ގާސިމާއި އުމަރު ބައްދަލު ކުރައްވަނީ: ޕާޓީތަކުގެ މެދުގައި ޕްރައިމަރީ ބާއްވައިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ ފޯމިއުލާ ކާމިޔާބު ނުވާނެ ކަމަށް އުމަރު ވިދާޅުވޭ --ފޮޓޯ/ މިހާރު
16 ނޮވެމްބަރ 2017 - 12:41
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރޭ ނަމަ، އެ ކެންޑިޑޭޓަކަށް ވާންޖެހޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނާ ވާދަ ކުރުމަށް އިދިކޮޅު ފަރާތްތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަށް މިހާތަނަށް ތާއީދު ކޮށްފައިވަނީ އެމްޑީޕީ އާއި އަދާލަތު ޕާޓީން އެކަންޏެވެ. އެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތުން މިހާތަނަށް ވަކި ގޮތެއް ނުނިންމަ އެވެ.
އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން އުމަރު ދެކެވަޑައިގަންނަވާ ގޮތް ހާމަ ކުރައްވަމުން، ސޯޝަލް މީޑިއާގައި އޭނާ ލިޔުއްވާފައި ވަނީ މިއަދުގެ ހާލަތަށް ބަލާއިރު އެއްވެސް ތަފާތު ކުރުމެއް ނެތި ގައުމަށް ހަމަޖެހުން ގެނެވޭނެ ކޯލިޝަން ލީޑަރަކީ ގާސިމް ކަމަށެވެ. ސަބަބެއް ކަމަށް އުމަރު ވިދާޅުވީ އެމްޑީޕީން ނެރޭ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ބޭފުޅަކަށްވުމާއި އަދާލަތު ޕާޓީއަކީ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުން ނެރޭ ޕާޓީއަކަށް ނުވުމެވެ. އަދި ކުރީގެ ރައީސް މައުމޫނަކީ ވެރިކަން ކުރެއްވުމުގެ ޝައުގުވެރިކަން މިހާރު ހުރި ބޭފުޅެއް ނޫނެވެ.
"މިއަދުގެ ހާލަތުގައި، އިދިކޮޅު ފަރާތްތަކާއި އިދިކޮޅަށް ތާއީދު ނުކުރާ ނަމަވެސް ސަރުކާރާ މެދު ހިތްހަމަނުޖެހިފައި ތިބި އެންމެންނާއި ދައުލަތުގެ ބާރުތަކާއި މި އެންމެން އެއްކޮށް އެއްވެސް ތަފާތު ކުރުމެއް ނެތި މުޅި ގައުމު މަސަލަސް ކުރެވޭނެ ހަމައެކަނި އިއްތިހާދީ ލީޑަރަކީ އޮނަރަބްލް ގާސިމް އިބްރާހީމް،" މި ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
އެއް ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅު ހުރިހާ ޕާޓީތަކެެއްގެ މެދުގައި ޕްރައިމަރީއެއް ބާއްވަން އެމްޑީޕީން ނިންމިޔަސް އެއީ ކާމިޔާބު ވާނެ ފޯމިއުލާއެއް ނޫން ކަމަށް އުމަރު ވިދާޅުވި އެވެ. މިނިވަން އިންސާފުވެރި ޕްރައިމަރީއެއް އެއްވެސް ޕާޓީއަކަށް މިހާތަނަށް ބޭއްވިފައި ނެތް ކަމަށާއި އެހެންވެ ހުރިހާ ޕާޓީއެއްގެ މެދުގައި ޕްރައިމަރީއެއް ބާއްވައިފި ނަމަ ވޯޓު އޮޅުވާލުމުގެ ފުރުސަތު އޮންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"އެއް ކެންޑިޑޭޓަކު ނެރުމަށް ހުރިހާ ޕާޓީއެއްގެ މެދުގައި ޕްރައިމަރީއެއް ބޭއްވުމަކީ އެފަދަ ޕްރައިމަރީއެއްގެ ވޯޓު އޮޅުވާލައި މަކަރު ހަދައި، އަދި އޭގެ ސަބަބުން މަސްލަހަތު ގެއްލި، ބައިބައިވެ އެއް ކެންޑިޑޭޓަކު ނެރުމުގެ ރޫހަށް ބުރޫ އަރައިގެންދާނެ ކަމެކެވެ،" އުމަރުގެ މެސެޖްގައިވެ އެވެ.
އެއް ކެންޑިޑޭޓަކު ނެރޭ ނަމަ އެކަމަށް އެންމެ އެކަށީގެންވަނީ ގާސިމް ކަމަށް އުމަރު ވިދާޅުވިއިރު، ގާސިމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް މިހާރު އައިސްފައި ވާތީ އާއި 65 އަހަރުވެފައިވާތީ މިހާރު އޮތް ގޮތުން ގާސިމަށް ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ކުރީގެ ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާތީ ގާނޫނު އަސާސީ އޮތް ގޮތުން އެ މަނިކުފާނަށް ވެސް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ރައީސް ކަމަށް ވާދަ ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކޮށްފައިވާތީ ކުރީގެ ރައީސް މައުމޫނަށް ވެސް އެ އިންތިޚާބުގައި ވާދަ ކުރެވޭކަށް ނެތެވެ. އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން ވެސް މި ވަގުތު ގެންދަވަނީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަލީމު
19 November 2017
އަޅުގނޑަކަށް ނުފެނޭ ޤާސިމް، މައުމޫނު، ނަސީދު، ނޫނީ އިމްރާން ކަހަލަ އެއްވެސް ބޭފުޅެއް ރިޔާސީ އިންތިޚާބަށް ނެރޭކަށް. އެއީ އެއިން އެއްވެސް ބޭފުޅެއްގެ ތާއީދެއްނެތް ރައީސް ޔާމީނު ބަލިކޮށްލެވޭވަރުގެ. ރާއްޖެއިން ޔާމީނު ބަލިކޮށްލެވޭނެ ބޭފުޅަކަށްހުރީ ހަމައެކަނި އުމަރު ނަސީރު. އެމަނިކުފާނުގެ ހިންގުންތެރިކަމާ ކުޅަދާަނަކަން ފެނި އަޅުގަނޑު ހަމަ އަޖައިބުވަން. ބައްލަވަ. ވަޒީރުކަން ލިބިވަޑައިގަތުމުން ކޮންމެދުވަހަކު ފަތިސްނަމާދުން ނިމިވަޑައިގެން އެމަނިކުފާނު އޮފީހަށް ވަޑައިގެން މަސައްކަތް ފައްޓަވާ. އެހެން ވަޒީރުންނާ ރައީސް އޮންނަވަނީ ގުގުރީގަ. އަދި އެނޫނަސް އެއްފަހަރުން ރައީސް ޔާމީނު ބަލިކޮށްލެވޭފަދަ ރައްޔިތުންގެ ތާއީދެއް އޮތީވެސް އޮނަރަބްލް އުމަރުނަސީރަށް އެކަނި. އަޅުގަނޑަކަށްނޭގެ އެމަނިކުފާނު ފަހަތަށް ޖެހިވަޑައިގަންނަވާ ސަބަބެއް.
ވެފަ
17 November 2017
ސިޔާސީ ދޫނީގެ ކޮމެންޓެއް ލިބިއްޖެ، މާއަނގަ ގަދަވާނަމަ މިހާރު ތި ހުރިވަރަށް ވުރެން ވެސް ދުރަށް ޖައްސަފާނެ .
ަލިަލިބަބަބަކކސކސކ7373737
17 November 2017
ރައީސްކަމަށް ކުފޫ ހަމަވަނީ ހަމަ ޖަމީލް އިގޭ އުމަރާ
ޒަމާނީ މީހާ
17 November 2017
މާ ދުރުގައި ހުރި މީހަކު ގައުމުގައި ފިތުނަވެރި ކަމާއި ބައިބައިވުން އުފައްދަން މީ ހަރު އިދިކޮޅު މީހުންނާއި ގާތްވެ ބައިބައި ކުރަން އުޅޭނޭ ކަމެއްނެތް ވ ސަލާމް (ކޮރޮޕްޝަންގެ ހަޑި މުޑުދާރު ނަޖިހުގައި ޖެހިފައި ހުރި މީހަކައް އިސްލާހައް މަސައްކަތް ކުރާކައް ނޭގެނެ)
އަލްޖިބްރާ
17 November 2017
އުމަރަށް ސަބްމެރިން ހޯދާނިނީމަ ވެރިކަމަށްވެސް އަރަން ޖެހެނީ ޤާސިމް އުތަ ؟ ތިކުޅިގަޑެއް ނުކުޅެވޭނެ ! ޤާސިމަކީވެސް އުމަރަކީވެސް މިޤައުމުގައި ބަޣާވާތް ކޮށްފާތިބިމީހުން !
މަސްރަހު
17 November 2017
ގާސިމް އަށް ކިހިނެއް އެއްވެސް ތަފާތު ކުރުމެއްނެތި ވެރިކަން ކުރެވޭނީ. ފުރަތަމަވެސް ބާކީ އޮތީއްޔާ އޮތްފަޅަކާއި ރަށެއް ޖެހޭނެ ވިލާ ގެ އެސެޓަކަށް ހަދަން. ވިލާ އިންޓަނޭޝަނަލް އެއާޕޯޓެއް މީމިގިލީގައިހަދަން އަދިވެސް އަދިވެސް ކިތަންމެ ކަމެއް. އެއަށްފަހުގަ އެހެން ކަމަކާ ވިސްނޭނީވެސް.
ސައީދާ
17 November 2017
ކަކުނި ތައް ފިލާ އޮވެފަ ހޮރުން ނުކުންނަން ފަށައިފި.
މަވެސްް ވެރިކަމަށް
17 November 2017
ޖަލުވެރިން ޙުކުމްވެރިން އުމުރު ހަމަވެފައިވާ މީހުން ފިޔަވައި ވެރިކަމަށް ކުފޫ ހަމަވާ މީހަކުނެތީތަ؟ މުސީބާތުގެ ހާލަތުގައި ކަންކުރަން އޮންނަމަގަކީ ވެރިކަމާއި މަތިކުރަންބޭނުންވާ ޝަރުތު ހަމަވާ11 މީހުން އިދިކޮޅުފަރާތްތަކުން ނަގައި ރައީސާއި ނައިބު ރައީސްކަމަށް ހޮވާނެ ދެމީހުން ގުރުވަތުލައިގެން ހޮވާނީއެވެ. މިގޮތަށް އެންމެތަކުންރުހި މުސީބާތުން ސަލާމަތްކުރެއްވުންއެދި މަސައްކަތް ކުރާނީއެވެ.މިއީ އަޅުގަނޑަށްފެނުނު ގޮތެވެ.
ހަބޭސް222
17 November 2017
އަޅެ ދެންފަހެ ޢުރަކަށް ފުރުސަތެއް ނެތްތަ!!! އިއްތިހާދަކުންވެސް ހަމަ ނެތީތަ!
އަތްފުނާ
17 November 2017
ގާސިމު ހުރެބަހައްޓާފައި ތާއިދު ކުރާނީ ޔާމީނުއަށް