އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގައި މައުމޫން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
09 ނޮވެމްބަރ 2017 - 00:14
އިދިކޮޅު ސިޔާސީ ޕާޓީތަކަށް ރިޔާސީ އިންތިޚާބަކަށް ދެވޭނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ރިޔާސީ އިންތިޚާބެއްގެ ވާހަކަ ދައްކާއިރު، އަންނަ އަހަރު ރިޔާސީ އިންތިޚާބު ބާއްވާނެތޯ އެއީ ވެސް ބޮޑު ސުވާލެއް ކަމަށެވެ.
އެ މަނިކުފާން ވިދާޅުވީ އިލެކްޝަން ކޮމިޝަނާއި ރާއްޖޭގެ އެހެން މިނިވަން މުއައްސަސާތަކުން އަމަލު ކުރަނީ ވަކި މީހަކު އަންގާ ގޮތަށް ކަމަށާއި އެހެންވެ ސުވާލު އުފެއްދިދާނެ ކަންކަން އެބަހުރި ކަމަށެވެ.
"ރިޔާސީ އިންތިޚާބުގެ ވާހަކަ ދައްކާއިރު ވަރަށް ވިސްނަން އެބަޖެހޭ. އިންތިޚާބެއް އަންނަ އަހަރު އޮންނާނެތޯ އެއީ ވަރަށް ބޮޑު ސުވާލެއް. ދެން އެންމެ ރަނގަޅު ރިޔާސީ އިންތިޚާބެއް އޮތިއްޔޯ. އެހެން ނަމަވެސް އެ އިންތިޚާބުގެ ނަތީޖާ އަށް ވާނީ ކިހިނެއްތޯ؟" މައުމޫން ވިދާޅުވި އެވެ.
"އެ ވެސް ނޭނގޭ. އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ވަކި ފަރާތަކުން އަންގާ ގޮތަކަށް ހުރިހާ މުއައްސަސާތަކުން އަމަލު ކުރަމުންދާ ތަން. އެއްވެސް މުއައްސަސާ އަކަށް މިނިވަން ކަމެއް ނެތް. އެއީ ކޯޓަކަށް ވިޔަސް، ކޮމިޝަނަކަށް ވިޔަސް ވަކި ފަރާތަކުން އަންގާ ގޮތަކަށް ކަންކަން ނިންމަނީ. އެހެންވީމާ އިލެކްޝަންސް ކޮމިޝަނުން ކަންކަން ކުރައްވާނީ ކިހިނެއްތޯ؟ ނަތީޖާ ނެރުއްވާނީ ކިހިނެއްތޯ؟."
މައުމޫން ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގެ ވާހަކަ ދައްކާ އިރު، އެންމެ ކަންބޮޑުވާން ޖެހެނީ އިލެކްޝަން ކޮމިޝަން އޮތް ހާލަތާ މެދުގަ އެވެ.
"...އަޅުގަނޑުމެންނަށް ރިޔާސީ އިންޚާހާބަކަށް ދެވޭނީ މިނިވަން އިންސާފުވެރި އިންތިޚާބެއް އޮންނާނެކަން ޔަގީންވީމާ. އެހެން ނޫނީ އެ ކުރެވެނީ ބޭކާރު މަސައްކަތެއް،" މައުމޫން ވިދާޅުވި އެވެ.
"ވަގުތާއި މުދަލާއި ފައިސާ އެ ޚަރަދު ކުރެވެނީ ބޭކާރު ކަމެއްގެ ގޮތުގައި. އެހެންވީމާ އަޅުގަނޑުމެންނަށް ޔަގީން ވާން ޖެހޭނެ އެންމެ ފުރަތަމަ އިންތިޚާބު ބޭއްވޭނެކަން. ދެ ވަނަ ކަމަކަށް އެ އިންތިޚާބު ބޭއްވޭނީ ހަމަ އާއި ގާނޫނުއަސާސީ އާއި ގާނޫނު ބުނާ ގޮތުގެ މަތިން މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކަން ކަށަވަރު ވާން ޖެހޭނެ."
އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގައި އެ ހަރަކާތުގެ ބައެއް އިސްބޭފުޅުން އަތްޖައްސަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ތެރޭގައި އުފެދުނު މައްސަލަތަކަށް ފަހު ޕާޓީގެ ރައީސްކަމުން ދުރުކޮށްފައިވާ މައުމޫން ވިދާޅުވީ ހަމަތަކުގެ މަތިން އިންތިޚާބު ބޭއްވޭނެކަން ކަށަވަރު ނުވާ ނަމަ އެކަން ކުރުމުގެ ބޭނުމެއް ވެސް ނެތް ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ ރިޔާސީ އިންތިޚާބުގެ ވާހަކަ މި ދައްކަން ޖެހެނީ ވަރަށް ވިސްނުންތެރިކަމާ އެކީގައި. އޭގެ ކުރިން އަޅުގަނޑުމެން ކުރަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރި." މައުމޫން ވިދާޅުވި އެވެ.
މައުމޫން ފާހަގަ ކުރެއްވި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ އަތުގައި މިވަގުތު އޮތް އެންމެ ބޮޑު ބާރަކީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތެވެ.
"އެ އަޣުލަބިއްޔަތު ބޭނުންކޮށްގެން އަޅުގަނޑުމެންނަށް ހުރިހާ ކަމެއް ވެސް ކުރެވޭނީ. އަޅުގަނޑުމެން ކަންކަން ކުރަން ބޭނުން ވަނީ ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން. އެއަށް ވުރެ މޮޅު ގޮތެއް ނޯންނާނެ،" މައުމޫން ވިދާޅުވި އެވެ.
"އެއީ ޑިމޮކްރަސީ ބުނާ ގޮތަކީ ވެސް. އެހެންވީމާ އަޅުގަނޑުމެން މެޖޯރިޓީ ބޭނުންކޮށްގެން ބޭނުންވާ އިސްލާހުތައް ގެންނަން އެބަޖެހޭ."
މައުމޫން ވިދާޅުވީ ރިޔާސީ އިންތިޚާބެއްގެ ވާހަކަ ދައްކަންވީ ވެސް އެ އިސްލާހުތައް ގެނެސްފައި ކަމަށެވެ.
"މިހާރު މިއޮތް ގޮތަށް ކަންތައް އޮވެގެން، މި ސަރުކާރު އޮވެގެން، މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަން އޮވެގެން ކިހިނެއްތޯ ރިޔާސީ އިންތިޚާބެއް ބާއްވާނީ؟" އެ މަނިކުފާން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ އިސްލާހީ މަސައްކަތްތަކުން މިހާރު ވަރަށް ބޮޑެތި ކާމިޔާބީތައް ހޯދަމުން އަންނަ ކަމަށެވެ. އަދި އެކަމާ ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމަށާއި ސަރުކާރު މިހާރު އޮތީ "ސައިޒް ވެފައި" ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜަގަޅު
09 November 2017
ޢަޅުގަޑު އެއްބަސް މަނިކު ފާން އާަ ތެދު ފުޅެއް
ސޮކްތެރެޕީ
09 November 2017
ދޮހޮއްކޮބެ ބުނީ އެހެންދައުރެ ދެކެންބޭނުމޭ ބުނީ ޖަލަ. މިހާރު ގުދޯ ގުދޯ މިކިޔަނީ.
ސައިޒް
09 November 2017
ހެއްދެވި ނުހެއްދެވިއަށް ގޮވައި އެކި ޒާތްޒާތުގެ ނަންނަން ގޮވައި އިއްޔެ ހެދި މީހުން މިއަދު ތިޔައީ ޒައީމޭ ލަވަ ހުއްޓާނުލާ ޖެހުމަކީވެސް ވަރަށް ސައިޒްވެފަ ތިބުން ކަމަށް ފެންނަނީ. އަދި އެމީހެއްގެ ވެރިކަން ވައްޓަން އެންމެ ގަދައަށް އުޅުނު މީހުންގެ އަތުގައި އެންމެ ފަހުން އެމީހަކު ހިފަންޖެހުންވެސް އެއީ ސައިޒްވުމެއް ކަމަށް ފެންނަނީ.
ފިސާރި
09 November 2017
އެބުނީ ފާރިޝް ވެރިކަމަށް ލާން ބޭނުން ވާހަކަ އަދި އަދި އޭނާ ދޫނުވަނިސް އެންޑީޕީން އިންތިހާބު ކުރިމަތި ލައިގެން ނުވާނެ.. މިބުނީ ލައިގެން ނޫވާނޭ.. އޮޚޭ
ގުދޯގުދޯ
09 November 2017
މައުމޫނަށް ހަމަ ޔަގީންތޯ ވަކިމީހަކު ބުނާގޮތަށް ކަމަށް ހުރިހާ މުއައްސަސާ އަކުން ކަންތައްކުރަނީ. ސާބިތު ނުހިފޭ ވާހަކަ ދެއްކުން ބުއްދިވެރިއެއްނޫން.
އިންސާފް
09 November 2017
ރައީސް މައުމޫން ޤައުމު އިސްލާހު ކުރަން ނުކުތުމަކީ ދިވެހިން އުފާކުރަންޖެހޭނެކަމެއް އަދި ވެރިކަމުގެ ތަޖުރިބާ އެންމެރަނގަޅަށް ލިބިފަހުރި ބޭފުޅަކީވެސް ރައީސް މައުމޫން. އަޅުގަނޑަކީ އެއްވެސް އިރެއްގައި ރައީސް މައުމޫނަށް ތާއީދު ކުރި މީހެއްނޫން އެކަމަކު ޤައުމުގެ އަނިޔާވެރިކަން އިންތިހާއަށް ދިޔައީމަ އެމަނިކުފާނު ޤައުމު އިސްލާޙުކުރައްވަން ނިކުނެވުމަކީ ޝުކުރުވެރިވާންޖެހޭނެކަމެއް. އަޅުގަނޑު ޤަބޫލެއް ނުކުރަން ވެރިކަމުގެ ދަހިވެތިކަމުގަ އެމަނިކުފާނު އުޅުއްވާކަމަކަށް.
ހުސޭނުބެ
09 November 2017
ސައިޒްވެފަ ތިބީ ކޮންބައެއްކަން އެބައެނގޭ!!! ރީނދޫ ހުމަށް ބޭސް ކާ މީހުނާ އެމީހުނަށް ރީނދޫ ހުން ބޭސް ގަނެދީ އަތް ގާތްކޮށްދޭ މީހުން ވަރަށްބޮޑަށް ސައިޒްކޮށްފަ ތިތިބީ ބައިތިއްބާފަ!!! ގާނޫނީ އިމުން ބޭރުވެގަނެގެން ތެޅިބާލަން އުޅެނިކޮށް ފިޔަވަޅުއަޅާ ގާނޫނުގެ އިމުގެތެރެއަށް ނިކަން ރަގަނޅަށް ސައިޒްކޮށްފަ ވައްދާފަ ތިތިބީ!!! ގާނޫނީ އިމުން ބޭރުވެ ހަމަ އަތަކަށް ޖެހިލިޔަސް ނިމުނީ!!! ގާނޫނުގެ ދިގުއަތް އަރާހަމަކުރާނެ!! ރިޔާސީ އިންތިޚާބު ނިކަން މިނިވަން އިންސާފުވެރިކަމާއެކު މިރާއްޖޭގައި 2018 ވަނަ އަހަރު ބާއްވާނެ!!! އެކަމަކު ޙުލުމް ތަންފީޒުކުރަމުންދާ ރީނދޫ ހުންޖެހިފައިވާ މީހުންނަކަށް ފުރުސަތެއް ނޮއޮންނާނެ!!! ކިތަންމެ ވަރަކަށް ގުންފައިޖަހާފަ ދެލޯ ބޮޑުކޮށްފަ ހިނގިޔަސް!!! އަދި ދެއިރު ދެދަޅަޔަށް ރީނދޫ ބޭސްކާހެން އަވަށްޓެރިގައުމުތަކަށްގޮސް އެމީހުންގެ ފައިބުޑަށް ވެއްޓި ރޮޔެ އާދޭސް ކުރިއަސް ހަމަހިލާ އެހެނަކުން ނުވާނެ!!! މިރާއްޖޭގެ ފަސްގަނޑުގައި ހިނގާނީ މިރާއްޖޭގެ ގާނުނު!!! ވަރަށްސަލާމް!!!
އަލީގ
09 November 2017
ތީ ޔާމީނު ފަޅީގަތިބި މީހުނައް އަހާލަން ހާދަ ހިތްފަސޭހަ ވާނެ ވާހަކައެކޭ. އެމީހުން އެންމެ އުފާވާނީ ކޮންމެ ސަބަބަކާ ހުރެނަމަވެސް އިދިކޮޅު އެންމެން އިންތިހާބުގަ ބައިވެރި ނުވާން ނިންމައިފިނަމަ.
ރޮކްސީ
09 November 2017
ބަރާބަރު ވާހަކައެއް. މިފެންނަގޮތުން އިންތިޚާބެއް ނުބާއްވާނެ. ދައުރު ދިގުކުރާނެ ގޮތެއްވެސް ހަދާފާނެ.
އުމަރު
09 November 2017
މައުމޫނު ތިޔަހެން ވިދާޅުވީމާ ރައީސް ޔާމީނު އިންތިހާބެއް ނުބާއްވާނެ މިނިވަންކަމެއް ނެތޭ ކިޔައިގެން، އެހެންކަމުން އިންތިހާބު ބާއްވަން ހިފަންވާނީ، އަދި އިންތިހާބު ބާއްވަންވާނީ ޖަލުގައިތިބި ލީޑަރުން ދޫކޮށްލުމަށްފަހު، އެކަން ކުރަން މަޖިލިސް ހިންގަންޖެހޭ، ސްޕްރިއަމް ކޯޓުގެ ނިންމުން އަލުން މުރާޖައާކުރަންޖެހޭ