ގއ. ކުރެންދޫ ކަނޑުއޮޅިއަށް ޑައިވިނަށް ދިޔަ ޗައިނާ ޓޫރިސްޓަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި މަރުވީ ސަފާރީއަކަށް އައިސް އުޅުނު 50 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގެ ޑައިރެކްޓަރު ޝަމީއު މުހައްމަދު ވިދާޅުވީ އެތަނަށް އެ ޓޫރިސްޓު ގެނައި އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހްގީގު ކުރަމުން ނެވެ.
މޫދުގައި ހިނގާ އެކި ހާދިސާތަކުގައި މި ފަހަކަށް އައިސް ގިނަ އަދަދެއްގެ ޓޫރިސްޓުން ވަނީ މަރުވެފަ އެވެ.