މައުމޫނާއި ދަރިކަލުން ފާރިސް ކްރިމިނަލް ކޯޓުގައި ދެންމެ ސަލާމް ކުރައްވަނީ.---ސޯޝަލް މީޑިއާ ފޮޓޯ
23 ޖުލައި 2017 - 11:26
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ބާއްވާ އިބްތިދާއީ އަޑުއެހުމަށް ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ ކޯޓަށް ވަޑައިގެންފި އެވެ.
މިއީ ފަހުގެ ތާރީޚެއްގައި ކޯޓުގައި ބާއްވާ ޝަރީއަތަކަށް މައުމޫން ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ރިޝްވަތުގެ ތުހުމަތުގައި ދޫނިދޫގައި ހައްޔަރުކޮށްފައިވާ ފާރިސް ވެސް މިހާރު ވަނީ އިބްތިދާއީ އަޑުއެހުމަށް ކޯޓަށް ހާޒިރުކޮށްފަ އެވެ.
ކުރީގެ ރައީސް މައުމޫން، ދަރިކަލުން ފާރިސްގެ ޝަރީއަތަށް މިއަދު ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަނީ.---ފޮޓޯ: ރާއްޖެޑޮޓްއެމްވީ
ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުން މިއަދު ހެނދުނު 11:30 އަށް ތާވަލް ކޮށްފައިވާއިރު، މިދިޔަ އާދިއްތަ ދުވަހު އޮތް އިބްތިދާއީ އަޑުއެހުމުގައި އޭނާ އެ ދައުވާ އަށް އިންކާރު ކުރައްވައިފަ އެވެ.
ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ފާރިސް އަށް ދައުވާކުރާއިރު، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް 45 މެމްބަރުންގެ ސޮއި ހޯދުމަށް ފާރިސް މެމްބަރުންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ އޭނާ ވަނީ މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފަ އެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ނަމަވެސް ފާރިސްގެ މައްޗަށް ތުހުމަތު ކުރާ ރިޝްވަތުގެ މައްސަލައިގެ ޝަރީއަތް އަދިއެއް ނުފަށަ އެވެ. އެ މައްސަލާގައި އަދި ކުރިއަށް ގެންދަނީ ތަހުގީގެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަިއަދުރޭ
23 July 2017
ކިހިނެއްވާނެބާ؟
ތާއީދު
23 July 2017
އަހަރެންނަކީވެސް 2008 ގައި ބަދަލަކަށް ވޯޓު ދިން މީހެއް. އެއިރު މައުމޫން ދެކެ އިންތިހާއަށް ރުޅިއާދޭ. އެކަމަކު މިހާރު ހިތަށް އަރާ ހަމަ ހަގީގަތުގައިވެސް މައުމޫނާ ކައިރިއަށްވެސް މިއިން މީހަކަށް ނާދެވޭނޭ. ކައިޓް ކިޔާ ފަރާތުން ކޮށްފައި ތިއިން ކޮމެންޓަށް އަހަރެންގެ ސިކުނޑިއާ، ހިތާ، ރޫހާ، ޖާނުން އެއްބަސްވަން. ހުރިހާ ކަމެއް މީގެ އަހަރު ތަކެއް ކުރިއަށް ރިވައިންޑް ކުރެވޭނަމައޭ ހިތަށް ނާރާ އެންމެ ދުވަހެއްވެސް ނުދާނެ. ހުވާކޮށްފައި މި ބުނަނީ ހަމަ ތެދެއް.
ވިލި احمد ގެ ބައްޕަ
23 July 2017
ވިލ އަހްމަދު.ކޮންކަހަލަ މައްސަލައެއްގަތޯ ބަންދުކުރީ. ބައްޕަނުދެނެހުރިން ތިކަމެއް.
ބަލްކު އެންޑް ބަލަކް
23 July 2017
އާޗާ! ބޮޑުމަންޒަރު ހާދަހާވާ ރީއްޗޭ.
ގުރާ
23 July 2017
ދެން ސިޔާސީކަންކަމުން ފެޔަށްޖެހި ރީތިކޮށް ބަސްއަހައިގެން އުޅެބަލަ. ތިރީސްއަހަރުވިއިރު ވެސް ރައްޔިތުންގެ ރުހުމެއް ނުލިބުނެއްނު.
ރަދީފް
23 July 2017
ގުރާ.ކަލެއަށް މިއަދު ދިވެހިބަހުން ތިކޮމެންޓް ލިޔަން ގަބުޅިތާނަ ދަސްކުރެވޭނެގޮތް ފަހިވެގެންދިޔައީ ރައީސް މައުމޫން ކުރެއްވި މަސައްކަތުން. ވ.ވެދުން
ހަނދުކޭތަ
23 July 2017
މައުމޫނަށް މިއަދު ފެންނާނެ ތިރީސް އަަހަރު ދުވަހު ތިމާއަށް ކުރެވިފައި ހުރި ކަންތައް
ހަޑިގިއްލާ
23 July 2017
30 އަހަރު ކީއްކުރަންތޯ ދިވެހި ތާރީޚުންވެސް ނުދެކޭފަދަ ހުދުމުހުތާރު ވެރިކަމެއް މިފެނިގެންދަނީ...... މައުމޫން ވެރިކަންކުރީ ޤާނޫނު އަސާސީއާއިި ޤާނޫންތަކުން ވަރަށްބޮޑެތި ބާރުތަކެއްވެސް ލިބިދީގެން! އެކަމް މިއަދު އޮތީ ވެރިމީހާއަށް އޭގެ %10 ބާރުވެސް ނުލިބޭ އަސާސީއެއް! އެކަމް މިފެންނަނީ މައުމޫނަށްވުރެ ަ%150 ހުދުމުހުތާރު ވެރިކަމެއް!
ހައްޤުބަސް
23 July 2017
ވަކި ޕާޓީއަކަށް ތާއީދު ކުރުމަކީ އެމީހެއްގ ކިބައިގާވާ އިންސާނިއްޔަތުކަން ގެއްލިގެންދާ ސަބަބެއް ކަމުގައި ވެގެން ނުވާނެ, ކޮމެންޓް ތަކަށް ބަލާފަ މިބުނީ, ހައްޤުގެ މަތީގައި ތިބޭބަޔަކަށް ނަސްރު ލިބޭނެ.
އަރަރެން
23 July 2017
1. މައުމޫނުގެ ވެރިކަމުގައި މިވެނިކަމެއް އެވެނިކަމެއްވީއްޔޭކިޔައި ކަންކަން އޮޅުވާލުމަކީ ރަގަޅުކަމެއްނޫން 2. މައުމޫންގެ އިރުގައި ބޭނުންކުރި ގާނޫން އަސާސީއެއްނޫން މިހާރުބޭނުންކުރަނީ 3. މިހާރުބޭނުންކުރަނީ ރާއްޖޭގެ %70 މީހުންނަށް ލިޔަންކިޔަންނޭގިތިއްބައި އެމީހުންނަށް ކިޔަވަދީގެން ގިނަބަޔަކަށް ޑިގުރީ މާސްޓާސް ހަދަިދީގެން، ރައްޔަތުން ބޭނުންވާ ހުރިހާ ހައްގެއް އެގާނޫނު އަސާސީއެއްގައި ހިމަނައިގެން ހެދި ގާނޫ އަސާސީއަކަށް 4. މިކަން ނުދަންނަ ބިއްޖެހިފަތިބި ޒުވާނުން ކޮމެއްޓު ނުކުރުން ރަގަޅުވާނެ
ރަދީފް
23 July 2017
ތިޔަބުނީ ވަރަށް ބޮޑު ތެދެއް.
ރައްދު
23 July 2017
ތިޔަހުރިހާ ކަމެއް އޮޅުވާލައިގެން މައުމޫން ކޮށްދިން އެއްވެސް ކަމެއްނެތްކަމަށް ކިޔައިގެން ވެރިކަން ހޯދި ބޭފުޅާއާމެދު ދެން ކީކޭތޯ ބުނަންއޮތީ؟ އޭނާ ވެރިކަން އޭރު ހޯދީ ހައްގުބަސް ބުނެގެންތޯ ސުވާލަކީ؟ އެއް ޒަމާނެއްގަ އޭނާ ހެދީ ހުސް ދޮގުކަން މިހާރު މިއޮތީ ފަޅާއަރާފަ. ދެން ކޮންކަހަލަ ތާއީދެއްތޯ އޭނާއަށްކުރަންވީ؟ މިހާރުވެސް އޭނާ ދައްކާ ވާހަކައަށް ހެއްލި ގަބޫލުކުރަންވީތޯ ސުވާލަކީ.
ކައިޓް
23 July 2017
ހަސަދައިން ރުޅިއަޔަސް، މޮޔަވިޔަސް ރައީސް މައުމޫނާއި އެއްހަމަޔަކަށް ނެގެޓިވް ކޮމެންޓް ކުރާ މީހުނަކަށް ނާދެވޭނެ. އެއަށްވުރެ އެ މަނިކުފާނުދެކެ ދިވެހިން މާ ލޯބިވޭ. އެ މަނިކުފާނު މި ވަތަން ދެކެ މާލޯބިވޭ. ދެން ލަލަލާ!
ުޔޫޒް
23 July 2017
ދިވެހިން އެމަނިކުފާނުދެކެ ތިޔަބުނާ ވަރަށް ލޯބިނުވާކަން ދައްކައިދިން 2008ގެ އިންތިޚާބުގެ 1 ވަނަ ބުރާ 2 ވަނަ ބުރުގަ. މިހާރު ތިޔަކިޔާ ލޯބީގެ 80 ޕަސެންޓް ލޯބިވާ ކަމަށް ބުނަނީ އެމީހުންގެ އަމިއްލަ އެޖެންޑާ ހާސިލުކުރަން. މައުމޫން އަބަދުވެސް ގައުމުގެދެކެ ލޯބިވޭ. ބަޔަކަށް އެކަމު އެކަން ނުފެނުނު މީހެއްގެ ބަހަށް ހެއްލި އިދިކޮޅަށް ވޯޓްދިންއިރު.
ގޮއްޔެ
23 July 2017
ރައީސް މައުމޫނަށް މިއަދު އެއްޗެއް ވިސްނިވަޑައިގަންނަވާނޭކަމަށް އުންމީދުކުރަން. މަރުޙޫމް އިބްރާހިމް ނާޞިރުގެ ހުރިހާ ބިންތަކެއް ދައުލަތަށް ނަގާ އެމަނިކުފާނު ޤައުމުން ބޭރުގައި ހުންނަން މަޖްބޫރުކޮށް ހަޑިހުތުރު ބަސްތަކުން ލަވަޔާއި ޅެމާއި ފަރިހި ހަދައިގެން ކީ ދުވަސްތަކުގެ ހަނދާން އާވާނެ ކަމަށް އުންމީދުކުރަން. އަދި މިއަދު އެންމެ ހިތްދަތިގޮތަށް ލޯބިވާ ކޮއްކޯފުޅު އެމަނިކުފާނާއި ޢާއިލާގެ ބޭފުޅުންނަށް ޖައްސަމުންއެދާ ތުރާލާއި ދުއްޕާނަކީ މިޤައުމުގައި ދިރިތިބީންނަށް ހުރި ޢިބުރަތެއް. ރައީސް މައުމޫނާއި ލޯބިވާ ޢާއިލާގެ ބޭފުޅުންނަށް ކެތްތެރިކަން މިންވަރުކުރައްވާ ކާމިޔާބު މިންވަރު ކުރައްވާށި. އާމީން.