މެމްބަރު އަބްދުއްރަހީމް އިއްޔެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާއިރު، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި ފެނަކައިގެ ޗެއާމަން އަހުމަދު ޝަރީފް އޭނާ އަށް ޒިޔާރަތް ކުރައްވަނީ.
20 އޯގަސްޓް 2017 - 11:00
ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު އިއްޔެ ދޫކޮށްލައިފި އެވެ.
އަބްދުއްރަހީމް މިދިޔަ ހުކުރު ދުވަހުގެރޭ ފަތިހު އައިޖީއެމްއެޗްގައި އެޑްމިޓްކުރީ އޭނާގެ މެއަށް އެރި ތަދަކާ ގުޅިގެންނެވެ. އޭނާ އެޑްމިޓް ކުރީ ބައެއް ޓެސްޓްތައް ހެދުމަށްޓަކަ އެވެ.
އަބްދުއްރަހީމްގެ ގާތް މީހަކު ބުނީ އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއު ކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ އަބްދުއްރަހީމަކީ ރައީސް ޔާމީންގެ އަރިހުގައި އެންމެ ގާތްކޮށް މަސައްކަތް ކުރައްވާ އެއް މެމްބަރެވެ.
ޕީޕީއެމުން ހުކުރު ދުވަހުގެރޭ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވެސް އަބްދުއްރަހީމް ބައިވެރިވެވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނަދޫ ކުދިން
20 August 2017
އައްޗީޑި. ހާވާ ހަޑި
ކުޑަ ދޮންބެ
20 August 2017
ރައީސް ޔާމީން ޅޮސްއުނދޯލިން ވައްޓާލާފަ އަދުރޭ ކުޅުނު ކުރުފިލްމު "އެވޯޓް" ނިންމާލާފަ ގެއަށް ވަޑައިގަތީ ދެއްތޯ؟ ވަރަށްވެސް އެކްޓިންގ މޮޅު
ހހހބޯގަޅި
20 August 2017
އަދުރޭ !ހައްޖަކަށް ނުދަންތަ؟
ކޮން
20 August 2017
އަދިއެއްފަހަރު އަދުރޭ އަށް ވިސްނޭތޯ ހެއްދެވި ފަރާތް ހެކި ކޮށް ކުރި ހުވަޔައް ހުރުމަތްތެރިކޮށް ހިތާ ހެއްދެވި ފަރާތް ދެކެ ބިރުވެތިވޭ ހަމަ ގައިމުވެސް ތިބޭފުޅާވެސް މަރުވާނެ. ހެޔޮ ވިސްނުން ދެއްވާށި. އިއްޒަތްތެރި މެމްމަބަރު
ޙުއްބުލްވަޠަން
20 August 2017
އަނެއްކާ ބޭރަށް ވަޑައި ނުގަންނަވާނެތޯ؟