަބު ކުރުވަން
ސަލީފް
26 April 2017
ނުފޫޒު ބޭނުން ކުރަން ޖާބިރު ފައިސާ ތިޔަ ދެއްވީ. މިވެސް ވާނީ ކޮރަޕްޝަން ނޫން ދެން ކޯޗަކަށް؟
ެއެހެންތޭ
26 April 2017
މިވައްތަރު މީހުން ކުރާ މުއާމަލާތަށް މަމެން ކިޔަނީ ޑަބަލް ކްރޮސް ގޭމްސް މިހެން ނޭ އިނގޭ. ހެއިލޯ ޖާބިރު. ތަމެން ހަމަ ދެ މިލިއަން ރުފިޔާ ދޭނަން ތޭ އެއްވެސް ގެރެންޓީ އެއް އަދި އޭގެ ބަދަލުގައި 10 މިލިއަން ރުފިޔާގެ ބެނެފިޓްސް އެއް ތަމެންނަށް އަނބުރާ ނާންނަނަމަ. އައި ޑޯން ނޯ ވަޓް ޓު ސޭ ދޯ.