އީސީގެ ރައީސް ސުލެއިމާން (ކ-3) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ގޮނޑި ގެއްލިއްޖެ ކަން އެ ކޮމިޝަނުން މެމްބަރުންނަށް އަދިވެސް ނާންގާ ކަމަށް މަހްލޫފް ވިދާޅުވި
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަަށް ކަނޑައަޅައި ބައި އިލެކްޝަންސް އަށް އިއުލާންކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަޔާން ނެރުނީ އެ ކޮމިޝަނުގެ އެއްވެސް މެމްބަރަކު ޒިންމާ ނުނަންގަވާ ގޮތަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި ޕީޕީއެމްގެ 10 މެމްބަރުންގެ ތެރެއިން ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ދިއްގަރު ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އަދި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިންގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމައި، އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ.
އިދިކޮޅު ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުން ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މަހްލޫފް ވިދާޅުވީ މަޖިލީހުގެ މެމްބަރުންތަކެއް ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބަޔާން ނެރުނީ މަސީހުގެ ވޯޓަށް ހުރަސްއަޅަން، ސަރުކާރުން އަންގައިގެން ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ. ކޮމިޝަންގެ ނިންމުން ކަމަށް ބުނެ ނެރުނު ބަޔާނުގައި ކޮމިޝަންގެ އެއްވެސް މެމްބަރަކު ސޮއި ކުރައްވާފައި ނުވާ ކަން މަހްލޫފް ފާހަގަކުރެއްވި އެވެ.
"މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ސޮއެއް ނެތް. ހަމައެކަނި ސްޓޭމްޕް ޖަހާފައި ނެރުނީ. އެ ބަޔާން އޮތީ އިލެކްޝަންސް އިން އާއްމުކޮށް ނެރޭ ބަޔާންތަކާ ވެސް ޚިލާފަށް، އެހެން ފޯމެޓެއްގައި. އެއީ އެއްވެސް މެމްބަރަކު ފަހުން ތިމަންނައޭ ސޮއިކޮށްފައި އޮތީ އެނގެން ބޭނުން ނުވާ ކަހަލަ ގޮތަކަށް ކޮށްފައި އޮތް ކަމެއް،" އޭނާ ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި މެމްބަރުންތަކެއްގެ ގޮނޑި ގެއްލުނު ކަން އީސީ އާއި ރައްޔިތުންގެ މަޖިލީހުން ވެސް މިހާތަނަށް އެ މެމްބަރުންނަށް އަންގާފައެއް ނުވެ އެވެ. މަޖިލީހުން މެމްބަރުންނަށް އަންގާ ރަސްމީ އެންގުންތައް މިހާރު ވެސް އެ މެމްބަރުންނަށް ލިބިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގެ ޖަލްސާ 31 ގައި އޮންނާނެ ކަމަށް މެމްބަރުންނަށް ކުރި މެސެޖް ވެސް އެ މެމްބަރުންނަށް ލިބުނު،" މަހްލޫފް ވިދާޅުވި އެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ގެއްލިޖެ ކަމާ މެދު ޝައްކު އުފެދިއްޖެ ނަމަ އެއާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ. އެހެންވެ އީސީގެ ނިންމުން، ހަތަރު މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވަނީ މައްސަލަ ބަލައިގެންފަ އެވެ. ހަތަރު މެމްބަރުންނަށް ސުޕްރީމް ކޯޓުން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ މައްސަލަ ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފަނޑިޔާރުން ނިންމަވާފައި ވާތީ، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަ ދީފައިވާ ކަމަށާއި ތިން ދުވަހުގެ ތެރޭގައި މައްސަލަ ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ސުލޭމާން ކާރޕެންޓްރީ
27 July 2017
ތި ސުލޭމާނުގެ ހުރިހާ މުދަލެއް ސަރުކާރަށް ނަގަންޖެހޭ.
ޣަނީ
27 July 2017
މެމްބަރުންނެއް ނޫން މެންބަރުން.
ނަޑެއްލާ
26 July 2017
މިކަމުގައި އެވެރިން ނަކަށް ރެކެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. ސީދާ އެތަނުގެ ރަޢީސް އެ ވިދާޅުވާ މީހަކު ޒިންމާ ނަގަން ޖެހޭނެ. އޭނައަށް ނޭގި އެތާ އެތެރޭ އެއްވެސް ކަމެއް އަދި ބައެއްގެ ހައްގު ތަކަށް އަރާ ގަންނަ އިރު އެނގޭނެ. ތިމަންނަ ނުދެނަ ހުރީމޭ ކިޔާ ބޯދަމައި ގަނެވޭނެ ގޮތެއް މިފަހަރަކު ނޯންނާނެ. ހުންނާނީ ރާކަނިމަސް ކެވިފާ މިފަހަރު. ވާގޮތް ބަލަން ތިބެމާ!
ކިލާބޯ
25 July 2017
ތިޔަ ކޮމިޝަނުން ގޯސްކކޮށް ކަމެއްކުރެވިއްޖެއްޔާ ހުރިހާ މެމްބަރުން ޒިންމާނަގާ ޖެހޭނީ އިސްތިއުފާދޭން! މިހުރިހާކަމެއްބަލައި ފިޔަވަޅުއަޅަންޖެހޭ! ރާއްޖޭގައި ދެން ބޭއްވޭ އެއްވެސް އިންތިހާބެއްގައި މިކަހަލަ ބޭފުޅުން ތިބިއްޔާ ވާނުވާ ނޭންގިދާނެ! ބަލަންޖެހޭވަރަށް ނުބަލައި ކޮމްމެވެސް މީހެއްގެ އޯޑަރަށް ކަންތައްތައް ކުރާހެން ހީވަނީ! ގާނޫނީގޮތުން ވަކިނުވާ ރ. މަޖްލީހުގެ މެމްބަރުންވެސް ވަކިކޮށްފައި އެބަހުރި.
ފާތުމަ
25 July 2017
އީސީ ތިބީ ފިތިފައި. އެމީހުންނަކީ ނަމެއްގަ ވަކިމީހަކުގެ އަމުރަށްކަންކުރަންތިބިބައެއް. އަމިއްލާ ބާޜެއްނެތް.
ޤައުމު
25 July 2017
ތި ކޮމިޝަނުގެ ނަމުގައި މީޑިއާ ކުރިމައްޗަށް ނިކުންނަ ހުރިހާ އެންމެނާ ވެސް ސުވާލު ކިރެވެއްޖެހޭނެ. މިހާރު މިހިންގާ ހުރިހާ ކަމެއްގެ ތަހްޤީގެއް ކުރަންޖެހޭނެ... ޕްލީސް ޑޫދިސް ...
ކުޑަދޫއަހްމަދު
25 July 2017
އޭ އާރާއި ބާރު ޖަމާކޮށް ދުނިޔޭގެ މަސްތުގައި ޖެހިފައިވާ އިންސާނާ އެވެ. ތިބާގެ ނިކަމެތިކަން ހިނދުކޮޅަކަށް ނަމަވެސް ހިތަށް އަރުވާލަބަލާށެވެ. ތިބާގެ އަޖަލު ހަމަ މިވަގުތުކޮޅުގެ ތެރޭގައިވެސް ހަމަވެދާނެ އެވެ. ދުނިޔޭގައި އެއް ޒަމާނެއްގައި ހުރި ބާރުވެރި ފިރުއައުނުގެ ނިމުން އައީ ޣަރަގުވެގެންނެވެ. ދިގު މުއްދަތެއް ވަންދެން އާރާއިބާރު ޖަމާކޮށް އުޅުނު ނަމްރޫދުގެ ނިމުން އައުމަށް މެދުވެރިކުރެއްވީ ކުޑަކުޑަ ސޫތްޕެކެވެ. ތިބާގެ ނިކަމެތިކަން ވިސްނާލަބަލާށެވެ. ބިންމަތީގައި ގަދަކަން ދައްކައިގެން ތިބާއަށް ތާ އަބަދު ނޫޅެވޭނެކަން ވިސްނާށެވެ. މާތް ﷲ އިންސާނާ މި ދުނިޔެއަށް ފޮުނުއްވެވީ މިނިވަނެއްގެ ގޮތުގަ އެވެ. އެހެން އިންސާނަކަށް އަޅުވެތިވާން ނުޖެހޭ މީހެއްގެ ގޮތުގަ އެވެ. އަހަރެމެން އިންސާނުން އަޅުވެތިވާން ޖެހެނީ އެކަލާނގެއަށެވެ. އިންސާނީ ތަބީއަތަކީ މިނިވަންކަމެވެ. އަޅުވެތިކަމާއި އަނިޔާވެރިކަމާ ދެކޮޅު ހެދުމެވެ. ކަންމިހެން އޮތްއިރު، ތިބާ އެހެން މީހުން އަޅުވެތި ކުރުވަން މަސައްކަތް ތި ކުރަނީ ހިތުގައި ކުޑަވެސް ބިރުވެރިކަމެއް ނެތީމާ ހެއްޔެވެ؟
ވިސްނަވާ
25 July 2017
ދައުލަތުގެ ޒިންމާބޮޑު ޝަރަފުވެރި ކޮމިޝަންތަކަށް އައްޔަން ކުރެވެންވާނީ ޒަމާނީ މަތީ ތައުލީމާ ބޭރުބަހާ ދަންނަ ލީޑާޝިޕްއާ ޕޮލިޓިކްސް އަށް ހޭނެވޭ ކަހަލަ ބޭފުޅުން. މިއަށްވުރެ ރަނގަޅު ގަވަރނޭންސް ކޮލިޓީ މިހާރު މިގައުމުންވެސް ނެރެވެން ޖެހޭނެ.
ކުޑޫ
25 July 2017
މަސީހުގެ ވޯޓާ ތޮޅިތޮޅި ތިބޭ ރއީސްގެ ވޯޓަކާ ނުތޮޅެމެންނު. އެއްޗެއް ވިސްނޭނެ ކަމަށް އުއްމީދު ކުރަން
ދިވެހިން
25 July 2017
އެކަމަކުވެސް ރަޢީސް މީހާ ޒިންމާނަގަން ޖެހޭނެ އެހެން ކިހިނެއް ރެކެވޭނީ ކޮންމެވެސް ދުވަހަކުން ބެލޭނެ ބަލާނެ ފިޔަވަޅު އަޅާނެ