ޚަބަރު / ފާރިސް މައުމޫން

ފާރިސްގެ އިސްތިއުނާފް މައްސަލަ އަވަސްކޮށްދޭން ހައި ކޯޓުގައި އެދެފި

ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަށް ފަހު ފާރިސް އަނބުރާ ދޫނިދު އަށް ގެންދަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ކުރިއަށް އޮތް އީދު ބަންދުގެ ދުވަސްތަކަކީ ވެސް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނަށް ނުހައްގު އަދަބުތަކެއް ލިބެމުންދާނެ ދުވަސްތަކެއް ކަމަށް ވިދާޅުވެ، ފާރިސް ހުށަހަޅުއްވާފައިވާ އިސްތިއުނާފް މައްސަލަ އަވަސްކޮށްދޭން ގާނޫނީ ވަކީލް މައުމޫން ހަމީދު ހައި ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ އަމުރުގެ މައްސަލަ ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން އަޑުއެހުންތައް ނިމިފައި ވަނިކޮށް އެ މައްސަލަ ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީގެ ސެކްޝަނަށް ބަދަލުކޮށްފައިވާ ކަމަށް ހައި ކޯޓުން ވަނީ ވަކީލުންނަށް އަންގައިފަ އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަށް މައުމޫން ހަމީދު ފޮނުއްވި ސިޓީގައި ވިދާޅުވީ ފާރިސް ހުށަހެޅުއްވި އިސްތިއުނާފް މައްސަލައިގެ ހުކުމް ކުރުން މި މަހު 20 ގައި ބާއްވަން ނިންމުމަށް ފަހު ކުއްލި ގޮތަކަށް ކެންސަލްކުރީ ޖާއިޒު އެއްވެސް ސަބަބެއް ނެތި ކަމަށެވެ. އިސް ފަނޑިޔާރުގެ ބިއުރޯގެ ދަށަށް މައްސަލަ ނަގައި ހުކުމް ކުރުމުގެ މަޖިލިސް ނުބާއްވައި ގިނަ ދުވަސްތަކެއް ހިނގަމުން ދިއުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިސް ފަނޑިޔާރުގެ ބިއުރޯ އަށް ފާރިސްގެ މައްސަލަތައް ނެގިއިރު އޭނާގެ މައްސަލަތައް ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗުން އެއްވެސް ފަނޑިޔާރަކު ތަނާޒުލުވެވަޑައިގަތުމަށް އެދިވަޑައިގެންފައި ނުވާ ކަމުގެ މައުލޫމާތު ވަނީ ލިބިވަޑައިގެންފަ އެވެ. އެއާއެކު މައްސަލަތައް ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ގާނޫނީ ސަބަބެއް ވުޖޫދުގައި ނުވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

ފާރިސް ހުށަހަޅުއްވާފައިވާ އިސްތިއުނާފްގެ މައްސަލަތަކަކީ ހުކުމެއް ކުރުމުގެ ކުރިން އޭނާ ބަންދުކޮށްފައިވާ ބަހައްޓާ މައްސަލަ ކަމަށްވާއިރު މިއީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި އިންސާނީ ހައްގުތަކުގެ ނަޒަރުން ބަލާއިރު ވެސް އެންމެ ނުރައްކާތެރި އަދި އެންމެ ނޭއްގާނީ ގޮތުގައި ނަގާލެވޭ އިންސާނީ ހައްގެއް ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ.

"މިބާވަތުގެ މައްސަލަ ވީއެންމެ އަވަހަކަށް ނިންމުމަކީ އަދުލު އިންސާފު ގާއިމްކުރުމަށް ކޮންމެހެން ޟަރޫރީ ކަމެއް ކަމާއި މި ބާވަތުގެ މައްސަލަތައް ލަސްކުރުމަކީ ވެސް އޭގެ ޒާތުގައި އަނިޔާއެއް ކަމާއި އެއީ އިންސާފު ގެއްލިގެންދާ ހުތުރު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ،" ހައި ކޯޓަށް ފޮނުވި ސިޓީގައި މައުމޫން ވިދާޅުވި އެވެ.

ބަންދު އަމުރުގެ މައްސަލަތަކަކީ ދިވެހިރާއްޖޭގެ ހައި ކޯޓުން އާއްމު ގޮތެއްގައި އެންމެ އަވަސް މިނުގައި ޝަރީއަތްކޮށް ހުކުމް ކުރާ މައްސަލަތަކެއް ކަން ވެސް އޭނާ ފާހަގަކުރައްވާފައިވެ އެވެ. މީގެކުރިން އިސްތިއުނާފްކޮށްފައިވާ މިފަދަ މައްސަލަތައް ރަސްމީ ގަޑީގެ ބޭރުންނާއި ރަސްމީ ބަންދު ދުވަސްތަކުގައި ވެސް ޝަރީއަތް ހިންގައި ހުކުމް އިއްވާފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ. މީގެއިތުރުން މިފަދަ މައްސަލަތައް ވީހާވެސް އަވަހަށް ނިންމަން ސުޕްރީމް ކޯޓުގެ އަމުރަކުން ފަނޑިޔާރުންނަށް އަންގާފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކުރިއަށް އޮތް ފަސް ދުވަހަކީ އީދުގެ ބަންދު ދުވަސްތައް ކަމަށްވާއިރު، މި ބަންދުގައި ވެސް ފާރިސް ހުންނަވަން ޖެހިވަޑައިގެންފައި ވަނީ، މައުމޫން ވިދާޅުވި ގޮތުގައި، ގާނޫނާ ޚިލާފު ބަންދެއްގަ އެވެ.

"މިފަދަ ހާލަތެއް މެދުވެރިވެފައި މިވަނީ، އަހްމަދު ފާރިސް މައުމޫން ހުށަހަޅާފައިވާ އިސްތިއުނާފްގެ މައްސަލަތައް ގާނޫނީ ހަމައެއް ނެތި ހުއްޓުވުމަކަށް ގެނެސްފައިވުމުގެ ސަބަބުން ކަމުގައި ވީހިނދު ގާނޫނާ ޚިލާފަށް މީހަކު ބަންދުގައި ބަހައްޓާފައިވުމުގެ ސަބަބުން އަސާސީ ހައްގުތައް ނިގުޅައިގަނެވިފައިވާ މީހަކު އިންސާފު ހޯދުމަށްޓަކައި ހުށަހަޅާފައިވާ މައްސަލަތަކަށް ގާނޫނީ ހައްލެއް ހޯދައި ދެއްވުމެއް ނެތި ޝަރުއީ ކޯޓުތަކުގެ މަސައްކަތް ހުއްޓާލައި ފަނޑިޔާރުންނާއި އިދާރީ މުވައްޒަފުން ޗުއްޓީ އަށް ދިއުމަކީ ގާނޫނުއަސާސީގެ 148 ވަނަ މާއްދާ އާއި ގާނޫނުއަސާސީގެ 51 ވަނަ މާއްދާ އިން އަހްމަދު ފާރިސް މައުމޫނަށް ލިބިދޭ ހައްގުތަކަށް އިތުރު އުނިކަމެއް ލިބިގެންދާނެ ކަމެއް ކަމަށް ފާހަގަކުރަމެވެ،" ސިޓީގައި މައުމޫން ވިދާޅުވި އެވެ.

ފާރިސް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް މައްސަލަ ލަސްވާތީ ވަކީލުން ކަންބޮޑުވުން ފާޅު ކުރަމުން ދާއިރު ރިޝްވަތުގެ މައްސަލާގައި ފާރިސްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެކަމަކު އެ މައްސަަލައިގެ އަޑުއެހުންތައް ކޯޓުން އަދި ނުފަށަ އެވެ.

6 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 30%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޯކޯ

31 August 2017

މި މައްސަލަ ވައްތަރުވަނީ ކުޑަކުއްޖަކު ވަގައްނަގާގެން ފޮރުވާފެން އުޅޭ މައްސަލަ އަކާއެވެ.

The name is already taken The name is available. Register?

ދީދީ

31 August 2017

މުޅިން. ތިހެންހުރިހާކަމެެެެެެެެެއް ދަނީ. ކިތައްމީހުނ

The name is already taken The name is available. Register?

ާހާސަރު

30 August 2017

އަދުލް އިންސާފު އޮތީ އެކޮޅުކޮޅުން!

The name is already taken The name is available. Register?

މެންޓަލިސްޓް

30 August 2017

އަޅުގަނޑު ހައިރާންވަނީ ރަން 30 އަހަރު އުޅުއްވި ދުނިޔެއުމުރަށް އުޅެންގަސްދުކުރި ގަނޑުވަރު ތީމުގޭގައި ފާރިޝްގެ ޝަރީއަތް ހިނގާތީވެ ،،، ތިޔަފެންނަނީ ދުނިޔޭގައި މަދުންނޫނީ ނުފެންނާނެ ސިޔާސީކަންކަން ،... ރަންކުލައިން ގިރިޓީކޮއްގެން ބޮޑުކިއްލާއެއްހެން ހެއްދެވިގަނޑުވަރަށް މިއަދުވަންނަންޖެހެނީ އެދަރިޔަކު އުޅެބޮޑުވި ގަނޑުވަރު ކޯޓެއްގެ ސިފައިގައި ހުއްޓާ ، ،، ކަލޯ އަސަރުފަށެއްކޮއްލާނެތާ އެތަނަށްވަންނައިރު ،، ކުރީގެ ހުރިހާ ހަނދާންތަކެށް ކޭޝްމެމޮރީން އަންޒިޕްވެގެން ޕްލޭކުރަމުންދާނެ ،،، އޭރުމީހާއިންނާނީ ނަފްސާނީގޮތުން ޝޯޓްވެގައި ސާރކަޓްބްރޭކްވެފައި ،، ކޮންމެއަކަސް ތީމުގޭގައި ސްޕްރީމްކޯޓާއި ހައިކޯޓް ހެއްދެވިބޭފުޅަކީ ވަރަށްދުރުވިސްނޭ ސިޔާސީ ބޭފުޅެއްކަމާޢިމެދު އެއްވެސް ޝައްކެއްނެތް ،، މީވަރަށް ވާހަކަ ،،،، ވަރަށްވެދުން

The name is already taken The name is available. Register?

މަވަރެއްނެތް

30 August 2017

މިއަދު ޖަލުގައި ވަގުތުކޮޅެއް ހޭދަކުރަން ޖެހުނަސް ދާދި ކާރި މުސްތަގްބަލެއްގައި ފާރީޝް އާއި އާއިލާގެ ބޭފުޅުން ބޮޑުބޭބެ ޔާމީނު އަށް ޝުކުރު އަދާކުރާނެ. ފާރިޝް އަކީ ބައްޕާފުޅު ގެ ވެރިކަމުގައި ވެސް އަދި މިއަދާ ހަމައަށްވެސް ގައުމީ ފެންވަރުގެ ލީޑަރޝިޕް ދެއްކުނު މީހެއް ނޫން. ނަމަވެސް މިއަދު އެމް.ޑީ.ޕީ ގެ ތެރޭގައިވެސް ނަޝީދަށް ވުރެން ސަޕޯޓު ކުޑައެއް ނޫން. މާދަމާ އިދިކޮޅު ފަރާތްތައް ގުޅިގެން ނެރޭ ކެންޑިޑޭޓެއްގެ ގޮތުގައި ފާރިޝް ފެނުމަކީ ވަރަށް ކާރި ކަމެއް. އެފަދަ މަޝްހޫރު ކަމެއް ލިބިގެން ދަނީ މިއަދު ޖަލުގައި ހޭދަކުރާ މަދު ދުވަސްތަކުގެ ސަބަބުން. ފާރިޝް އަމިއްލައަށް ނުވަތަ ބައްޕާފުޅު ލައްވާ މުސްތަގްބަލްގެ ލީޑަރެއްގެ ގޮތުގައި ދެއްކަން އުޅުނު ނަމަ ރައްޔިތުން ބަލައެއް ނުގަންނާނެ.

The name is already taken The name is available. Register?

ތަފާތުކުރުން

30 August 2017

އެއްވެސް މީހަކު ތަފާތު ނުކުރާ ހަމަހަމަ ސަރުކާރެކޯ ބުނާއަޑު އިވެނީ, ފައިސާ ގޯނި ހިފައިގެން ބެހީމޭ ބުނިމީހާ, މިނިވަން ކަމާއެކު, މީ ހަމަހަމަކަން ތަފާތުނުކުރާން. އަނިޔާވެރި ސަރުކާރެއް އަނިޔާވެރިން ދާދި އަވަހަށް ނިކަމެތި ކުރައްވާށި! އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454