އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު (ކ) އަދި މެމްބަރު އަކްރަމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އެ ކޮމިޝަންގެ ރައީސް ސުލެއިމާން މިއަދު ވަނީ އިސްތިއުފާ ދެއްވާފައި.--ފައިލް ފޮޓޯ: މިހާރު
31 ޖެނުއަރީ 2018 - 17:41
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ސުލެއިމާން މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ، އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ހެނދުނު 10:00 ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ސުލެއިމާން އިސްތިއުފާ ދެއްވި ނަމަވެސް އޭގެ ސަބަބެއް އަދިއެއް ނޭނގެ އެވެ.
އެކަމަކު، އޭނާ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އީސީ) ގެ މެމްބަރަކަށް ކުރިމަތިލާން އުޅުއްވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެންއައިސީއަށް ކުރިމަތިލުމަށް ހުޅުވާލި ތިންވަނަ ފުރުސަތު މިއަދު ހަމަވާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ސުލައިމާން އިސްތިއުފާ ދެއްވާފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ނިންމި މައްސަލާގައި އެ ކޮމިޝަނަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރުން ވިދާޅުވާ ގޮތުގައި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމަށް ފަހު އެ ދާއިރާތަކުގެ ބައި އިލެކްޝަން ގާނޫނުގައި ބުނާ މުއްދަތުގައި ނުބޭއްވުމުން ކޮމިޝަން ވަނީ ގާނޫނާ ޚިލާފުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭކެނޑޭ
01 February 2018
ކޮލިފިކޭޝަން އަކީ ކޮބާތޯ ނުވަތަ ހުންނަން ޖެހޭ ޝަރުތު ތަކަކީ ކޮބާތޯ! މިސާލަކަށް ރައްޔިތުންގެ ޙަޒާނާއިން ވައްކަން ކުރަން އެގުން. ހަލާލެއް ހަރާމެއް ނުބަލާ ލިބޭ ގޮތަކުން ފައިސާ ތިމާގެ އަމިއްލަ އެކައުންޓް ތަކަށް ޖަމާޢު ކުރަން އެގުން. ނުވަތަ މީހުންގެ ޙައްގު ތައް ފޭރިގަތުން އެގުންތޯ! މި ދެންނެވި ޝަރުތު ތަކުގެ ތެރެއިން ޝަރުތެއް ހުންނަން ޖެހޭތޯ!
މަރީ
01 February 2018
ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަ މި އިލެކްޝަން ކޮމިޝަން. ހުރިހާ އެންމެ އިސްތިއުފާދީފަ ގެއަށް ދާށޭ. އަމިއްލަ ޖީބު ފުރަން އުފައްދާފައިވާ މަގާމުތަކެއް ނޫން ތީކީ! ތީ ރައްޔިތުންގެ ވަރަށް ބޮޑު ހައްގެއް ހިމާޔަތްކުރުމުގެ މައްސޫލިއްޔަތު އޮތް ތަނެއް. އެކަން ނުކުރެވޭ އެކަކުވެސް ތިތާގަ ހުންނާނެކަމެއް ނެތް!
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
31 January 2018
ޤައުމަށް ދައުލަތަށް ހެޔޮއެދޭ ޤާނޫނު އަސާސީ އާއި އެއްގޮތަށް ކޮމިޝަން ހިންގުމަށް ކެރިވަޑައިގެން ނުފޫޒުން އެއްކިބާވެހުރެ މިކަން ކުރާން ބޭނުން ކުރިމަތިލައްވަންވީ. އެކަމަކު ސްލައިމާނު ފަދައިން ނުވަތަށް އެއަށްވުރެން ގޯސްކޮށް ކޮމިޝަން ހިންގަވާ މި “ރައީސް އާއި އޭނާގެ ސަރުކާރު ރުއްސުވުމުގެ ނިޔަތުގައި” ތިޔަ މަޤާމަށް ކުރިމަތިލުމުގެ ވިސްނުން ގެންގޮޅޭބަޔަކު ތިބިނަމަ އަދި އަމުދުން “އެމަޤުސަދުގައި” ސަރުކާރުން ދައުވަތު ދެއްވައިގެ ން ގޮނޑިއަށް ވަޑައިގަންނަވާން ހީކުރާނީހާ “ގަދަ ވިސްނުމުން ވިސްނާންޖެހޭނެ” އަދި ދަންނާންވާނެ ޤާނޫނީ ޒިންމާ އަށް ފުރަގަސްދީ “ބަޔަކު ދެއްވާ އޯޑަރަށް އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުލިބޭނެ” ކަމާއި ހިދުން ހިދަށް ކުރައްވާ ހުރިހާކަމެއް ބަލާ އަޅާންޖެހޭ ފިޔަވަޅު ދުނިޔެއިން އަޅަމުންގެންދާނެކަން. ވަގުތު ކުޑަތަންވެއްޖެ. ގޮތްދޫނުކޮށް ގަދަދައްކަން އުޅެފިނަމަ ނަތީޖާ ރަނގަޅު ނުވެދާނެ. އަތުން ފައި ގޯސް ނަހަދާ ކަމަށް ހީކުރަން.
ތުނިޔަ
31 January 2018
މިހާރުވެސް ހުންނާނީ ތިމަގާމަށް މީހަކު ހަމަޖެހިފަ..ދެން އޮންނަ ގަވާއިދުން އިއުލާން ކޮށްލަން ޖެހޭނެތާ! 2018 ކާމިޔާބު ކުރެވޭނީ މަންމަނެއް ތިތަނަށް ލައިގެންވިއްޔާ އެކަން ކޮށްގެންވެސް ގޮތެއްވޭތޯ ބަލަން ޖެހޭނެނު!
މޫސާބެ
31 January 2018
ގޮނޑިނުގެއްލޭތީނޫބާ ހުކުންނުބުނެގެންތިއުޅެނީ ނޫންނަމަ ހުކުންނީސްކަންޔަޤީން ..
އަބްދުއްލާ
31 January 2018
ބައި އިލެކްސަން ނުބޭއްވުމުގެ ޒިންމާ ނަގަންޖެހޭނީ މަޖިލީހުގެ އިދިކޮޅުމެމްބަރުން.
ކުރުކޮށް
31 January 2018
4 ލީޑަރުންނާ ގުޅޭ ފަރާތެއް ދެން ހޮވިގެންދާނީ
ހިސްޓޯ
31 January 2018
މި ހަމަ އަނބުރާ ގޭސްގަނޑެއް. އެކަމަކު ހިފެހެއްޓޭނީ ވަކި ވަރަކަށް. މި ފަހަރު ދާނީ ޗޮކުން
ޔުނައިޓެޑް އައްޑޫ
31 January 2018
ސުލޭ ބަހައްޓާންވީ ހުރިހާ ކޮމިޝަންތަކުގެ ރައީސަކަށް.
ޙަސަން
31 January 2018
ތީ އެއްކަލަ ޝަރީފަށް ޚާއްސަކޮށްފައިވާ މަޤާމެއް...