"ހަފުތާ" ނޫސް އުމަރު ލޯންޗުކޮށްދެއްވަނީ.--މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން
01 ޖުލައި 2016 - 00:32
މިހަފުތާއަކީ ރާއްޖޭގެ ސިޔާސީ މަސްރަހު އަލުން "ޝޭޕްކުރާނެ" ހަފުތާއެއް ކަމަށް، މިދިޔަ ހަފުތާގައި ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.
"ހަފުތާ" އޮންލައިން ނޫސް ލޯންޗުކުރަން ސަލްސާ ރޯޔަލް ރެސްޓޯރެންޓުގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ މި ހަފުތާއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގިނަ ކަންތައްތަކެއް ހިނގަމުންދާ ހަފުތާއެއް ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން އުމަރު ނެންގެވީ ބިމު އަޑީގައި ހުންނަ ފަށަލަތައް އެކަތި އަނެކައްޗާ ޖެހި ފަޅައިގެންދާ ދިއުމެވެ.
"އެގޮތުން މިހަފުތާއަކީ ވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެފަދަ ދުވަސްތަކެއް،" އޭނާ ވިދާޅުވި އެވެ. "މުޅި ދުނިޔެ އުފެދިފައި އޮންނައިރު އޭގެ މައި މެދުގައި ހުންނާނެ ޓެކްޓޯނިކްސް ޕްލޭޓްސް ކިޔާ އެއްޗެއް. ވަރަށް ބޮޑު ހިލަތަކެއް. ގާތްގަނޑަކަށް މީގެ ހަތް ނުވަތަ އަށް ހިލަ. ހިލައިގެ މައްޗަށް ދުނިޔެ އުފެދިފައި މި ހުންނަނީ. ހިލައެއްގެ ދުރުމިނަކީ ގާތްގަނޑަކަށް ކޮންޓިނެންޓެއް. ބައެއް ފަހަރަށް މި ހިލަތައް މޫވްކުރޭ. މޫވްކުރީމަ ދުނިޔެއަށް މި އަންނަނީ އާތްކުއޭކް ކަހަލަ އެއްޗެއް. މިހަފުތާއަކީ ރާއްޖޭގެ ޓެކްޓޯނިކްސް ޕްލޭޓްސްތައް ވެސް މޫވްކުރާ ހަފުތާއެއް. ދިވެހިރާއްޖޭގެ ސިޔާސީ ޓެޓްރޯނިކް ސްލޭޝްތައް މޫވްކުރުމުން ދިވެހިރާއްޖޭގެ ސިޔާސީ މައިދާން އަލުވް ޝޭޕްކުރާނެ މިފަހަރު."
"ހަފުތާ" ނޫސް ލޯންޗުކޮށްދެއްވުމަށްފަހު އުމަރު ވާހަކަދައްކަވަނީ.--މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން
އުމަރު އެ އިޝާރާތް ކުރެއްވީ ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ބޮޑު ކޯޅުންގަނޑަށެވެ. މި މައްސަލަތައް ފެންމަތިވާން ފެށީ ޕްރައިމަރީއަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓް ދިނުމާއި ޓޫރިޒަމްގެ ބޭނުންތަކަށް އިއުލާނުކުރުމެއްނެތި ރަށްތައް ދޫކުރާ އިސްލާހެއް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ. އެއަށްފަހު ޕާޓީ ވަނީ ވަރަށް ބޮޑަށް ރޫޅި ބައިބައި ވެފަ އެވެ.
އެ އިސްލާހާ ދެކޮޅަށް ވޯޓުލުމަށް ޕީޖީ މެމްބަރުންނަށް މައުމޫން ދެންނެވިއަސް އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ފިޔަވައި ހުރިހާ މެމްބަރުން ވަނީ އިސްލާހު ފާސްކުރަން ވޯޓު ދެއްވައިފަ އެވެ.
އުމަރު ހުންނެވީ މައުމޫންގެ އަރިހުގަ އެވެ. އެކަމަކު ކުރިން މައުމޫން އަރިހު އުޅުއްވި ވަރަށް ގިނަ ބޭފުޅުން މިހާރު ފެންނަނީ ރައީސް ޔާމީންގެ އަރިހުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ނޫސްތައް ވުޖޫދުގައި އޮތުމަށް ބައެއްގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެއް ވިޔަފާރިވެރިއަކަށް ބަރޯސާވުމުގެ ބަދަލުގައި ގިނަ ވިޔަފާރިތައް ޝާމިލްކޮށްގެން ނޫސްތައް ހިންގުމަށް އުމަރު ބާރު އެޅުއްވި އެވެ. އަދި މީޑިއާތައް ނުފޫޒުން އެއްކިބާވުމަށް ވެސް އުމަރު ގޮވާލެއްވި އެވެ.
ހަބަރު ފަތުރާ ނޫހެއްގެ ގޮތުގައި "ހަފުތާ" މަޖައްލާ އެންމެ ފުރަތަމަ ނެރެން ފެށީ 1970 ވަނަ އަހަރު އަހުމަދު ޒާހިރު (ސީނާ ޒާހިރު) ގެ އެޑިޓަރު ކަމުގަ އެވެ. ނަމަވެސް މި އޮންލައިން ނޫހަކީ ސީނާ ޒާހިރާ އެއްވެސް ގުޅުމެއް އޮތް ނޫހެއް ނޫނެވެ. ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ތިން ފަރާތެއް ގުޅިގެން އުފެއްދި މި ނޫހުގެ އަމާޒަކީ ވަކި ފަރާތަަކަށް ބުރަވުމެއްނެތި ހަމަހަމަކަމާއެކު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވާނެދޯ
01 July 2016
މިހަފްތާގައި ސިޔާސީ މަޝްރަހު ބައްޓަން ކުރާނެ ކަމަށް އުމަރުނަސީރު ވިދާޅުވާއިރު ޖެހޭނެ ރާއްޖޭގައި މިހާރު އޮތް ޕީޕީއެމްގެ ވެރިކަން ބިންދައިގެން ނުދާ ގޮތަށް އެކަން ކުރަން ސަމާލު ކަން ދޭން. ރާއްޖޭގެ ރަށް ތައް ޓޫރިޒަމް ގެ ބޭނުން ތަކަށް ބިޑަކާއި ނުލައި މުއްސަނދި މަހުޖަނުންނަށް ދިނުން އެއީ އެއްވެސް މައްސަލަ އެއް ނޫނެވެ. އެއިރުން އެފަދަރަށް ތައް ހެދޭނެއެވެ. އެނޫންނަމަ ނެހެދި އޮންނާނީ ހުދުފުއްޓަށްވީހެން ވާނީ. މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކައިގެން އެތަން ތަނުގައި ރިސޯރޓް ތައް ހަދަން ބޭނުންވާ މުއްސަނދި މަހުޖަނުންނަށް އެފަދަ ފަޅު ތައް ދޫކޮށްލަންވީ ވަރުގަދަ އިކްއިޒިޝަން ފީއެއް ނަގާފައި. އެއިރުން ޔަގީން އެފަދަ ކުންފުންނަކުން އެފަޅެއް ހިއްކާ އެފަޅުގައި ރިސޯރޓް ތަރައްްގީ ކުރާނެ ކަން. މިހެން ކަމުން މީ އެއްވެސް މައްސަލަ އެއް އޮތް ގާނޫނެއް ކަމަށް އަޅުގަނޑުމެން ނުދެކެމެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ދިން 60 ރަށް ނެހެދި 20 އަހަރު ވަނީ އެއީ ކަރަޕްޝަންގެ މަގުން އެރަށް ތައް ކިއްލި ތަޅާ ގްރޫޕް އަށް ދިނީމާތޯ އެއީ އުފެދޭ ސުވާލެކެވެ. މިހަފްތާގައި ރާއްޖޭގެ ޕޮލިޓިކަލް ސްކޭޕް ބަދަލުވާއިރު ބަދަލު ކުރަން ޖެހޭނީ ސަރުކާރާއި އެކު މަޝްވަރާ ކުރާ ގޮތަށެވެ. އެނޫން ގޮތަކަށް އެކަން ކޮށްގެން ނުވާނެއެވެ.
ޜައްޒަ
01 July 2016
އުމަރުގެ މަސައްކަތްއަބަދުވެސް ވަރަށްވަރުގަދަވާނެ. މިހާރުގެ ހާލަތަކީ ހުދުވަލުގައި ހިފާނެ މީހުން ނެތްކަން. ކަރަޕްސަނުން ފިތިފަ ތިބީތީ.
ދުމައްޑޭ
01 July 2016
އުމަރު 18 ގެ އިންތިހާބު ނުވާނެ އެއްގޮތެއްވެސް ނުވާނެ، ޔަގީން!
ކަދުރޭ / ސައުދީ
01 July 2016
މިދެން ޓެސްޓްފޮތްތަކުން މައުލޫމާތްކޮޅެއް ހޯދައިގެން ތައްޔާރުވެގެން މާދެން މޮޅުކޮށް ބުނަންޖެހޭ އެއްޗެއްބާ..މައުމޫން އަބަދުވެސް ހަލާކުކުރަށް ތިޔާގޮތަށް ކައިރިވޭ މީހަކު.ކޮބާ އެއްކަލަ ސަނާކިޔާ އަދުރޭ..ހަމަ އުމަރުވެސް ތިހެން ވަންނާނެ ތަނެއް ނެތުމުން ދުވެފަގޮސް ކޮންމެފަހަރަކު ތިޔާ ވަންނަނީ ބޮޑު ގަހުގެ ހިޔަލަށްތާ..
ޖިލްބާބު
01 July 2016
ޓެކްސްޓްފޮތްތަކުން މައުލޫމާތު ހޯދައިގެން ތައްޔާރުވެގެން ބުނެފައިވަ އެއްޗެއް ކަމަށް ހީކުރަނީ ނަމަ އެއިން އިނގެނީ ތިބޭފުޅާއަށް ތަންދޮރު ނޭގޭ މިންވަރާ އެކަމަށް އެއްވެސް މަސައްކަތެއްވެސް ކޮށްފައި ނުވާކަން. ގިނަ ދިވެހިންނަށް މިކަހަލަ ކަންކަން ނޭގުނަސް ޕްލޭޓް ޓެކްޓޮނިކްސް ފަދަ ކަންކަމަކީ ދުނިޔޭގަ މިހާރު އާންމު މައުލޫމާތެއް އަދި މިސާލު ބަހުގެ ގޮތުގައި އިނގިރޭސި ބަހުގަ ބޭނުންވެސް ކުރާ ކަންކަން.
ޢަބްދުﷲނާފިޒު
01 July 2016
އުމަރުގެ ވިސްނުން ހުންނަނީ އަބަދުވެސ ކާލާ މަންނައިގެ ބޭނުން ހިފައިގެން ދެވޭނެގޮތަކަށް
ރައްޔިތު އަހަންމަދު
01 July 2016
އުމަރާ ހަރުގަނޑު ލައްގައިގެން އަރާ ބާރަށް ހިފަހައްޓާތި، ހަލުވާލާ ބޮނޑީގަ އެއްކަލަ ލައްކަ އަސަރުކޮއްލާނެ.
އަހްމަދު
01 July 2016
ކޮން ޓެކްޓްޓިނިކްޓުއެ ކޭ ކިޔާކަށް!! ދެން ތިޔަހުރީ މޮނިކަން ޓެގް އަޅުވާފަ. ހަމަ އެއްވެސް ކަމެއް ނުވާނެ މިހާރު ހުންނެވި ރައީސަކަށް. މާ ބޮޑަށް އަނގަ ގަދަވަންޏާ ހުރީ ޖަލު.
އަިއކް
01 July 2016
ސާބަހޭ އުމަރާ. ތިޔައީ ގައުމު އެދޭފަދަ ހިތްވަރުގަދަ ފަހުލަވާނުންނަކީ. ދެން ޑރ. ޖަމީލް ތިޔަކޮޅަށް ގެންނަވާ.
އަބުދު
01 July 2016
އާދެ، އުމަރު، ނަގާފާނެ ސުނާމީ އަކައް ވެސް ބައްލަވައްޗޭ
އޯކޭ
01 July 2016
ކިތައްހަރުގަނޑު ތިކަމަށް ބޭނުންވާނެ؟
ސީމެގް
01 July 2016
އުމަރު އަންނި ހެދިހެން ނަހަދާތި.