މެމްބަރު ޔާމީން. ބްރިޖް މަތީ ކައިވެނި ޕާޓީ ބާއްވާނެ މީހުންގެ ލިސްޓެއް އޭނާ އަންނަނީ ތައްޔާރުކުރައްވަމުން
31 އޮކްޓޯބަރ 2017 - 13:19
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް އަންނަ އަހަރު ނިމުމުން އެ ތަނުގައި ކައިވެނިކުރަން ނުވަތަ ކައިވެނި ޕާޓީ ބޭއްވުމަށް މިހާރު ވެސް 50 އަށް ވުރެ ގިނަ މީހުން ނަން ނޯޓުކޮށްފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބްރިޖް މަތީގައި ކައިވެނި ޕާޓީތައް ބޭއްވުމުގެ ފުރުސަތު ދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ އިރު، އެ ތަނުގައި ކައިވެނި ކުރަން ބޭނުންވާ މީހުން ނަން ނޯޓު ކުރުމުގެ މަސައްކަތް މެމްބަރު ޔާމީން ވަނީ ފައްޓަވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ ބްރިޖް މަތީ ކައިވެނި ޕާޓީ ބޭއްވުމަށް ބޭނުންވާ މީހުން ދެނެގަނެ، އެ މީހުންނަށް އެހީތެރިވެދިނުމަށް އޭނާ އަމިއްލަ ގޮތުން ފެއްޓެވި ކަމެކެވެ. އެކަމަކު އެ ލިސްޓު، ރައީސް އޮފީހަށް ހުށަހަޅުއްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ: ބްރިޖްގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށް ސަރުކާރުން ބުނޭ ---މިހާރު ފޮޓޯ: ހުސެއިން ވަހީދު
"އަޅުގަނޑުގެ މަގްސަދަކީ ބްރިޖް ނިމުމުން އެ ތަނުގައި ކައިވެނި ޕާޓީތައް ބޭއްވުމަކީ ހަމަ އަސްލުގައި ވެސް ކުރެވޭނެ ކަމެއްކަން އަންގައިދިނުން. މިއީ ރައީސްގެ ވެސް އެދިވަޑައިގަތުމަކަށް ވާތީ އަޅުގަނޑު އަމިއްލަ ގޮތުން މިކަން މި ކުރަނީ،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބްރިޖްގެ މަސައްކަތް ނިމެންދެން، އެ ތަނުގައި ޕާޓީ ބާއްވާ މީހުން ނަން ނޯޓު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"އަޅުގަނޑު ވެސް ނިންމައިގެން މި ހުރީ އެތަނުގައި ކައިވެނި ކުރަން." އެމްޑީޕީ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވި ވަޑައިގެން ނަމަވެސް މިހާރު ޕީޕީއެމްއާ ގުޅިވަޑައިގެންފައިވާ މެމްބަރު ވިދާޅުވި އެވެ.
ސަރުކާރުން އިއުލާނުކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ މިނިވަން ދުވަހު (ޖުލައި 26) ބްރިޖް ހުޅުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލީޕޮޕް
06 August 2018
ކައިވެނިކުރަން ބްރިޖް ބަންދުކުރާނެބާ. ކީއްކުރަން ހެދި ތަނެއްތީ.
ފަލަ
02 November 2017
ފުރަތަމަ ސޮއިކުރަންވެސް ޖެހޭނެތާ.
ބޮރިޖަތުލް ހަލާކް
01 November 2017
މިއުޅެނީ ހަރަދުބޮޑުކަމުން އަގަޔާ އަތާ ދިމާނުވެގެން އަދި ތިޔަ ބުރިޖުގާ ކައިވެނި ކުރަން ފުރުސަތު ލިބުނަސް އުޅޭނެ ތަނެއް ވައްނާނެ ތަނެއް ނެތީޔާ ކައިވެނި ކުރިޔަސް އުފަލެއްކޮބާ!!!!
ޕާޓީ
01 November 2017
އަނގަޔާ އަތާ ދިމާ ނުވިޔަސް ވެޑިން ޕާޓީ ބާއްވާ
ހސަހހަަސ
01 November 2017
މެމްބަރު ޔާމީނަކީ ފަހެ މޮޔައެއް ތަ. އޭނާ ދާއިރާގެ ފޮއްދޫ ވެލިދޫ ޅޮހި ރައްޔިތުންގެ ހާލު ބެލިއްޔާ މާތާހިރެއްނު.
ސީދި
01 November 2017
ބްރިޖްމަތީ ނުކުރެވޭނެކަމެއް ކޮންމެސްމީހަކު ބުނެދީބަލަ...
އައިމިނާ
01 November 2017
ޔޫ އަދި ނަންނޯޓު ނުކުރަމެއްނު. އަވަހަށް ކޮށްލާ. އެހެން ނޫނީ ކިއު ބޮޑުކަމުން ޖާގަ ނުލިބޭނެ.
މެއްހް
01 November 2017
ބްރިޖާ ކައިވެނި ކުރަން ބޭނުންވަނީ.. ނަން ނޯޓް ކޮށްލާ..
ތެއާސާ.
01 November 2017
ބްރިޖްމަތީ ކައިވެނިކޮއްލާފަ، ހަނީމޫނަށް 25 ބުރި އިމާރާތަށް ޖައްސާލާ، ރޭކުރަން މަހާޖައްރާފާ ހަމަޖައްސަދީފަ ދަރިން ވިހަން ސަލްޓަންޕާކު ދީފަ ވަރިކުރަންވީމަ ރަސްފަންނަށް. ކިހާ ސަޅި؟ މިއެއްނޫންތަ ތަރައްގީއަކީ؟
މަޒް
01 November 2017
އޭ ތި ބުރިޖު ދެވިދާނެތަ މުޒާހަރާއެއް ކޮއްލަން... ބުރިޖު ޕްރޮޖެކްޓުން ކާލީ ކީހާވަރެއްތޯ ސާފުކުރަން ބާއްވާ މުޒާހަރާއެއް މީ... ބުރިޖުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަމާތޯ...
ނަސީމް
01 November 2017
މަޖީދީމަގު މަތީ ޕާޓީބޭއްވުމުގެ ހުއްދަދޭނަމަ އަދި އިތުރު ކައިވެންޏެއް ކުރަން ބޭނުން.