ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ މިރޭ ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޔާމީން މިއަދު ޗައިނާ އަށް ފެއްޓެވި ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި ދިވެހި ކިޔަވާ ކުދިންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
ރައީސްގެ ދެކަނބަލުން ޗައިނާ އަށް ވަޑައިގަތީ، އެ ގައުމުގެ ރައީސް ޝީ ޖިންޕިންގގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި، ރާއްޖެ އާއި ޗައިނާގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ބާއްވަވައި، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.