ސެންޓާރާ ގްރޭންޑް ރިސޯޓުން ސްނޯކެލިން އަށް ގޮސް އުޅެނިކޮށް ގެއްލުނު އެ ރިސޯޓުގެ ޑައިވިން އިންސްޓްރަކްޓަރު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ޑައިވް ކުރަން ގޮސް އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހު ގެއްލުނު 25 އަހަރުގެ އެ މީހާ ފެނުނީ އދ. މަހިބަދޫ ކައިރީ އޮންނަ މާފަރު ކިޔާ ފަޅެއްގެ ތެރޭންނެވެ. މިކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.
އެނގިފައިވާ ގޮތުގައި ގެއްލުނު މީހާއަކީ އާއްމުކޮށް ފްރީ ޑައިވް ކުރާ ނުވަތަ ފުޅި ނާޅާ ފީނާ މީހެކެވެ. އަދި އޭނާ ގެއްލުނީ ވެސް ފްރީ ޑައިވަކަށް އެކަނި ގޮސް އުޅެނިކޮށް ކަމަށް އެނގިފައި ވެ އެވެ.