މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހުރިހާ ސަރަހައްދުތަކަށް ކަރަންޓް ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނީ، ސްޓެލްކޯ އިން ބުނިގޮތުގައި، އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް ތަފްސީލެއް ނުދެ އެވެ.

ސްޓެލްކޯގައި ކަރަންޓް ދޭ އިންޖީނުތަކަށް މައްސަލަ ކުރިމަތިވެ، ދޭތެރެ ދޭތެރެ އިން ކަރަންޓް ކެނޑެ އެވެ. މި މައްސަލަ ހައްލުކުރުމަށް ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ދިރާސާއެއް ކުރަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މާލޭގައި ކަރަންޓު ދޭން މިހާރު ބޭނުންކުރަނީ ގިނަ ދުވަސްވެފައިވާ ސިސްޓަމަކަށް ވުމުން އެ ސިސްޓަމްގެ މައްސަލަތަކާ ގުޅޭ ދިރާސާތަކެއް ކުރަން ޖެހޭ ކަމަށާއި ދިމާވާ މައްސަލަތައް ދިރާސާއިން ދެނެގަނެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.