އަބްދުއްރަހީމް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވާއިރު، އޭނާގެ އަރިހުގައި ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި ފެނަކައިގެ އެމްޑީ އަހުމަދު ޝަރީފް މިއަދު މަޑުކޮށްލައްވައިގެން.
19 އޯގަސްޓް 2017 - 18:50
ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ މެއަށް ރޭ ފަތިހު އެރި ތަދަކާ ގުޅިގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.
މީގެ ކުރިން ވެސް ހިތުގެ މައްސަލައަކަށް ފަރުވާ ހޯއްދަވާފައިވާ އަބްދުއްރަހީމް ރޭ ފަތިހު ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށް ފަހު މިހާރު މަޑުކުރަނީ ލޭގެ ޓެސްޓެއްގެ ނަތީޖާ ލިބެންދެން ކަމަށް އޭނާގެ ގާތް މީހަކު މިއަދު ބުންޏެވެ.
ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް (ކ-3) ބައިވެރިވެވަޑައިގަންނަވަނީ---މިހާރު ފޮޓޯ: ނިޝާން އަލީ
"އިކޯ ވެސް ހަދައިފި. މާ ބޮޑު މައްސަލައެއް މިހާތަނަށް ފާހަގައެއް ނުކުރެވޭ. ލޭގެ ޓެސްޓެއްގެ ނަތީޖާ ލިބުނީމާ ދޫކޮށްލާނެ ކަމަށް ބެލެވެނީ،" އޭނާ ބުންޏެވެ.
އަބްދުއްރަހީމް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާއިރު، ޕީޕީއެމުން ރޭ "ރުމާލު 2" ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ވެސް އޭނާ ބައިވެރިވެވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހުރަ
20 August 2017
ހާހާހާހާހާ!!!!
އަނގޮޓި އަދުރޭ
20 August 2017
ކައުންސިލަރުން ނުހޮވޭ ކޮންމެ ފަހަރަކު އަދުރޭ ގެންގޮއްސަ ޔާނު ބަވާތީ މިހެން މި ވަނީ
މުއާވިއަތު
20 August 2017
މެޔަށް ތަދުއެރުން ފަދަ ކަމެއް ދިމާވީމަ ގިނަފަހަރު ބިރުވެރިކަމެއްގެ ތެރެއަށްދޭ. ގިނަ މީހުން ހަމަ ބިރުވެސް ގަނޭ. ސަބަބަކީ ހިތުގެ ހުއްޓުމެއް ނަމަ މަރުވެދާނެކަމުގެ ބިރު ހިތައް އިހުސާސްވުން. އެހެން ނަމަވެސް އިލްމުވެރިންގެ ބަހުން އަދި ނަބަވީ ބަސްފުޅުތަކުން އެނގެނީ، އަޅުވެރި، ތެދުވެރި، އަމާނާތްތެރި އަދި ތަގުވާވެރި، ފާފައަށް އަރައި ނުގަންނަ، ސަދަގާތްކުރާ އަޅުވެރިންގެ މި އިހުސާސް ތަފާތުކަމުގަ. އެފަދަ މީހުން އަބަދުވެސް ބޭއިޚުތިޔާރުގަ އެދެނީ ﷲ ގެ ހަޒުރަތައް ވީހާވެސް އަވަހަށް ދިއުމަށް، ސުވަރުގޭގެ މަތިވެރި ޝަރަފު ލިބިގަތުމަށް އަވަސްވުމަށް. އެހެން ނަމަވެސް އެނޫން މީހުންނަށް އެންމެ މޮޅީ، ކުރިޔަށް އޮތްތަނުގައި ތައުބާވެ، ގޯސް އަމަލުތަކުން ދުރުވުމުގެ އަޒުމް ކަނޑައަޅައި އިސްލާހުވުން. މީސްތަކުންނަށް ފުރުސަތު ދެއްވަނީ މިފަދަ ގޮތަކަށް.
ބަޑްނީ
20 August 2017
ކޮންމެ އިންސާނަނަކުވެސް މަރުވުމުގެ ކުރިން، ކުރެވިފައިވާ ފާފަތަކަށާއި އަދި ބުނެވިފައިވާ ބޮޑެތި ދޮގުތައް ތަޢްބާވުން އެއީ ރަގަޅު ކަމެއް. އަދި ބަލި ހާލާތުގައި އެނދަށް ވެއްޓުމުގެ ކުރިން ﷲ ސުބާހާނަހޫވަތަޢާލާ އަރިހުން ތަޢްބާވުން އެއީ އެންމެ ރަގަޅުގޮތް ކަމުގާ އަލުގަނޑު ދެކެން. އަދުރޭވެސް މިކަހަލަ ކަންކަމާއި ވިސްނާލުން ވަރަށް ރަގަޅު.
ކުރިބޯށި
20 August 2017
އަދުރޭއަށް ދަންނަވާލަން އޮތީ ކޮންމެއެއްޗަކީވެސް ނެތިފަނާވާނެ އެއްޗެއްކަން ހަންދާންކޮއްދެމެވެ އަދި ކޮންމެ އާރަކާ ބާރެއްވެސް އައިގޮތަކަށް ނެތިގެންވެސް ދާނެދުވަހެއް އަންނާނެކަން ހަނދުމަކޮއް ދަންނަވަމެވެ އަދި ކުރިއަށް އޮތްތަނުގައި ދިވެހިންނަށް ދޮގުނުހަދާނެ ކަމަށް އުއްމީދުކުރާ ހާލުގާ ވަކިވެލަމެވެ...
ވިލާ
20 August 2017
ގާސިމް އިބްރާހީމް އޭޑިކޭ ގައި އޮންނެވި އޮންނެވުމަށް ޖޯކު ޖަހާފަ ހެނީ ދޯ؟
ައަޝްމާ
20 August 2017
އަދުރޭ ތައުބާ ވުމަށް ގޮވާލެއްވި ހުރިހައި ބޭފުޅުންނަށް ވަރަށް ޝުކުރިއްޔާ ވަގުތު ފާއިތުނުވަނިސް އެކަން ކުރައްވާ؟
ޒޫނާ
20 August 2017
އަދުރޭއަށް އަވަސް ޝިފާއަކަށް އެދި މާތްﷲ ހަޟްރަތުގައި ދުޢާ ދަންނަވަން. އަދުރޭ އަކީ ޕީޕީއެމްގެ އަދި ރައީސް ޔާމީންގެ އެންމެ އަރިސް އަދި ކަންކަމުގާ ލަފާ ދެއްވާނެ ރަގަޅު ބޭފުޅެއް. ﷲ އިރާދަފުޅުން އަދުރޭ އަކަށް ދެރައެއް ނުލިބޭނެ.
އެކޮޅުގޭ މުހައްމަދު
20 August 2017
ޕީ.ޕީ އެމްގެ ހަލާކު އަދުރޭ
ރަދީފް
20 August 2017
އަދުރޭއަށް މާތްﷲ އަވަސް ޝިފާއެެއް މިންވަރުކުރައްވާށި. އާމިން