އެޗްޑީސީގެ ޗެއާމަނަކަށް ޝާހިދު

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަނަކަށް، މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު އިއްޔެ އައްޔަންކޮށްފި އެވެ.


ޝާހިދަކީ ހުޅުމާލެ ތަރައްގީ ކުރަން ފެށި ފަހުން، އެޗްޑީސީގެ ތަފާތު އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެޗްޑީސީގައި އެންމެ ފަހުން އޭނާ ހުންނެވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށެވެ. އެއީ 2012-2015 އަށެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފުއާދު ގާސިމް މިދިޔަ ހަފުތާގެ ބުދަ ދުވަހު ވަކިކުރުމުންނެވެ. ފުއާދު އެ މަގާމަށް އައްޔަން ކުރެއްވީ، މާޗް 3، 2016 ގަ އެވެ. އޭގެ ކުރިން އެ މަގާމުގައި ހުންނެވީ މުހައްމަދު އަސީލެވެ.