ޖަލްސާއެއްގައި މައުމޫނާ އެކު ގާސިމް: އެ މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރެވުމަކީ އަސާސީ ހައްގެއް ކަން މައުމޫން ފާހަގަ ކުރެއްވި --ފޮޓޯ/މިހާރު
25 އޯގަސްޓް 2017 - 18:02
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް ރޭ ކުރި ހުކުމާ މެދު ކަންބޮޑުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގައި ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ކުރި ހުކުމާ ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައިވަނީ އެ މީހެއް ހާޒިރުގައި ޝަރީއަތް ކުރެވުމާއި ހުޅުވާލެވިފައިވާ ޝަރީއަތުގެ މަޖިލީހެއްގައި ޝަރީއަތް ކުރެވުމަކީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެއް ކަމަށާއި އެ ހައްގުތަކުން ގާސިމް މަހްރޫމް ކުރުމުން ކަންބޮޑުވާ ކަމަށެވެ.
Concerned by denial of @qasimibrahim 's constitutional rights. Every defendant has the right to be tried in his presence in open court 1/2
— Maumoon Abdul Gayoom (@maumoonagayoom) August 25, 2017
މައުމޫންގެ ޓްވީޓް
ގާސިމްގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް ކުރި ހުކުމަކީ އާ ގާނޫނު އަސާސީ އައިފަހުން އެގޮތަށް ކުރި ދެވަނަ ހުކުމެވެ. މީގެކުރިން ޣައިރު ހާޒިރުގައި ހުކުމެއް ކުރީ ޑްރަގްގެ ބޮޑު މައްސަލައެއްގައި ޝަރީއަތް ހިންގައި، ހުކުމާ ހިސާބުގައި މައްސަލަ އޮއްވާ ފިލައިގެން އުޅުނު މީހެއްގެ މައްޗަށެވެ.
ގާސިމްގެ ޝަރީއަތުގެ އެންމެ ފަހު އަޑުއެހުން އިއްޔެ މެންދުރު ބާއްވަން ހަމަޖައްސާފައި ވަނިކޮށް ކޯޓު ތެރެއަށް ގާސިމް ވެއްޓިވަޑައިގެން، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނިކޮށް ކޯޓުން ނިންމީ ރޭ 11:00 ގައި އެ މައްސަލައިގެ ފަހު އަޑުއެހުން ބޭއްވުމަށެވެ. އެ އަޑުއެހުމަށް ގާސިމާއި ވަކީލުން ހާޒިރު ނުވެއްޖެ ނަމަ ޣައިރު ހާޒިރުގައި މައްސަލަ ހިންގާނެ ކަން ކޯޓުން އެންގި އެވެ. އެކަމަކު ގާސިމް ވެސް އަދި ވަކީލުން ވެސް ކޯޓަށް ވަޑައެއް ނުގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނުބެ
26 August 2017
މައުމޫނު ތިކަހަލަ ވާހަކަ ދެއްކީމަ ހިނިއަންނަނީ!! ދިގު 30 އަހަރުގެ ހިންގި އާއިލީ ޚުދުމުޚުތާރު ވެރިކަމުގައި ކަންތައްތައް ކުރީ ކިހިނެތް؟؟ އިބްރާހިމް ނާސިރާ ދޭތެރޭ ކަންތައްތައް ކުރީ ކިހިނެތް؟ އެނާގެ ބިންތަކާ މުދާތައް ނެގީ ކިހިނެތް؟ މިކަހަލަ ކިތަންމެ ކަމެއް މައުމޫނުގެ ޒަޢާމަތުގައި ކުރިއޭ!!
މަނޭ
26 August 2017
ނާސިރުގެ ނަމުގަ ހުރިމުދާތަކާ ބިންތައް ނެގީ ވެސް ނާސިރުގެ ހާޒިރުގައި ޝަރީއަތް ކޮށްގެނެއްނޫން.
ތެލި
26 August 2017
ޖުޑިޝަރީ މިހާބޮޑަށް ތަރައްގީވީމާ އެކަންކަން ހަޖަމުނުކުރެވުމަކީ އިދިކޮޅުފަރާތްތަކުގެ މައްސަލައެއް ރޭގަނޑު ދަންވަރުވެސް ކުރަންޖެހޭ ހުކުމްތައް ކުރަންވާނެ ޣައިރުހާޒިރުގައިވެސް ހޮސްޕިޓަލުގައިތިބޭ އެހާ ބޮޑެތި ކުއްވެރިންގެ ޝަރީއަތް ހިނގަންވާނެދޯ ގޮނޑިވެސް ގެއްލެންޖެހޭނެދޯ ގާނޫނު ހިންގަންޖެހޭ ބޮޑުބޭބެއަކަށް ބޮޑުދައިތައަކަށް ނުބަލައި ޖަލަށްލައިގެން މިއުޅެނީ ގާނޫނު ހިންގަން ޕީޖީއާ ކޯޓުތަކުން އެކަން ކުރާނީ އެއީ މަށާބެހޭކަމެއްނޫންދޯ
ސޮކްތެރެޕީ
26 August 2017
މައުމޫން ކިތައްމީހުންތޯ ތިގޮތައް ޖަލައްލީ މިހާރު މާއިހުލާސްތެރިވެގެން މިއުޅެނީ.
މެންޓަލިސްޓް
25 August 2017
ރައީސްމައުމޫންއަށް ވަރަށްސަލާމް ،،، މަނިކުފާނުގެ ހާޑްޑިސްކް ކުޑާކޮށް ރީވައިންޑްކޮއްލަވާ އަހްމަދު އައްބާސް ކިޔާމީހެއް ފައިލް ލޯޑްކޮއްލައިފައި ބައްލަވާލަބަލަ ،،، މަނުކުފާނުގެ މިސްރުގެ ކްލާސްމޭޓް ބަޑީ ބެސްޓްފްރެންޑް އަށް ވެސް ގައިރު ހާޒިރުގައި މަނިކުފާނުވެރިކަމުގައި ހުކުމްކޮށް ޖަލަށްލީމެއްނޫންތޯ ؟؟ އެއީ ސިޔާސީ ކުޅިވަރުގައި އޮންނަކަމެކޭ ،، ، އޭރުމިގަައުމުގައި ސްޕްރީމްކޯޓެއްނޯވޭ ،،، އޭރު ސްްޕްރީމް ޖަސްޓިސްއަކީ ޙުދުމަނިކުފާނުނޫންތޯ ؟؟؟ ދެންކީއްވެތޯ އަހްމަދު އައްބާސް ޖަލުގައި ބެހެއްޓީ ،، މަނިކުފާނާޢި އެއޮތްގާތް ބޭފުޅާ ،، ވަރަށްވެދުން
ޙަންވަ
26 August 2017
އަމިއްލަޔަށް ސަބަބުވެސް ތިކިޔައިދިނީނުން. ލިޔުނުތަކެތި އަދި އެއްފަހަރު ކިޔާލަބަލަ. ގމރ
ބޮޑުހިނި
25 August 2017
ތެދުފުޅެއް. އެ މަނިކުފާނުގެ ޒައާމަތުގައި ދުވަހަކު ވެސް ޣައިރުހާޒިރުގައި ހުކުމެއް ނުކުރޭ.
ތެޔޮ
25 August 2017
ރޭގެ ހުކުމާއެކު ރާޢްޖެ 9 އަހަރު ފަހަތަށް ޖުޑިޝަރީއަށް މަގޭސަލާން ބުނެދޭތި
އަސްލު؟
25 August 2017
ހަމަ އަސްލުވެސް ކަންބޮޑުވޭތަ؟
ބަކުރު އެންޑް ޒުބޭރް
25 August 2017
މައުމޫނުގެ ކޮއްކޯފުޅަކީ އެއްވެސް އިރެއްގާ މާ ރަގަނޅުކަމަށް މުޖުތަމަޢުގާ ވާހަކަދެކެވޭ މީހެއްނޫން. މިހެން ކަންއޮއްވާ އޭނާ ވެރިކަމަށް ގެނައިމާ ވާނެގޮތް މިހާރު ތި ފެންނަނީ.
އަތްފުނާ
25 August 2017
ގާސިމަކީ ސިޔާސީ ހުރިހާ އެންމެން ގެންގުޅޭ ޕަޕެޓްއެއް.ކަލޭމެން ޖަހާހާބެރަކަށް ނަށާނެ.ކަލޭމެން އޭނާ ތި ގެންގުޅެނީ މަކަރުން.އަދިވެސް އޭނާއަކަށް ނުވިސްނޭނެ
ފައިފުނާ
26 August 2017
ހާދަވާ ޓޮލަރެންސް ރަނގަޅޭ.. ހާދަ އެެބަ ވިސްނެޔޭ...