މިނިސްޓަރު އުމަރު "މިހާރާ" ވާހަކަ ދައްކަވަނީ.---މުހައްމަދު ޝަރުހާން/މިހާރު ފޮޓޯ
28 ޖޫން 2016 - 15:03
ޓޫރިޒަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން އަދި ފަޅުތައް، އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ޕީޕީއެމްގެ އެއްވެސް މަޖިލިސް މެމްބަރަކު ވޯޓު ނުދެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އެދިވަޑައިގަތުމުން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ތާއީދު ކުރައްވައިފި އެވެ.
ސަރުކާރު ދިފާއުކުރެއްވުމުގައި ހުންނެވި އުމަރު މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވައި ކުރެއްވި ފުރަތަމަ ޓުވީޓްގައި ވަނީ މައުމޫންގެ ނިންމެވުން ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ. އުމަރު ވިދާޅުވީ ދެ ފުށް ފެންނާނީ އަދި އިންވެސްޓަރުންގެ އިތުބާރު ލިބޭނީ ރަށްތައް ބިޑަށް ހުޅުވާލައިގެން ދޫކުރުމުން ކަމަށެވެ.
Open-bidding is the only way to ensure transparency and build investor confidence. I support the stand of RM.https://t.co/zpylzleZ7L
— Umar Naseer (@UmarNaseerPPM) June 28, 2016
އުމަރުގެ ޓުވީޓް
އުމަރު އިސްތިއުފާ ދެއްވި ސީދާ ސަބަބެއް މިހާތަނަށް ވިދާޅެއް ނުވެ އެވެ. އެކަމަކު އެ މަނިކުފާނު އިސްތިއުފާ ދެއްވާފައި ވަނީ މަގާމުގެ ބައެއް ބާރުތައް ރައީސް އަބްދުﷲ ޔާމީން އަތުލައްވައި ގޭންގްތަކުގެ މީހުންގެ ފައިގައި ޓެގް އަޅުވަން އުމަރު ކުރެއްވި މަސައްކަތަށް ވެސް ހުރަސްތަކެއް ކުރިމަތިކޮށްފައި ވަނިކޮށެވެ.
އުމަރުގެ އިސްތިއުފާއާ ގުޅިގެން މައުމޫން ވަނީ އޭނާ އަށް ތައުރީފް ކުރައްވާފަ އެވެ. އެ މަނިކުފާނު ވިދާޅުވީ އުމަރަނީ ނަޒާހާތްތެރި އަދި ޝަރަފުވެރި ބޭފުޅެއް ކަމަށެވެ.
@UmarNaseerPPM is a man of honour and integrity. I wish him good health and success.
— Maumoon Abdul Gayoom (@maumoonagayoom) June 22, 2016
މައުމޫން އޭރު ކުރެއްވި ޓުވީޓް
އުމަރު އިސްތިއުފާ ދެއްވާފައި މިވަނީ، 2018 ގެ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް ދެއްވުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕާއި ކައުންސިލް މެމްބަރުންތަކެއް ވެސް މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ޖެހޭނީ ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ ރިވެތި އުސޫލްގެ މަތިން ކަމަށް ވިދާޅުވެ މައުމޫން ވަނީ ޕްރައިމަރީއަކާ ނުލައި ޕާޓީގެ ޓިކެޓް ދެއްވަން ހިތްހަމަޖެހިވަޑައިނުގަންނަވާ ކަން ހާމަކުރައްވައިފަ އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އެކަމަކު ޕްރައިމަރީއާ ނުލައި ޔާމީނަށް ޓިކެޓް ދޭން ހުރަހެއް ނެތް ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.
އިއުލާން ކުރުމަކާ ނުލައި ރަށްތައް ދޫކުރުމަށް ނިންމުމާ ގުޅިގެން ޕީޕީއެމްގެ މެމްބަރުންނަށް މައުމޫން ފޮނުއްވި މެސެޖްގައި ވިދާޅުވީ އިއުލާން ކުރުމަކާ ނުލާ ރަށްތައް ދޫކުރުމަކީ، އެ ޕާޓީގެ އަސާސީ ގަވާއިދުގެ ވެސް ރޫހާ ހިލާފު ކަމެކެވެ. އެހެންވެ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެ ބިލަށް ވޯޓު ނުދޭން އެދިވަޑައިގަތުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ބިންތަކާއި ކަނޑުތަކާއި އެތަންތަނާ ގުޅިފައިވާ އެންމެހާ ގުދުރަތީ ވަސީލަތްތަކުގެ ހަގީގީ މުއްސަނދިކަން އިންސާފުވެރިކަމާ އެކު ރައްޔިތުންނަށް ލިބިދީގެން ރައްޔިތުންނަށް ތަނަވަސްކަމާ އެކު ތިޔާގިކަން ގެނެސްދިނުމަކީ ޕާޓީގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. ޕާޓީގެ އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާގެ މ. ގައި އެގޮތަށް ލިއެފައިވާ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި އިސްލާހަށް މައުމޫން ދެކޮޅު ހެއްދެވިއިރު، ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަށް މިލްކުކުރެވޭ ގޮތަށް މަޖިލީހުން ފާސްކުރި އިސްލާހާ ވެސް އެމަނިކުފާނު ވަނީ ކުރިން ދެކޮޅުހައްދަވައިފަ އެވެ. އެ އިސްލާހު ފާސްކުރުމުގެ ކުރިން، އެއީ ރައްޔިތުންނަށް ގެއްލުން ބޮޑުވާނެ އިސްލާހެއް ކަމަށް ވިދާޅުވެ، ވޯޓު ނުދެއްވަން އޭރު ވެސް މައުމޫން މެމްބަރުންގެ ކިބައިން އެދިވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްޕޭސް
28 June 2016
ޕީޕީއެމްގެ ރައީސް މައުމޫނު ވެސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު މިދެ ބޭފުޅުންނަކީ ވެސް ސިންކްރޮނައިޒްޑް ކޮށް މަސައްކަތް ކުރަން ދަންނަ ދެ ފިގަރ އެވެ. އެދެ ބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތު ވުން ތައް އަތުވެއްޖެނަމަ އެކަން އެދެބޭފުޅުން ހިއްސާ ކޮށް އެކަން ހައްލު ކުރެއެވެ. އެހެން ކަމުން މި ދެބޭފުޅުން ވެސް ވަކި ފަރާތަކަށް ނުޖެހި މިހާރު ސަރުކާރުން ޓޫރިޒަމް ގާނޫނަށް ބިޑަކާއި ނުލައި ރަށް ތައް ދޫކުރަން ގާނޫނަށް ގެންނަ އިސްލާހާއި މެދު ފުންކޮށް ދިރާސާ ކޮށް ހައްދަވާ އަދި ވެތުވެދިޔަ ތާނަގައި 60 ރަށް ބިޑްގެ އުސޫލުން ދޫކޮށްފައިވާ އިރު އެރަށް ތައް ނެހެދުނީ އެއީ ރަށުތެރޭގައި އުޅޭ ކިއްލި ތަޅާ ގްރޫޕް ތައް ރިސޯރޓް ތައް ހަދަން އުޅެން ހަަދައިގެން ވީ ގޮތް ކަން އެނގިތިބެ މިހުރިހާ ސީންސް ތައް ސްމިއުލޭޓް ކުރުން އެއީ ބޭނުން ތެރިކަމެކެވެ. އޯޕަން މައިންޑަކުން ވިސްނާ މީހަކު ރާއްޖޭގައި ޕްރޮޕަރ ބިޑިންގް ގައިޑް ލައިނެއް ނެތް ކަން އެނގޭއިރު އެއްގޮތަަކަށް ވެސް އިއުލާން ކޮށްގެން ރަށް ތައް ދޫކުރާ ކަށް އެއްބަސް ނުވާނެއެވެ. ޕްރޮޕަރ ބިޑިންގް ގައިޑް ލައިނެއް ތައްޔާރުކުރަން ނަގާނެ މަދުވެގެން 5 އަހަރު ދުވަސް. މީ އެހާ ފަސޭހަ ކަމެއް ނޫން ބިޑިންގް ސިސްޓަމް ފޯރިމިއުލޭޓް ކޮށް އަދި އޭގެ ގައިޑް ލައިން އެކުލަވާލުމަކީ. އަދި ވެސް ފިޑިކް ވެސް ހަމަ ޕެޗް އަޅަނީ އެވެ. ޕެޗް އަޅަނީއެވެ. 50 އަހަރު ވަނީ އެމީހުން އެމަސައްކަތް ކުރާ ތާ. މިހާރު މިދަނީ ރާއްޖެ ލިޓިލް ސިންގަޕޫރަށް ރިބާރތް ކުރަން ޖެހޭ ވަގުތު ކުޑަ ތަން ވަމުންނެވެ. މިވަގުތު ލިޓިލް ރާއްޖެ ލިޓިލް ސިންގަޕޫރަށް ރިބާރތް ވުމަށް ފުރުސަތު ދެވެން އޮތް ނަމަ ތި ދެބޭފުޅުން ވެސް މިކަމުގައި އެއްބާރުލުން ދެއްވާށެވެ. މޭކް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމަން ރޭސް..
ވީއާރ
28 June 2016
ރަށް ތައް އިއުލާން ކޮށްގެން ވެސް ދޫކުރެވިއްޖެ. ރަށް ތަކެއް ނެހެދުނު. ބޮޑެތި ބްލަންޑަރސް ތައް ހަދާފައި ހުރީ. އެހެން ކަމުން އެކަމަށް ނިމުމެއް ގެނައުމަށް ޓަަކައި ސަރުކާރުން މަޓީ އާއި މަޝްވަރާ ކުރުމަށް ފަހު އެނިންމެވީ އިއުލާން ނުކޮށް ވެސް ރަށް ތައް ދޫކުރެވޭނެ ގާނޫނީ ފްރޭމް ވޯރކް އެއް ގާއިމް ކުރުމަށެވެ. އެއިރުން ރާއްޖެ އަށް އަންނާނެ ސައުދީ ކިންގްޑަމް ހޯލްޑިންގް ކުންފުނި ފަދަ ބިއުޓިފުލް ކުންފުނި ތަކުން ރާއްޖޭގައި އިންވެސްޓް ކުރަން. މިހެން ވެއްޖެނަމަ ރާއްޖޭގައި އަހަރަކު އެއިން އެންމެ ކުންފުންނަކުން އިންވެސްޓް ކުރިއަސް އަހަރަކު ރާއްޖޭގައި އިންވެސްޓް ކުރާނެ ބިލިއަނެެއް ހާ ޑޮލަރު. އެފަދަ ކުންފުނި ތަކުގައި އެލިގެން އެތިބެނީ ދުނިޔޭގެ މެގަ ބޭންކްސް ތަކެވެ. މީ ސަރުކާރުން ރާއްޖޭގެ އިގްތިސާދު އަޕަރ ސްޓްރީމް އަށް ބަދަލުކޮށް ލުމަށް ޓަކައި ކުރައްވާ ވަރަށް ރަނގަޅު ކަމެކެވެ. މިއަށް އިކޮނޮމިސްޓުން ކިޔާނީ އިކޮން ކްރީމް މިހެންނެވެ. ވީކޭން ގޯ އޮން ޕްރިޓެންޑިންގް ޑޭ ބައި ޑޭ، ސަމްވަން ސަމްވެއަރ ވިލް މޭކް އަ ގުޑް ޗޭންޖް ޓު ދިސް ކަންޓްރީ.. އިޓްް އަސް ދަ ޕީޕީއެމް ކޯލިޝަން. ވީއާރ ދަ ޕީޕީއެމް އެމްޑީއޭ އެން ޖޭޕީ ކޯލިޝަން.
އުމަރު
28 June 2016
އުމަރު އެކަމަށް ތާއިދުކުރައްވާއިރު ރާއްޖޭގެ މަޓީ އާއި މަސީފަދަ އަދި ވިޔަފާރިވެރިންގެ ޖަމްއިއްޔާ އޮތީ ނިދާފައިތޯ؟ ކަނޑައެޅިގެން ބަޔަކު މިޤައުމު ލޫޓުވަމުންދާއިރު ހަމަ ޤައުމު އޮންނަނީ ބަލަން، ކޮބައިތޯ ޒުވާނުން؟
ސްޓޯރީ
28 June 2016
ރަށް ތައް އިއުލާން ކުރުމަކާއި ނުލައި އަދި ރަށް ތައް އިއުލާން ކުރުމާއި އެކު މިދެކޮމްޕޯނަންޓް ހިމަނައިގެން ގާނޫނަށް އިސްލާހު ގެންނަނީ. މިހުޅުވަނީ ކުޑަ ކުޑަ ކުޑަ ދޮރެއްް ރަށް ތައް އިއުލާން ނުކޮށް ދޭނެ ގާނޫނީ ފްރޭމް ވާރކް އެއްގެ ތެރޭން އެކަން ކުރަން. މިއިސްލާހު މިރަރކޮށް ގެން ވިސްނާލުމުން ދެން ރާއްޖޭގެ ރަށްތައް ބްރޯމެން ދިން ގޮތަށް ކަރަޕްޝަންގެ މަގުން ނުދެވޭނެއެވެ. އަދި ރައީސް ނަޝީދު ގާތް މީހުންނަށް ރަށްތައް ބަހާލި ގޮތަށް ނުވެސް ބެހޭނެއެވެ. މީގެ ހަގީގީ ބޭނުމަކީ އިންވެސްޓަރުންގެ ކޮންފިޑެންސް ބިލްޑް ކުރުމެވެ.. އަޅުގަނޑުމެންނަށް ޔަގީނާއި ގާތަށް ބުނަަން ކެރޭނެ ރައީސް މައުމޫނު ވެސް މިހާރު ޓޫރިޒަމް ގާނޫނަށް ގެންނަަ އިސްލާހުގެ ބިލް ރަނގަޅަށް ކިޔާ އޯޕަން މައިންޑަކުން ވިސްނާފައި ނުވާކަމަށް. ދެން އަނެއް ކޮޅުން އުމަރު ނަސީރު ނުވެސް ދެކޭ އެ ބިލް ގައި ލިޔެފައި ވަނީ ކޯއްޗެއް ކަން ވެސް. އުމަރު ނަސީރު ވެސް ދެން އަޑުއެހުމުން ވައްކަން ކޮށްގެން މީޑިއާ އިން ފަލަ ސުރުޚީ އެއް ހޯދަން ވެގެން ގޭގައި އޮވެފައި ޓްވީޓެއް ކޮށްލަނީ ހިތުން ވަރަށް ދަންނަ މީހަކަށް ހެދިގެން. އަސްލަކީ ރާއްޖޭގެ ޕޮލިޓިކަލް އައިކޮންސް ތަކަކީ އާންމު މައުލޫމާތު ވެސް ވަރަށް ދަށް ބަޔެކެވެ. މީ އެބައިމީހުންގެ އިންސައިޑް ސްޓޯރީ އަކީ. ވީނޯ ޔުއަރ ހިއުމަރ ލައިކް ޔޫ ޑޫ.
ވަގުފުލުސް
28 June 2016
ތިޔއީ ކޮންމެހެން މައުމޫނުބުނެ އުމަރު ތާއިދު ކުރީމާ ރަގަޅުވާން ޖެހޭ ކަމެއްތަ؟ ފިޔާތޮށި މީހުންފިޔަވާ ދެންތިބި ހުރިހާ އެންމެންވެސް ގަބޫލުކުރާ ތާއީދު ކުރާކަމެއް. ރަށްތަކަށް ވަކިން އަގުހުށަހަޅާ މީހުންނަށް ބިޑްގައި ބައިވެރިނުވެވޭންވީ ސަބަބެއްނެތް. ތިހެން ބިޔައިންވެސްޓަރުން ގެންނަން ބިގް ސިންގަޕޫރުގެ "ބިއުޓިފުލް" މެރީނާބޭ ގައި ވެސް އޯސަމް ބިޒްނަސްފޯރަމް އެއްބޭއްވި. އެސްއީޒެޑްވެސް "ބީއޫޓީފޫލް". ވީކަމެއް ނެތް. ޥީކަމަކީ ތިބުނާ އުސޫލުން "ސަރުކާރުން" ދޫކުރި ފަޅުރައްތަކަށް ލިބުނު ލާރިތަށް ބަޔަކު "ބިއުޓިފުލީ" ދިރުވާލުން. ނޯވަން ހޭސްދަ ކަރޭޖް ޓު ޓޭކް ރެސްޕޮންސިބިލިޓީ. މީ ބިއުޓިފުލް މައިންޑްސް އިން ލިޓްލް ސިންގަޕޫރުގައި މަސައްކަތްކުރާގޮތް. ވިސްނާންވީ ހިޓްލަރު ކުރި ހުރިހާ ކަމަކީވެސް ޖަރުމަނުގެ ގާނޫނު "ހުއްދަކުރާ" ކަންތައް.
ބެންޖަމިން
28 June 2016
އުމަރު ކުރި ޔަސް އަދި އެހެން ކުލައެއްގެ މީހަކު ކުރިޔަސް ރަގަޅުކަމެއް ވާނީ ރަގަޅުކަމަކަށް... އުމަރު ތިނެގި ސްޓޭންޑަށް ވަރަށް ތާއީދު
ވޭވްސް
28 June 2016
އިއުލާން ނުކޮށް އަދި އިއުލާން ކޮށްގެން ރަށް ތައް ދޫކުރުމުގެ ޑިބޭޓް ގައި އިދިކޮޅު މީހުންގެ ތިއަރީ އަށް ކުރިއެރުން ލިބޭ ގޮތަށް ވެރިކަން ކުރާ ޕީޕީއެމް ޕާރޓީން އިސްވެ މީޑިއާގައި ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަ ދެއްކުމަށް ވުރެން ރަނގަޅު ނޫންތޯ ޕީޕީއެމްގެ ވެސް އިންޓަރނަލް އިކޮނޮމިކް ކޮމެޓީ އެއް އުފައްދައިގެން މިކަމުގެ ދެކޮޅު އިނގޭނެ ހެން މިކަމުގެ އިވޭލުއޭޝަން އެއް ހެދިއްޔާ. ދިވެހި ސިޔާސީ އިސް މީހުންގެ ޓްރެންޑެއް އެމީހުންނަށް މީޑިއާގެ ސުރުޚީ ތައް ކެޕްޗަރ ކުރެވެނިކޮށް ޕްރޮޕެގެންޑާ ފަތުރަައިގެން ނަމަވެސް. އެގޮތަށް އުޅޭ ސިޔާސީ މީހުންނަށް ހީވަނީ މީޑިއާގެ ފަލަ ސުރުޚީ އަށް އަބަދު އަރާ އޮތީމާ ތިމަންނާ މެންނަށް އާންމުންގެ ތާއީދު ލިބޭނެކަމަށެވެ. އެއީ އެހެން ވެސް އޮންނަ ކަމެއް ނޫނެވެ. އިންތިޚާބަކަށް ދިއުމުން އެކަން އިނގޭނީ. މީޑިއާއިން ޕްރެޑިކްޓް ކުރާ ގޮތާއި އަދި އާންމު ރައްޔިތުންގެ ވިސްނުމާއި ދެމެދު ވަރަށް ބޮޑު ތަފާތެއް ހުރޭ ރައްޔިތުންގެ ވޯޓަކަށް ގޮސްފިނަމަ. މީ ރާއްޖޭގެ ޕޮލިޓިޝަނުން ދަސް ކުރަން ވެއްޖެ ފިލާވަޅެކެވެ.
އުމަރާ
28 June 2016
ސިޔާމު ބުނީ ޓެގް އެޅުވޮިއްޖެނުންހޯ ފިސާރި ރީއްޗައް.
މީޓްނައު
28 June 2016
އިއުލާން ނުކޮށް ރަށް ތައް ދޫކުރުމުގައި އިއުލާން ކޮށްގެން ރަށް ތައް ދޫކުރުމާއި މާ ބޮޑު ތަފާތެއް ނެތް ކަން މިހާރު މަޖްލީހަށް ހުށައެޅިގެން އުޅޭ ބިލް ބަލާލުމުން އެކަން ފެނިގެން ދާނެއެވެ. ރައީސް ޔާމީންގެ އިގްތިސާދީ އެޖެންޑާ ފުރިހަމަ ކުރަން ބޭނުންވަނީ މިރާއްޖޭގެ އިގްތިސާދު އެއީ އަޕަރސްޓްރީމް އަށް ބަދަލުކޮށްގެންނެވެ. އެކަން ނުކުރެވޭނެ ފައިސާ ނެތް މީހުންނަށް އިއުލާން ކޮށްގެން ރަށް ތައް ދޫކޮށްގެން އިކްއިޒިޝަން ކޯސްޓް ވެސް ނުދެއްކިގެން އެކަކަށް ނޯޓިފިކޭޝަން ދީފައި އަނެކަކަށް ނޯޓިފިކޭޝަން ދީފައި އެގޮތަށް ޓައިމް އެން އެނަރޖީ ވޭސްޓް ނުކުރެވޭނެ ޑިމާންޑް މެނޭޖް ސިސްޓަމެއްގައި ސަރުކާރު ހިނގަމުން އަންނަނިކޮށް. ކަން މިހެން ހުރުމުން އިއުލާން ނުކޮށް ރަށް ތައް ދޫކުރަން ސަރުކާރުން ގާނޫނަށް ގެންނަ ބަދަލު ފުރިހަމަ އަށް ވިދާޅުވާ ބޭފުޅުންނަށް އެކަން އެކުރަނީ އެެއީ ރަނގަޅަށް ކަން އަންޑަރސްޓޭންޑް ވާނެއެވެ. ރާއްޖެ ބެޓަރ ކަންޓްރީ އަކަށް ބަދަލުވެ އަދި ރާއްޖެ އަކީ އެއީ ލިޓިލް ސިންގަޕޫރަށް ހެދޭނީ މިބާވަތުގެ ކަންކަން ފުރިހަމަ ވެގެންނެވެ. އެނޫންނަމަ ރާއްޖެ އަށް ލިޓިލް ސިންގަޕޫރަށް މައިގްރޭޓް ނުވެވޭނެއެވެ. ޕީޕީއެމް ގެ ރައީސް އާއި އުމަރު ނަސީރު ގެ ތާއީދު އަޅުގަނޑުމެން މިބިލަށް ވަރަށް ބޮޑަށް ބޭނުމެވެ. އެއްތަނެއްގައި އިށީނދެ ތިބެގެން މަޝްވަރާ ކުރަންވީ ނޫންތޯއެވެ.
ލިޓްލް ސިންގަޕޯރ
28 June 2016
ހުވަފެންތައް އާސްމާނުގަ ތިހުންނަނީ ގައުމު އޮތްހާލަތު އިނގިނުލައްވަނީތޯ؟ ގައުމު ދަރާ ވިކިއްޖެ، އަދުލްވެރިކަން ނުވެސް ހައްދަވާކަހަލަ، ޖެހުނު ގޮތަކުން ޖެހުނުތާކުން ހަރާމެއް ހަލާލެއް ނޯވެ، އިޖުތިމާއީ މައްސަލަތައް ވަނީ ގައުމުގައި ދުވަހަކުވެސް ނުދާވަރަށް މައްޗަށް ގޮސްސަ، ރޯމާ ދުވާލު މީހުން މަރަނީ... އެކަމް ލިޓްލް ސިންގަޕޯރ ލިޓްލް ސިންގަޕޯރ އޯ....
ކެނެޑީ
28 June 2016
ދެންމާ ލިޓްލް ސިންގަޕޯރ އަށް ވެގެން ތިއުޅެނީޔޯ.... ސިންގަޕޯރގަ. އަޅާފަ ވެއްޓުނަސް އިނގޭނެތަ
ނޭގެނީ
28 June 2016
އިއުލާން ނުކޮށް ރަށް ތައް ދޭން މިހާރު މަޖްލީހުގައި ގާނޫނަށް އެގެންނަ ބަދަލުގައި އެބަޔާން ކުރާ ގޮތަކީ އެއީ ހަމަ ރަނގަޅު ގޮތެކެވެ. އެކަން އަވަހަށް ފާސް ކުރަންވީއެވެ. ތިކަން މަޖްލީހުން ދަންމަނީ އެއީ ކީއްވެގެންތޯއެވެ. ތިކަން ނުދަންމާ އަވަހަށް ތިކަން ފާސް ކޮށްދެއްވަންވީއެވެ. އިއުލާން ކޮށްގެން ނެހެދި ހުރި 60 ރަށް ނެހެދި ހުރީ އެއީ ކީއްވެގެންތޯ ރައީސް މައުމޫން އާއި އަދި އުމަރު ނަސީރު އަޅެ ވިދާޅުވެދެއްވަ ފާނަންތޯއެވެ. އިއުލާން ކޮށްގެން ރަށް ތައް ހަވާލުކުރަނީ އެއީ ޓޫރިޒަމް މިނިސްޓްރީން މޭޒު ދަށުން ދަމާ ކުޅެގެންނެވެ. އެއީ ވަރަށް ކަރަޕްޓް ނިޒާމެކެވެ. އެއަށް ވުރެން އެތައް ތަނެއް ރަނގަޅުވާނެ އިއުލާން ނުކޮށް ރަށް ތައް ރައީސް އޮފީހުގެ ބެލުމުގެ ދަށުން ހަވާލު ކުރަނި ކޮށް. ރައީސް މައުމޫނު އަށް ވެސް އަދި އުމަރު ނަސީރު އަށް ވެސް ޓޫރިޒަމް ގާނޫނަށް ގެންނަ ބަދަލު އަދި ފުރިހަމަ އަށް ނޭގެނީއެވެ.