ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: މައުމޫނާ ދެކޮޅަށް މައްސަލަ ހުށަހެޅީ އެ ގްރޫޕުން.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
05 ޖުލައި 2016 - 14:18
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕާޓީ ހިސޯރު ކުރައްވާފައިވާ ކަމަށް ބުނެ އެކަން ހުއްޓުވައި ދިނުމުގެ އަމުރަކަށް އެދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫނާ ދެމެދު އުފެދިފައިވާ ކޯޅުމާ އެކު ޕީޕީއެމްގެ ތެރޭގައި ވަނީ ދެ ބޭފުޅުންގެ ފެކްޝަން އުފެދިފަ އެވެ. މި ބައިބައިވުމުގެ ތެރެއިން މައުމޫން ވަނީ ޕާޓީގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުވާލައްވާފަ އެވެ. އަދި ޕާޓީ ހިންގުން ވެސް ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތުން ވަނީ ނަންގަވާފަ އެވެ.
ޕީޕީއެމްގެ މަޖިލިސް މެމްބަރަކު ވިދާޅުވި ގޮތުގައި ޕީޖީ ގްރޫޕުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ މައުމޫންގެ އެ ނިންމެވުންތައް ބާތިލް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެ މެމްބަރު ވިދާޅުވި ގޮތުގައި ވަކި ބޭފުޅަކު ބޭނުންވުުމުން އެއްވެސް ސިޔާސީ ޕާޓީއެއް ހުއްޓުވާފައި ނުބޭއްވޭނެ އެވެ. ޕީޕީއެމްގެ ތެރޭގައި ޖެހިފައިވާ މައްސަލަ އޮތީ ފަސޭހަަ އިން ހައްލެއް ލިބޭނެ ހިސާބުގައި ނޫން ކަމަށާއި އެހެންވެ ގާނޫނުގެ ތެރެއިން ހައްލެއް ހޯދަން ސިވިލް ކޯޓަށް ދާން ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެރިކަން ކުރާ ޕާޓީ މި ގޮތަށް ހުއްޓިފައި އޮތުމުން ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ،" އެ މެމްބަރު ވިދާޅުވި އެވެ.
މައުމޫނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު، ތިން ދުވަސް ތެރޭގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވައިދޭން އެދި ކައުންސިލްގެ ގިނަ މެމްބަރުންތަކެއް މައުމޫނަށް ފޮނުއްވި ސިޓީ އަށް އެ މަނިކުފާނު އިޖާބަ ދެއްވާފައެއް ނުވެ އެވެ. ކައުންސިލް ބައްދަލުވުމެއް ނުބާއްވައިފި ނަމަ، މައްސަލަ އަށް ގާނޫނީ ހައްލެއް ހޯދުމުގެ މަސައްކަތް ފަށަން ރައީސް ޔާމީނާ އެކު މިދިޔަ ހަފުތާގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ޕީޕީއެމްގެ ކައުންސިލް މެމްބަރުން ވަނީ މަޝްވަރާކޮށްފަ އެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދާ އެއްގޮތަށް އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ މައުމޫނަށް މިއަދު އަންގާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
05 July 2016
ސާބަހޭ މިއީ ކޯޓް ސަރުކާރޭ!
ޕީޕީ
05 July 2016
ޕީޕީ އެމް ގޮވައިގެން އޮވޭ ކޯޓުގަ އަހަރެމެން ރީތިނަމެއް ކިޔާފަ ޕާޓީއެއް ހަދާލާނީ.
މެންޓަލިސްޓް
05 July 2016
ދިވެހިން ދިވެހީންގެ ގޮތުގައި ގަމާރުކަންމަތީ އަބަދަށް
ފަޓާނީކަލޭގެ
05 July 2016
ހާދަ ކޯޓާއި ދޯޅު ބައެކޭ ދޯ؟ ކިހާވަރަކުންދާނެބާ! އަހަރެމެން ކަހަލަ ޕާޓީގެ އާންމު މެމްބަރުންނަށް މަހަށްފަރަށް ދެވޭވަރަކުން ނެރޭ އަމުރު ދާނެބާ؟
ދޮންމަންޖެ
05 July 2016
ޕިޕީއެމަށް ޒައިމް ބޭނުން ގޮތެއް ހެދޭނެ ކޮސް ނުވެ.. އެއި ރައްޔިތުންގެ ލޯތްބާ ފުރިހަމަ ތާއިދާ އެކު ޒައިމް ހިތްވަރާ މިންނަތުން އުފެއްދި ޕާޓީއެއް..... ޒައިމްއާ އިދި ކޮޅު ރޔ ފެކްޝަން ރަނގަޅު ވާނީ ޕިއޭ ނަގާ ކޮޅައް ޒެހިއްޔާ
ޒެޑްސް
05 July 2016
ސިވިލް ކޯޓުގެ ހުކުމަށް މިހާރު އިންތިޒާރުކުރެވެނީ. ގާޒީ ނެރޭނެ ހުކުމް މަޖާވާނެ ވަރު ހިތަށް އަރާފަ ހަމަ ހެވެނީ،
މެންޓަލިސްޓް
05 July 2016
ކޯޓްއަށް ޕީޕީއެމްއިން ދާނީ ގާޒީންނާއި ޑީލްހަދައިގެން ، ރާއްޖޭގެ ކޯޓްތަށް އޮތީ ރައީސްޔާމިންގެ އަތްދަށުގައި ކަން އެންމެނަށްވެސް އިނގޭ ،
ކުލެވި
05 July 2016
ޔާމީނަށް ހުރިހާކަމެއްގެ ހައްލުވެސް ފެންނަނީ ކޯޓުތެރެއިން...ވެރިކަމަށްއައީވެސް ކޯޓުމެދުވެރިކޮށް
މެސީ
05 July 2016
ކޮބާ ކަލޭމެން ބުނީމެއްނު އަޑައްބާރު ލާފަ މައުމޫން ބޭރުކުރަން ސިޔާސީ ޕާޓީތަކުހެ ޤާނޫނަށް އިސްލާހް ހުށަހަޅާ ވާހަކަ. މިހާރު ބިރުގަތީދޯ
ވެލެޒިނީ
05 July 2016
އެއްވެސް ޝައްކެއްނެތި މި ރާއްޖޭގެ ކޯޓްތައް ހިސޯރު ކުރީ މައުމޫނު، ނަޝީދު އާއި ސިޔާސީ ޑީލް ހަދައިގެން ސްޕްރީމް ކޯޓްވެސް އެއްއިރެއްގައި މެޖޯރިޓީ ނެގީ މައުމޫނު. އެހެން ނަމަވެސް މިއަދު ދެކިބަލާށެވެ، ތިޔައީ ކޮން އާރެއް ބާރެއް އޮތް މީހެއްތޯ؟ މި އީ ޔާމީނުވެސް އިބުރަތް ހާސިލުކުރަންވީ ކަމެއް.