ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގި ސަރަހައްދުގައި ފުލުހުން ފޯރިމަރަނީ
31 ޖެނުއަރީ 2018 - 15:04
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އޭނާ އަދިވެސް ހޭ ނާރާ ކަމަށް އާއިލާއިން ބުނެފި އެވެ.
ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެ އެކްސިޑެންޓެއްގައި ސީރިއަސް ޒަހަމްތަކެއް ލިބިގެން މިހާރު އޭޑީކޭގައި ފަރުވާ ދެމުން އަންނަނީ ފ. ފީއަލީ މުހުތާރު ހަސަން، 25، އެވެ. ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އޭޑީކޭގެ އައިސީޔޫގައި އޭނާއަށް ފަރުވާ ދެމުން އަންނައިރު، ހާލަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އާއިލާއިން ބުންޏެވެ.
މުހުތާރާއި އޭނާގެ 23 އަހަރުގެ ފިރިހެން ކޮއްކޮ ދުއްވި ސައިކަލު، ކުރިމަތިން އައި ޕިކަޕެއްގައި ޖެހިގެން ހިނގި އެ އެކްސިޑެންޓުގައި މުހުތާރުގެ ބޮލަށާއި މޫނުމައްޗަށް ވަނީ ސީރިއަސް ގެއްލުންތަކެއް ވެފަ އެވެ. އެގޮތުން ބޮލުގެ ނާށިގަނޑަށް ގެއްލުންވެ، ސިކުނޑިއަށް ލޭ އެޅިފައިވާއިރު ކޯ ކަށިގަނޑު ވެސް ވަނީ ބިނދިފަ އެވެ. އަދި މޫނުމަތި ވެސް ވަރަށް ބޮޑަށް ޒަހަމްވެފައިވެ އެވެ.
"ޑޮކްޓަރުން އުއްމީދު ކަނޑައެއް ނުލާ. އެކަމަކު ބުނީ ހޭ އަރަން ވަރަށް ދުވަސް ވެސް ނަގާފާނޭ. މަހެއްވަރު ވެސް ވެދާނޭ،" މުހުތާރުގެ ދައްތައަކު ބުންޏެވެ.
އެކްސިޑެންޓު ހިނގާފައިވަނީ މުހުތާރާއި އޭނާގެ ކޮއްކޮ، ފުޓުބޯޅަ ކުޅެން ދިޔަ މަގުމަތީގައި ހުޅުމާލޭ ހިތިގަސް މަގު، މައި ކޮލެޖް ކައިރިންނެވެ. ޕިކަޕުގައި ޖެހުމާއެކު އޭރު ސައިކަލު ދުއްވަން އިން މުހުތާރުގެ ކޮއްކޮ ވެސް ވެއްޓި ވަނީ ޒަހަމްވެފަ އެވެ. އެކަމަކު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އޭނާ މިހާރު ވަނީ ދޫކޮށްލާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްޖަ
31 January 2018
ރަށްދޫކޮއްފަ އައިސް މި އުޅެނީ ނައިސް ނުވެގެން ސަކަރާތެއްޖަހަނީއެއް ނޫން ރާއްޖެތެރެއިން ބޭނުންވާ ޚިދުމަތް ތައް ނުލިބޭތީ
އަލީ.
31 January 2018
އަމިއްލަ ރަށާ މައިންބަފައިން ދޫކޮއްފަ ހުޅުމާލޭގަ ކޮންސަކރާތެއްތީ