ޚަބަރު / އެޗްއާރުސީއެމް

ހަވީރުގެ މުވައްޒަފުންގެ މައްސަލާގައި އެޗްއާރުސީއެމުން ބަހެއް ނުބުނުމުން ލަދުވެތިވަން: ޝިފާގް

ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް ޝިފާގް: "ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ ހައްގުތައް ގެއްލޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމާ މެދު އެޗްއާރުސީއެމުން އެއްޗެއް ނުބުނެ ލަސްވާތީ، އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި.

މިހާރު ހުއްޓިފައިވާ "ހަވީރު"ގައި ކުރިން މަސައްކަތްކުރި މުވައްޒަފުންނަށް ކުރި އަށް އޮތް ދެ އަހަރު މީޑިއާގެ އެހެން ތަނެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ހުކުމުގެ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިހާތަނަށް ހިމޭނުން އޮތުމުން، އެ ކޮމިޝަންގެ ނައިބު ރައީސް ޝިފާގް މުފީދު މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އަމިއްލަ ގޮތުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ ހައްގުތައް ގެއްލޭ ގޮތަށް ސިވިލް ކޯޓުން މިދިޔަ އާދިއްތަދުވަހު ކުރި ހުކުމާ މެދު ދައުލަތުގެ ބަންޑާރަ ނައިބާއި އެހެނިހެން ބައެއް އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށް، އަދި އެ ހުކުމް ތަންފީޒު ކުރުމުގައި ގާނޫނީ ގޮތުން ކުރިމަތިވާ ހުރަސްތައް ފާހަގަކުރައްވާފައިވާ ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ރާއްޖޭގައި އުފައްދާފައިވާ ހިއުމަން ރައިޓްސް ކޮމިޝަނުން މިހާތަނަށް "އެއްވެސް އެއްޗެއް ވިދާޅުނުވެ ލަސްވަމުންދާ ދިއުމާ މެދު އަޅުގަނޑު ލަދުވެތިވަން" ކަމަށެވެ.

އެޗްއާރުސީއެމަށް ފާޑުވިދާޅުވެ، ޝިފާގް މިރޭ ކުރެއްވި ޓްވީޓް

"މިހާރު" އަށް އެނގިފައިވާ ގޮތުގައި "ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ މައްޗަށް އައި އަމުރުގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރުމަށްޓަކައި އެޗްއާރުސީއެމުން ބަޔާނެއް ނެރުމަށް މިއަދު މަސައްކަތްކުރި އެވެ. ނަމަވެސް ބައެއް ކަންކަމާ މެދު ބައެއް މެމްބަރުންނަށް އެއްބަސްވުމަކަށް ނާދެވިގެން އެ ބަޔާނެއް ނެރެވޭ ގޮތެއް ނުވި އެވެ. ބައްދަލުވުން ބާއްވަން އުޅުނީ، ޑްރާފްޓް ކޮށްފައިވާ އެ ބަޔާނާ މެދު ގޮތެއް ނިންމުމަށެވެ.

"ހަވީރު"ގެ ކުރީގެ މުވައްޒަފުން މިހާރު މަސައްކަތްކުރާ "މިހާރު"ގެ ނިއުސްރޫމް: މި މުވައްޒަފުންގެ ހައްގުތައް ގެއްލޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމާ މެދު ގިނަ ބަޔަކު ކަންބޮޑުވޭ.---ފޮޓޯ: މިހާރު

ޝިފާގް "މިހާރު" އަށް ވިދާޅުވި ގޮތުގައި މި މައްސަލާގައި ދައުލަތުގެ ބަންޑާރަ ނައިބާއި ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ދިވެހި އެންމެހައި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތްކޮށް އަޑު އުފުލަންޖެހޭ ކޮމިޝަނުން ބަސް ނުބުނެ ލަސްވުމަކީ އެ ކޮމިޝަނާ މެދު ލަދުވެތިވާންޖެހެ އެވެ.

"އެތައް މުވައްޒަފުންތަކެއްގެ ހައްގުތައް ގެއްލޭތީ، ދައުލަތުގެ ބަންޑާރަ ނައިބު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ނޫނީ ސިވިލް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގައި ގާނޫނީ ގޮތުން ހުރަސްތަކެއް ހުރި ކަމަށް ވިދާޅުވާނީ. އެކަމަކު މިކަމުގައި މީޑިއޭޓް ވާން ޖެހޭ ކޮމިޝަނުން ބަހެއް ނުބުނެ ތިއްބައި މާދަމާ އީދަށް ބަންދު މިވީ. މިހާ ލަސްވުމަކީ އަޅުގަނޑު ގަބޫލުކުރާނެ ކަމެއް ނޫން،" ޝިފާގް ވިދާޅުވި އެވެ.

"އަޅުގަނޑަކީ އެންމެ މެމްބަރެއް. އަޅުގަނޑަށް ކުރެވޭނީ މަސައްކަތް. އެތައް މުވައްޒަފުންތަކެއްގެ ހައްގުތައް ގެއްލި، ދުވަސްތަކެއް ވާއިރު، އެކަމާ ހިއުމަން ރައިޓްސް ކޮމިޝަނުން އެއްޗެއް ނުބުލެ ލަސްވަންޏާ، ކޮމިޝަންގެ މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ އިހުސާސްތައް ހާމަކުރަންޖެހޭ."

ޝިފާގް ވިދާޅުވީ "ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ ހައްގުތައް ގެއްލޭ ގޮތަށް ކުރި ހުކުމާ މެދު އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ، އޭނާއަށް އެތައް ބަޔަކު ސުވާލުތައް ކުރިމަތި ކުރުވާ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ޖެހޭ އަމިއްލަ ގޮތުން ނަމަވެސް އެއްޗެއް ބުނަން. މިއީ އަޅުގަނޑުގެ ޒިންމާއެއް،" މީގެ ކުރިން ވެސް ދައުލަތުގެ ބައެއް އިދާރާތަކުން އިންސާނީ ހައްގުތަކާ ގުޅޭ ކަންކަމުގައި އަމަލުކޮށްފައިވާ ގޮތަށް ފާޑުވިދާޅުވެފައިވާ ޝިފާގް ވިދާޅުވި އެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ވަނީ "ހަވީރު"ގެ މުވައްޒަފުން އެހެން މީޑިއާއެއްގައި ނުވަތަ މީޑިއާއަކާ ގުޅުން ހުރި ވިޔަފާރިއެއްގައި ބައިވެރިވުމަކީ ހަވީރުގެ ވިޔަފާރި އަށް ގެއްލުންވެ، އެ ތަނުގެ ހިއްސާދާރުންގެ ހައްގު ގެއްލިގެންދާނެ ސަބަބެއް ކަމަށެވެ. އެހެންވެ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހާ ހަމަ އަށް އެ ތަނުގައި މަސައްކަތްކުރި އެއްވެސް މުވައްޒަފަކު މިއަދުން ފެށިގެން ކުރި އަށް އޮތް ދެ އަހަރު ވަންދެން "ހަވީރު" ފިޔަވައި އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ. އެގޮތަށް މަސައްކަތް ކުރާ ނަމަ އެކަން ހުއްޓުވަން ހޯމް މިނިސްޓްރީ އާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފި އެވެ.

ބަންޑާރަ ނައިބު އަނިލް ނޫސްވެރިންނާ ވާހަކަ ދައްކަވަނ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މި އަމުރާ ގުޅިގެން، ހޯމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ، މިހާރުގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ތެރެއިން، "ހަވީރު"ގެ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރިޔަސް އެ މިނިސްޓްރީ އަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ބުނީ އެކަމުގައި އެ ކޮމިޝަނަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

މިކަމުގައި މީޑިއޭޓް ވާން ޖެހޭ ކޮމިޝަނުން ބަހެއް ނުބުނެ ތިއްބައި މާދަމާ އީދަށް ބަންދު މިވީ. މިހާ ލަސްވުމަކީ އަޅުގަނޑު ގަބޫލުކުރާނެ ކަމެއް ނޫން،" ޝިފާގް

އަނިލްގެ މި ވާހަކައާ ގުޅިގެން ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވަނީ އަނިލްގެ ވާހަކަ އަކީ ބާތިލް ވާހަކައެއް ކަމަށް ކަނޑައަޅާ ކަމަށާއި ސިވިލް ކޯޓުން ކުރި ހުކުމް ބާތިލު ނުކުރާހާ ހިނދަކު އެ ހުކުމަށް އަމަލު ކުރަން އަމުރުކުރާ ކަމަށެވެ.

"ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުންގެ ހައްގުތައް ގެއްލޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމް، އެ މުވައްޒަފުންގެ ފަރާތުން މިއަދު ވަނީ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށާއި ހައި ކޯޓަށް ހުށަހަޅައިފަ އެވެ.

މި މައްސަލާގައި މީޑިއާ ކައުންސިލުން މިއަދު ބުނެފައި ވަނީ، "ހަވީރު"ގެ ކުރީގެ ނޫސްވެރިންނަށް މަޖުބޫރީ ހާލަތެއް ކުރިމަތިވެފައިވާ ކަމަށާއި އެހެންވެ މިނިވަން މީޑިއާގެ މިނިވަންކަން ވަޅުޖެހިދާނެ ކަމަށެވެ.

ހަވީރު ނޫހުގެ ހިއްސާދާރުންގެ ދެމެދުގައި އުފެދުނު މައްސަލައަކާ ގުޅިގެން މިިދިޔަ އޭޕްރީލް މަހުން ފެށިގެން ހަވީރު ނޫހާއި އޮންލައިންގެ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ. އެހެންވެ އެ ނޫހުގެ ގިނަ މުވައްޒަފުން މަސައްކަތް ކުރަނީ އަލަށް އުފެއްދި "މިހާރު" ނޫހުގަ އެވެ.

8 ކޮމެންޓް, 116 ރިއެކްޝަންސް

icon happy icon happy 96%
icon sad icon sad 2%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުރ

06 July 2016

މާގިނަ އނގަނުތަޅާ، ހައިކޯޓަށް މައްސަލަ ހުށަހެޅީމަ ނުމުނީނުން.

The name is already taken The name is available. Register?

އުދާސް

06 July 2016

ޝިފާގު އަށް ކުރެވިދާނެ ކަމެއް އެބައޮތް! ކޮމިޝަނުން އިސްތިއުފާ ދެއްވާ!

The name is already taken The name is available. Register?

މުހަންމަދު

06 July 2016

ރައީސްކަމަށް އެންމެއެކަށީގެންވަނީ މީނަތާ! ހެޑްލައިނެއް އަޅާލެވިއްޖެނު!

The name is already taken The name is available. Register?

އަލީ އާމިރު

06 July 2016

ކޮމިޝަންގެ ނައިބު ރައީސް ޝިފާގް މުފީދު އެ މަޤާމުގައި ހުންނަވައިގެން، އަމިއްލަ ހައިސިއްޔަތުން ޓުއީޓްކޮށް ނުވަތަ އެހެން ގޮތަކުންވެސް މިފަދަ ވާހަކަ ނުދެއްކޭނެ.

The name is already taken The name is available. Register?

ފާނަކޮށި

06 July 2016

ހާދަ ފޭކް ސޮރެކޭ....!

The name is already taken The name is available. Register?

މެންޓަލިސްޓް

06 July 2016

ހަގީގަތުގައި އެތައްބައިވަރު ބައެއްގެ ހައްގުތަކެށް ގެއްލިގެން ދާއިރު ހިއުމަންރައިޓްސް ކޮމިޝަންއިން ބަޔާންނެރެންޖެހޭ ، ހަވީރު ނޫހުގެ ވެރިންކޯކޯޅޭކޯޅުމެއްގައި އެތަނުގެ މުއައްޒަފުންނަށް ހުކުން އައިސްގެން ނުވާނެ ، ކަނޑައެޅިގެން އިންސާނީ އުސޫލްތަކާއި އިސްލާމްދީނާއި ޙިލާފްހުކުމެއް އެއީ ،

The name is already taken The name is available. Register?

ހަސަނު

06 July 2016

ބަޔާނެއް ނުނެރޭނެތާ. ހަމަ ނެރޭއިރަށް ރ.މަޖިލިސްބާއްވައި ކޮމިޝަންގެ މެމްބަރުން ވަޒީފާއިން ވަކިކޮށްފާނެ ވިއްޔާ. ނޫނީ ކޮމިޝަން ވުޖޫދުންވެސް ފޮހެލާނެ ވިއްޔާ. މުސާރަ ކޮޅު ޖީބަށް ޖަހާލައިގެން ތިބެލާ. ރައްޔިތުން އެބަ ހޫނު ވޭ.

The name is already taken The name is available. Register?

ކަކަކަކަކަ

06 July 2016

ރައްޔިތުންނެއް ނެތޭ ،، ގޮތެއް ފޮތެއް ނެތޭ ،، ސަލާމަތެއްނެތޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454