އިދިކޮޅު މެމްބަރުންގެ ހަޅޭކުގެ ތެރޭގައި މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނީ. -
10 އޮކްޓޯބަރ 2017 - 10:19
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބޭފުޅުން ކަނޑައަޅައިފި އެވެ.
އިދިކޮޅު މެންބަރުން އަޑުގަދަ ކުރައްވަމުން ގެންދަވަނިކޮށް، ކުރިއަށް ގެންދިޔަ ޖަލްސާގައި އެޗްއާރުސީއެމްގެ މެމްބަރަކަށް އައްޔަން ކުރެއްވީ އެ ކޮމިޝަންގެ މެމްބަރު މުހައްމަދު ޒާހިދެވެ. އަދި ސީއެސްސީގެ ނައިބު ރައީސަކަށް އައްޔަން ކުރެއްވީ އެ ކޮމިޝަންގެ މެމްބަރު ޝަހީދު މުހައްމަދެވެ.
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ޒާހިދު އައްޔަން ކުރައްވައި އޭނާ އަށް ރައީސް ޔާމީން މަގާމުގެ ލިޔުން ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ރިއާސަތުގައި ކުރިއަށް ދިޔަ ޖަލްސާގައި ޝަހީދު މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 26 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ޒާހިދު އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ފާސްވީ 27 މެމްބަރުންގެ އިއްތިފާގުންނެވެ.
އިދިކޮޅު މެމްބަރުން ވޯޓު ގަޑީގައި ވެސް ގެންދެވީ މަޖިލީހުގެ އިދާރީ މޭޒު ކައިރީގައި އިހްތިޖާޖް ކުރައްވަމުންނެވެ. އަދި އެ މެމްބަރުން ގެންދެވީ މަސީހުގެ އިސްތިއުފާ އަށް ގޮވައި، ގޮނޑިން "ފޭބުމަށް" ގޮވާލައްވަމުންނެވެ.
ޒާހިދަކީ އެޗްއާރުސީއެމްގެ ފުރަތަމަ ދައުރުގައި އެ ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ސަރުކާރުގައި ފަސް އަހަރު ދުވަސްވަންދެން ހިދުމަތް ކުރައްވައިފަ އެވެ. އޭނާ އެންމެ ފަހުން ހުންނެވީ ޖެންޑާ މިނިސްޓަރުގެ ނައިބުގެ މަގާމުގަ އެވެ. އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ޒާހިދު އައްޔަން ކުރެއްވީ، އެ ކޮމިޝަންގެ މެމްބަރު ކަމުން ޝިިފާގު މުފީދު (ހިސްޓޯ) އިސްތިއުފާ ދެއްވުމުންނެވެ.
މެޑިކަލް ސައިންސްގެ ދާއިރާއިން ބެޗްލަސް އަދި މާސްޓަސް ޑިގްރީ ހާސިލް ކުރައްވާފައިވާ ޝަހީދު ސީއެސްސީގެ މެންބަރުކަމަށް އައްޔަނު ކުރީ 2015 ގަ އެވެ. ޝަހީދު ސީއެސްސީއަށް އައްޔަނު ކުރެއްވުމުގެ ކުރިން ހުންނެވީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅޯން
10 October 2017
ޒާހިދު އަކީ މުޅިންވެސް އަނގައިން ހިފަހައްޓާލާ ރައީސް ޔާމިން ގެ މުވައްޒަފެއް.
މައްމީ
10 October 2017
މަޖުލީހުގެ ރައީސަކީ މަގަމުގެ ދަހިވެތިކަމުގައި ޖާނުން ގުރުބާންވެވަޑައިގަންވާ ލަދުހަޔާތުގެ ކުނޑިފަށެއްވެސް ލިބިވަޑައިގެންފައިވުނާ ބޭފުޅެއް
އެތެރެވަރި
10 October 2017
މަޖުލީހުގެ ރައީސަކީ ހިތްވަރު ފުޅު ގަދަ ކެރޭ ބޭފުޅެއް. ހަމަނުޖެހުން އުފައްދާ މީހުން އެކަން ކޮށްކޮށް ތިއްބާ އެ ވަޑައިގެންނަވަނީ ހަމަ ކުރިޔަށް ކޮންފުލިކްޓް ތިއަރީގެ އަހުލުވެރިންނަކީ ކޮންމެ ކަމެއްގައިވެސް ހަމަ ނުޖެހުން އުފެއްދުމަށް ލޯބިކުރާބައެއް އެމީހުން ބައިތިއްބާ އެކަން ކުރަން