މިލަންދޫ ސްކޫލުގެ އާ އިމާރާތް.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
08 ޖެނުއަރީ 2018 - 23:06
ށ. މިލަންދޫގައި އިމާރާތްކުރި ސްކޫލުގެ މަސައްކަތް ނިންމައި އެޑިއުކޭޝަން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ. މިއީ އަތޮޅު ތެރޭގައި މިހާތަނަށް އިމާރާތްކުރި، ޖާގައިގެ ގޮތުން އެންމެ ތަނަވަސް ސްކޫލެވެ.
މިލަންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަތައް ހައްލުކުރަން އަލަށް އެޅި ހަތަރު ބުރީގެ އިމާރާތުގައި 30 ކްލާސްރޫމު ހުރެ އެވެ.
މިލަންދޫ ސްކޫލުގެ އާ އިމާރާތް.-- ފޮޓޯ: އެސްޖޭ ކޮންސްޓްރަކްޝަން
އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން 2015 ވަނަ އަހަރު ހަދަން ފެށި ސްކޫލަށް ސަރުކާރުން ވަނީ 57 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދިރާސީ އާ އަހަރާ އެކު އަންނަ އާދިއްތަ ދުވަހު އެ އިމާރާތުގައި ކިޔަވައިދޭން ފަށާނެ ކަމަށެވެ.
މިލަންދޫ ސްކޫލުގެ އާ އިމާރާާތް
ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އެ އިމާރާތުގައި ހާއްސަ ދެ ކްލާސް ރޫމް ހާއްސަކޮށްފައިވެ އެވެ. އަދި ސައިންސް ތިން ލެބު ހުރެ އެވެ. މީގެ އިތުރުން ޓްރެއިނިން ހޯލަކާއި ކެފޭއެއްގެ އިތުރުން މުޅި ރާއްޖޭގައި ވެސް ހުރި އެންމެ ބޮޑު ލައިބްރަރީ ހަދާފައިވަނީ ވެސް މި އިމާރާތުގަ އެވެ.
ނާސަރީން ފެށިގެން ގްރޭޑު 12 އަށް ކިޔަވައިދެމުން އަންނަ މިލަންދޫ ސްކޫލްގައި 800 އެއްހާ ދަރިވަރުން ތައުލީމް ހާސިލްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަދިވެސް
10 January 2018
ކޮރަޕްޝަނަށް އިންތިހާއަށް ބޮޑު ޕްރޮޖެކްޓެއް. އަދި އަަތޮޅުގެ ރައްޔިތުންގެ އެތަށްބައެއްގެ ހައްގު އަތުލައިވައިވާ ކަމެއް. މިއީ މިހާތަނަށް ރައީސް ޔާމީނު ކުރެއްވި އެންމެ ދެރަ ކަންތައް.
ސިއުނާ
10 January 2018
ކަންތައް ކޮއްދެއްވާ އިރު ހުރިހާ އަތޮޅަކައް ހަމަ ހަމަ ވާނޭހެން ކަންތައް ކޮށް ދައްވުމައް ގޮވާލަން . މި ވަމުގެ ސަބަބުން ކިޔަވާ ކުދިނައް ނޭދެވޭ އަސަރު ކުރޭ. ތައުލީމީ ފެންވަރަކީ އެންމެނައް ހަމަ ހަމަ އައް ލިބެން ޖެހޭ އެއްޗެއް.
އަދީބު
10 January 2018
ހުރިހާ ދިވެހިން ދަރުވާލާފައި 800 ކުދިން ކިޔަވާ ސްކޫލެއްގައި ރާއްޖޭގައި ހުރި އެންމެ ބޮޑު ލައިބްރަރީ އެޅުމުން ވާނެ ފައިދާއަށްވުރެ ބޮޑުވާނީ ގެއްލުމެވެ. އެ ރަށެއްގެ އާބާދީ އާއި އެ ރަށޭއްގެ އާބާދީ އިތުރުވާ މިންވަރަށް ބަލައިގެން ކުރިމަގަށް ވެސް ބޭނުން ހިފޭނެ ފަދަ ގޮތަކަށް ކަންކަން ކުރަން ދަސްކުރާށެވެ. ތިޔަ ލައިބްރަރީގައި މިސާލަކަށް 200 ކުދިންނަށް ޖާގަ ހުންނައިރު، ލައިބްރަީ ބޭނުންކުރާ ކުދިންގެ އަދަދު 50 ނާރާނަމަ އެއޮތީ ސަރުކާރުގެ އިޚްލާސްތެރިކަން ނެތިފައެވެ. އެއީ ލައިބްރަރީގައި އިތުރު 2 މޭޒު ނުވަތަ އިތުރު 10 ކުދިންނަށް އެއްފަހަރާ ޖާގަ ނުދެވޭ ސްކޫލްތައް އެބަހުއްޓެވެ. އެ ސްކޫލްތަކުގެ ލައިބްރަރީ ކުޑަ ތަންކޮޅެއް ނަމަވެސް ބޮޑު ކުރެވިއްޖެނަމަ އެ ލައިބްރަރީގެ ޚިދުމަތް ހޯދައިގެން ގިނަ ކުދިން ސްކޫލް ނިމުމުން ފައިދާ ވާނީ ޤައުމަށެވެ. ނަމަވެސް މިލަންދޫގައި ތިބި މަދު ކުދިންތަކަކަށް "ބޭކާރު" ޚަރަދު ކުރުމަކީ ޤައުމީ ނިސްބަތުން ފައިދާ ހުރި ކަމެއް ނޫނެވެ. ނަމަވެސް މިލަންދޫއަށް ފަޚުރެކެވެ.
ޓީޗަރ
09 January 2018
މިލަންދޫ މީހުންވެސް އެކަމަކު އުޅެން ވާނީ މާލޭގަ..
ތްރީޒީރޯ
09 January 2018
މިހާރު ސްކޫލް މިނަނީ ކޮންކްރީޓުން އަޅާ ބައިގެ މީހުންނަށް ކޮންޓްރެކްޓްތައްދެވޭ ޢިމާރާތުގެ ބޮޑު ކުޑަ މިނުންތާއެވެ އެތަނުން ނެރެވޭ ނަތީޖާއަށް ބަލައިގެނެއް ނޫނެވެ
ރަދީފް
09 January 2018
ޕިންކް ކުލަ ލީނަމަ ދޯ. މިރޭ ޗެނަލް13 ގަ ދާއިރާގެ މެމްބަރު ވަރަށް އަޑުގަދަކޮށް ވާހަކަ ދައްކާނެ.
ޝައުކަތު
09 January 2018
ރައީސް ނަޝީދަށް ފަށްފަށުން ޝުކުރިއްޔާ!
އަލީ.
09 January 2018
މާލެ ބޭފުޅުން ވަރައް ދެރަވާނެ ރާއްޖެތެރެޔައް މިފަދަތަރައްގީ ގެނެސް އަޅުމާލެޔައް ބަރޯސާވުން ކުޑަކުރީމަ ށ އަތޮޅުމިހުން ދެންނުޖެހޭނެ ސްކޫލު ޖާގަނެތިގެން މާލެދާކައް ރަށުގެ އަރާމު ދިރިއުޅުން ދޫކޮއްލާކައް
އެހެނެއްނޫން
09 January 2018
މާލެ ބޭފުޅުން ދެރަވަނީ މިފަދަ ކަންކަން ކޮށްދިނީމަވެސް ރާއްޖެތެރޭ މީހުން ހަމަ މާލޭގެ ސްކޫލުން ނޫނީ ނުކިޔަވާން ގަދަހަދާތީ. އަތޮޅުތެރޭންވެސް ރަގަޅު ނަތީޖާތައް ފެނޭ. އެކަމުވެސް ހަމަ ކިޔަވަން މާލެ އަންނަ ތަން ފެންނަނީ.
ތެދު
10 January 2018
އެހެނެއްނޫން އަށް ތާއީދު
ލައިލާ
09 January 2018
ތީ ނަޝީދު 2010 ވަނަ އަހަރު ނިންމައިފައި ހުރި ސުކޫލެއް. އިންޑިއާއިން ސްކޫލް ނުގެނެވި އުޅެނިކޮށް އިސްތިއުފާ ދޭން ޖެހުނީ. މިސަރުކާރުން ކުރިކަމަކީ އިންޑިއާއިން ތި ސްކޫލުގެނެސް މިލަންދޫގައި ރާވާލީ. ޝުކުރިއްޔާ ރައީސް ނަޝީދު!
ގުޑްވަން.
09 January 2018
އިންޑިޔާއެއް ނޫން. ނަޝީދުގެ ހަގީގަތަކަށް ނުވާ ހުވަފެނީ ދުނިޔެއިން ނަގައިގެން ގެނެސް ރާވާފަ އެހުރީ. ހަމަ ޝުކުރިޔާ
ނީރާ އަބޫބަކުރު
09 January 2018
މިލަންދޫގަ ެވަރުގެ ސްކޫލެއް އަޅަން މާލަސްވެސ ވެއްޖެ.ބަލަ އެސްކޫލަކީ ވަރަށްތޫނުފިލި ކުދިނ އުޅޭ ސްކޫލެއް.ެ އެންމެގިނައަހަރުއޯލެވަލްގަ އެންމެރަގަޅު ނަތީޖާ ހޯދީ އެސްކޫލް.ޚާއްޞަކޮށް 2009 އާ 2010 ފަހަގަ ކޮށްލެވޭ. މީ މުޅިރާއްޖެ އެންމެނ ދަންނަ ޙަޤީގަތެއް. މިކަމާގުޅިގެން ކެމްބްރިޖް ޔުނިވރސިޓީއިންވެސް ވަނީ ެކަމގެ އަގުވަޒަންކޮށް އެވޯޑް ދީފަ..އަދި އެޑިޔކޭޝަނުންވަނީ އޭރުގެ ޕްރިންސްޕަލަށްވަރަށް ބޮޑު ޕްރޮމޯޝަނެއްވެސް ދީފަ. ހަހަހަހާ. ދެން އަތްޖަހާ