ކުރީގެ ރައީސް މައުމޫންގެ ދެކަނބަލުން، ދަރިކަލުން ފާރިސްއާ ބައްދަލުކުރެއްވުމަށް މިދިޔަ ހަފުތާގެ ބުދަ ދުވަހު މާފުށީ ޖަލަށް ވަޑައިގެން ފޮޓޯފުޅެއް ނަންގަވަނީ.
01 ސެޕްޓެމްބަރ 2017 - 20:13
މިއަދު ފާހަގަކުރަމުން އަންނަ އަޟްހާ އީދުގެ އިހުސާސްތައް ގުޅިފައިވަނީ އީދުގެ އުފަލުން މަހްރޫމް ކޮށްފައިވާ މީހުންނާ އެކު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އަޟްހާ އީދުގެ މުނާސަބަތުގައި މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު އެމަނިކުފާނުގެ އިހުސާސްތައް ގުޅިފައިވަނީ ސިޔާސީ ސަބަބުތަކާ ހެދި، އީދުގެ އުފަލުގައި ބައިވެރި ނުވެވޭ ފަރާތްތަކާ އެކު ކަމަށެވެ.
On this auspicious Eid day our thoughts are with our respective loved ones who cannot be with us because of acts of political harassment.
— Maumoon Abdul Gayoom (@maumoonagayoom) September 1, 2017
މައުމޫންގެ ޓްވީޓް
މައުމޫންގެ އެ ޓްވީޓްގައި އިޝާރާތް ކުރައްވަނީ މިވަގުތު ޖަލުގައި ބަންދުކޮށްފައި ހުންނެވި އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ޖަލުގައި ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުންނަށް ކަމަށް ބެލެވެ އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ފާރިސްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މިހާރު ފާރިސް ބަންދުގައި ހުންނަތާ ދޮޅު މަހަށް ވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ. އެ މައްސަލާގައި ފާރިސްގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފަ އެވެ. އެކަމަކު އެ މައްސަލައިގެ ޝަރީއަތް އަދި ނުފެށެ އެވެ.
ފާރިސް ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލިޔަސް އަދި އެ މައްސަލައިގެ ހުކުމެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމު
03 September 2017
ހަމަ ހިނި އަންނަނީ.. މިފަހަރު އެކަނިތަ ބަޔަކު އީދުތެރޭގައި ޖަލުގަތިބީ.
ފުވައްމުލަކު މީހާ
02 September 2017
މަނިކުފާނުގެ ދިގު 30 އަހަރުގެ ޢީދުތަކުގައި ޢީދުގެ އުފާނުލިބޭމީހުން އަދި އެމީހުންގެ ޢާއިލާއިން ކުރަންޖެހުނު އިޙްސާސް މަނިކުފާނަށް ވަޒަން ކުރެއްވޭނަމަ ތިވާހަކަ ވިދާޅުނުވީސް. އަދި ޖަލުގައި އަމިއްލަ ދަރިނެތް ނަމަވެސް އެއިޙްސާސް ނުވީސް.
ޟަމީރު
02 September 2017
އަސްލު މަށަށް އޯކޭ ޔާމީނު ހުއްޓަސް. އޭނައަށް އެނގޭ ޖީބަށް ބައިގިނަކުރަމުންވެސް ތަރައްގީ ގެންނަން. އޭނައަށް ފައިދާ ގައުމަށްވެސް ފައިދާ. މަށަށް އޯކޭ..
ޖޯކު
02 September 2017
ޖޯޚުް
ކެނެޑީ
02 September 2017
އަދިކިރިޔާ ދެއްތޯ ރައީސް މައުމޫނަށް އަންޑަސްޓޭންޑްވީ، މަނިކްފާނު ޒައާމަތުގަ ކިތައް މީހުން ނުހައްގުން ޖަލުގައި އާއިލާތަކާއި ވަކިން ރޯދަމަހުގަޔާއި ކުޑަ އީދުގައާއި ބޮޑު އީދުގައާއި ދަރިންގެ ބާރތުޑޭގައާއި އަލަށް ދަރިން އުފަންވިއިރުގައި ހުރީ. ކޮންމެ ކަމެއްގައިވެސް ހިމްމަތްތަކެއްވޭ.
އޯއްޔޭއް
02 September 2017
ދެން އެއިހްސާ މިއިހްސާސް ކިޔާލަ ކިޔާލާ އިހްސާސް އީދަށް ލައްގަޅޭ މައިން ލައްގަޅޭ އިހްސާސް މަށަށް ލައްގަޅޭ އިހްސާސް އެހެން ކިޔާލަ ކިޔާލާ ރައީސް މައުމޫނު ތީމުގޭ ފުރަގަހަތުގައި ތިބި ކުދިން ގާތު ގޮނޑި އެއް އަޅައިގެން އިންނަން ދަގަ އޭ މަމެން ބުނަން ނެތީމު ދޯ. އައި ވޮނާ ސީ ހައު ޔޫ ލޫޒް ކޮންޓްރޯލް.
ކަނަމަނަ
02 September 2017
އިޙްސާސްތަކާ ހިތަށްކުރާ އަސަރުތައް ތަޙައްމަލް ކުރަންޖެހޭފަދަ ޙާލަތަކަށް ދާންޖެހުނުކަމަށްޓަކައި އުފާކުރައްވާ. މި ދުނިޔޭގައި އުޅޭ ހުރިހާދުވަހަކީވެސް އިމްތިޙާން.
ކެރީ
02 September 2017
ބޭފުޅާވެސް އިންނަންޖެހޭތަން ތޯ
ލުގުމާން
02 September 2017
މަނިކުފާނަށްވެސް އަދިކިރިޔާ ތިޔަ އިންސާނީ ތޮބީއަތް ތަޖްރިބާވާން ތިޔަފެށީ. ކުރީގައި ދަންނަނީ އެހެން ކިޔާ އުޅޭކަން. ކޮބާ 1978 ފެށިގެން އުޅުއްވި ޝާހީ ޚާންދާން؟ ކުޅުއްވި މިއުޒިކުޝޯދަކާއި ބާއްވަމުންދިޔަ ބެރުދުއްމާރިތަށް؟ މަނިކުފާނު ހުކުރަށް ވަޑައިގެންނެވި އިރު ވެސް ކާރުކޮޅު ވަދެގެންދަނީ މިސްކިތު ގެ ގޯތިތެރެއަށް ، މަނިކުފާނު ފައިބާ ވަޑައިގަނނަވަންދެން މީހުންގެތެރެއިން އޮވޭމަގެއްހަދާފައި. ރަށަކަށް ވަޑައިގަނނަވަންޔާ ޖެހޭނެ މުޅިތަތް ޒީނަތްތެރިކުރަން ދޮންވެލިލައި ގިޑިގެހަދައި މަރުހަބާގެ އެތަކެއް ބެނާއެއް ބަހައްޓަން. މިހާރު އެހެންތޯ؟ ދެންމިއަދު ތިޔަހެން ވިދާޅުތިޔަވަނީ އެއުފާވެރިކަމުގެ ދިގުތާރީޚް އޮޅުވާލަންތޯއެވެ؟ 30 އަހަރު ޝާހީޚާނދާނުގަ އުޅުއްވުމަށްފަހު މިހާރު ތިޔައުޅުއްވަނީ އެކަމުގެ ކަންތަށްގަނޑު ގައިން ނުފިލައިގެން ނޫންތޯ.
ރަދީފް
02 September 2017
ލުގުމާނު ، ކަލޭ ދޭބަލަ ހުޅުދޫ މެދު ބަނދަރަށް. ލަދުކޮބާ؟؟
ކައިޓް
02 September 2017
ރައީސް މައުމޫން ދެކެ ލޯބިވާ އަދި އިހްތިރާމް ކުރާމީހުން އެހާގިނަވުން އެއީ އިއްތިފާގެއް ނޫން. ޢީދު މުބާރިކް ރައީސް މައުމޫންގެ ދެ ކަނބަލުން.