ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
08 އޮކްޓޯބަރ 2017 - 22:57
އައްޑޫ ހިތަދޫގައި ދެ މީހެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ކުޑަ ކުއްޖަކު ޒަޚަމްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި ދެ ކުޑަކުދިންގެ މެދުގައި ހިނގި މި މާރާމާރީ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭގެ 10:15 ހާއިރެވެ.
އެ ހާދިސާގައި ޒަޚަމްވި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖާ އަށް ހިތަދޫ ސަރަހައްދީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، މި ހާދިސާގައި ބައިވެރިވި އަނެއް ކުއްޖާ އަށް ވެސް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފަ އެވެ.
މި ހާދިސާއާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް އަދިއެއް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
09 October 2017
ގައުމު މިއޮތީ މެރުން ވަޅިހެރުން ރޯކުރުން މާރާމާރީ ހިންގުން އޮތްމަގަށް އެޅިފައެވެ. މިމަގުން މި ގާޑިޔާ އަނބުރާލުމަކީ މިހާރު އެހާ ފަސޭހަކަމެއް ނޫނެވެ. ދެރަ އަދި ހިތާހުރި އެކަމަކު ބައެއް މީހުނަށް މާބޮޑުކަމަކަށް މިކަންތައް ނުވެއެވެ.
ދޮން އާމިރު
09 October 2017
ކުޑަކުދިންނޯ....ތިޔޭމައްސަލަޔަކީ.
މިރައީސްސް
09 October 2017
ހުރިހާ ވަޅިޔެއް ރަޖިސްޓްރީ ކުރަންފެންނަނީ އެމީހެއްގެ ވަޅިޔެއް އެމީހަކު އަމިއްލަޔައް ފޮރުވައިގެން ނުގެންގުޅޭނަމަ ބޮޑެތި އަދަބުލިބޭގޮތައް