ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރުން މުހައްމަދު ނަޝީދު: ކުށުގެ ވެށިން ހައްޔަރު ކުރެވޭ މެމްބަރުން މަޖިލީހަށް ގެންދަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވޭ- ފޮޓޯ: މަޖިލިސް
01 އޯގަސްޓް 2017 - 15:36
ކުށުގެ ވެށިން ހައްޔަރުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފިޔަވައި އެހެން ގޮތްގޮތުން ހައްޔަރު ކޮށްފައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރުކޮށް ދޭން ޖެހޭނެ ކަމަށް ޕީޕީއެމަށް ނިސްބަތްވާ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބަންދުގައި ތިބި މަޖިލީހުގެ ބައެއް މެމްބަރުން ޖަލްސާތަކަށް ހާޒިރުކޮށް ނުދިނުމުން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ނަޝީދު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުން މެމްބަރުން މަޖިލީހަށް ހާޒިރުކުރަން ޖެހޭ ކަމަށް އިމްތިޔާޒްގެ ގާނޫނުގައި އޮތް މާއްދާ ސުޕްރީމް ކޯޓުން ބާތިލްކޮށްފައި އޮތަސް މަޖިލީހުގެ ގަވާއިދުގައި އެކަން އަދިވެސް އެެގޮތަށް އޮތުމުން މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭނެ އެވެ.
ސަބަބެއްގެ ގޮތުގައި ނަޝީދު ފާހަގަކުރައްވާފައިވަނީ އިމްތިޔާޒްގެ ގާނޫނުގެ އެ މާއްދާ ބާތިލް ކުރިޔަސް މަޖިލީހުގެ ގަވާއިދުގައި އެކަމަށް އޮތް މާއްދާ އަދިވެސް ދެމިއޮތުމާއި މަޖިލީހުގެ ގަވާއިދަކީ އިމްތިޔާޒްގެ ގާނޫނަށް ވުރެ ކުރިން އައިސްފައި އޮތް އެއްޗަކަށް ވުމެވެ. އަދި މަޖިލީހުގެ ގަވާއިދަކީ ގާނޫނެކޭ އެއްފައިން އަމަލު ކުރުން ލާޒިމްވާ ގަވާއިދެއް ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
"މަޖިލީހުގެ ގަވާއިދުން ލާޒިމްކުރާ ކަމެއް ކުރުމަކީ ބައެއްގެ ނުވަތަ މީހެއްގެ އިޚްތިޔާރަށް ދޫކޮށްލެވިދާނެ ކަމެއް ކަމަކަށް ވެސް ނުދެކެމެވެ،" ނަޝީދު ލިޔުއްވި އެވެ.
އިމްތިޔާޒް ގާނޫނުގެ މާއްދާ ބާތިލްކޮށް، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް އިޝާރާތް ކުރައްވައި، ނަޝީދު ވިދާޅުވެފައިވާ ގޮތުން އެ ހުކުމު އޮތް ގޮތުން މަޖިލީހަށް ހާޒިރުކޮށްދޭން ނުޖެހެނީ ކުށުގެ ވެށިން ހައްޔަރު ކުރެވޭ މެމްބަރުން އެކަންޏެވެ. އެފަދަ މެމްބަރުން ހާޒިރުކޮށްދޭން ނުޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ސަބަބެއްގެ ގޮތުން ނަޝީދު ފާހަގަކުރައްވާފައިވަނީ ކުށުގެ ވެށިން ހައްޔަރުކުރެވޭ މެމްބަރުންނަކީ ހަގީގަތާ ޚިލާފް ދޮގު ތުހުމަތުތަކެއްގައި ހައްޔަރުކުރެވޭ ބަޔަކަށް ވުމުގެ ފުރުސަތު ނޯންނާނެތީ އެވެ.
"ސިޔާސީ ބޭނުމެއްގައި ބަޔަކު ކޮށްފާނެ ހަގީގަތާ ޚިލާފް ކެހިވެރި ޝަކުވާތަކާއި ދައުވާތަކުގެ ސަބަބުން އެ މެމްބަރުންނާ މަތިކުރެވިފައިވާ ރައްޔިތުން ތަމްސީލު ކުރުމުގެ ދުސްތޫރީ މަސްއޫލިއްޔަތަށް ހުރަސް އެޅިގެން ނިދިއުމަކީ އިމްތިޔާޒް ލިބިދިނުމުގެ މައިގަނޑު މަގްސަދު ކަމަށް ވާތީ އެ ނަޒަރުން ބަލާއިރު ކުށުގެ ވެށިން ހައްޔަރުކުރެވޭ މެމްބަރުންނަކީ އެފަދަ ރޭވުމަކަށް ނުވަތަ ޝަކުވާއަކަށް ފުރުސަތު އޮންނާނެ ބައެއް ކަމުގައި ނުބެލެވޭ" ކަމަށް ނަޝީދު ލިޔުއްވާފައިވެ އެވެ.
ކުރިން ހައްޔަރުކުރި ބައެއް މެމްބަރުން ވެސް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށްދީފައިވާ ކަން ފާހަގަކޮށް، ނަޝީދު ލިޔުއްވި ގޮތުން މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން އިމްތިޔާޒްގެ ގާނޫނުގެ ބާތިލްކުރި އެ މާއްދާ، ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނާ އިމުގެ ތެރެއިން އަލުން އުފަން ކުރުން މުހިންމެވެ.
މިހާރު ބަންދުގައި ހުންނެވި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އިއްޔެ މަޖިލީހަށް ހާޒިރުކުރަން އިދިކޮޅު މެމްބަރުން މަޖިލީހުގައި އިހްތިޖާޖް ކުރިޔަސް އޭނާ ހާޒިރު ކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދިލް
02 August 2017
ނުޖެހޭނެ.
ޗިސްޗިސް
02 August 2017
ފާޑުފާޑުގެ އެއްޗެހި ލިޔެގެން އަހަރުމެންގެ އަނގަ ގޮއްވަން ނުނެރެބަ! ކޮބާތަ މިއޮތް ދުވަހު ޤާނޫނު އަސާސީއާ ޚިލާފަށް ކުރަމުން ގެންދިޔަ ކަންކަން! އޭރު މި ކަލޭގެ ޗުއްޕުވެސް ނުބުނެ ހުރީ ކީއްވެގެން ބާވެއޭ ހިތަށް އަރާ!
ވަސީ
01 August 2017
މީނަ ހޮރުން ނިކުމެވިއްޖެތަ!
ފާރިސް
01 August 2017
ރާއްޖޭގަ ކަމެއް ހިނގާފާނެތީ އިންޑިޔާ އެމެރިކާ އެލާރޓް ވެއްޖެ ކަމަށް އިންޑިޔާގެ ނޫސްތަކުގަ އެބައޮތް.
އިޒޯރާ
01 August 2017
ނަޝީދުގެ އިހްލާސްތެރި ކަމާ މެދު ސުވާލު އުފެދޭ . ޤާނޫނު އަސާސީ އާއި ހިލާފަށް ހިނގަމުންދާ ކަންތައްތަކާއި ، ބޭއިންސާސާފުން މީހުންނަށް ދެމުންދާ އަނިޔާތަކާއި . ރައްޔިތުންނާއި މަޖިލިސް މެމްބަރުންނާއި ދޭތެރޭ ކުރެވެމުންދާ ތާކުންތާކު ނުޖެހޭ ދައުވާތަކާއި . ޝަރުއީ މަރުހަލާގައި ކަންކަން ހިނގަމުންދާ ގޮތާއި ދޭތެރޭގައި ނަށީދުއަށް އެއްޗެއް ބުނަން ނުކެރިގެން އުޅުއްވަނީ ކީއްވެތޯ ؟ ނަޝީދަކީވެސް ރައްޔިތުންގެ މަމްދޫބަކަށް ވީހިނދު ނަޝީދުގެ ބޮލުގައި އެޅިފައިވާ ޒިންމާ ވަރަށް ބޮޑެވެ . ފިތިފަ ހުންނަވަނީ ކޮންކަމަކާތޯ ؟
ޝަހާމު ޝަރީފް
01 August 2017
މިއީ އަދި މިގައުމުގައި ރައީސް ކަން ކުރައްވާނޭ ފަހުލަވާނެއް. ފަހަރުގައި ރައީސް ޔާމީނަށް ފަހުގައި ދެން ފެނިގެން ދާނީ އުސްތާޒް ނަޝީދު.
ދީނީ ޝޭހް ޝާހް
01 August 2017
މިރާއްޖޭގައި މިހާރު ތިބީ، ފުންނާބު އުސް ގާނޫނީ ވަކީލުންނާއި، ނަންހުސް ކުރާ ވަރަށް ގާނޫނީ ގުނަވަންތަކާއި އިންތިހާއަށް ފުންނާބު އުސް ކޮމެންޓު ލިޔާމީހުން. އެންމެންވެސް މައިގަނޑު ގޮތެއްގައި ކުރާކަމަކީ ލިޔުން، އަމަލީ ގޮތުން ކަމެއްކުރަންޖެހިއްޖެއްޔާ ދެން ހޯދައި ނުފެންނާނެ.
މެންޓަލިސްޓް
01 August 2017
ރައީސްޔާމިންމިހާރު ވެރިކަން ކުރައްވަމުން ގެންދަވަނީ 3 ބާރުން ކުރެ އެއްބާރު ސިފައިންގެ ބެލުމުގެ ދަށުން ،،،، މާނަޔަކީ ޖެނެރަލް ޝިޔާމްއަކީ މިހާރު މަޖިލިސްގެ ރައީސްއޭ ،،،، އެހެންވީމައި އެންމެ ބުއްދިވެރިގޮތަކީ ރައްޔަތުންގެ މަޖިލިސްއަކީ އެކިއަތޮޅުތަކުން ސިފައިންގެ ތެރޭން ހޮވާލެވޭ ބައެއްތިބޭ ތަަނަކަށް ހެދުން ،،، ނޫނީ މަޖިލސް އުވާލުމަށް ފަހު ހުރިހާ ރައްޔަތުން އެސްއެމްއެސްގެ ޒަރިއްޔާިން ވޯޓްލާގޮތަށް ހަދާ ބިލްތަށް ފާސްކުރާގޮތަށްހެދުން ،،، އޭރުން ވަރަށްފައްކާވާނެ ،،، ވަރަށްވެދުން
ދިވެހިން
01 August 2017
މީހުން ކިޔާ އެއްޗަކަށް ދައްކަފާނެ ބިރަކަށް ނުބަލާ ޙައްޤުބަސް ބުނަންޖެހޭ ވަގުތު ޙައްޤުބަސްބުނެ ޙައްޤު ގޮތަށް ޢަމަލުކުރައްވާ.
ުުުޔގހ
01 August 2017
މީ މޫސުމަށް ފަރިވެ ފޮޅޭ މަލެއް. އޭގޭ ބޭރުން ޔާމީނުގެ އަޅެއް