އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަމަށް ޑރ. މުހައްމަދު ޒާހިރު މިއަދު އައްޔަންކުރައްވައިފި އެވެ.
އެ ކޮމިޝަނުން ހުސްވެފައިވާ މަގާމަށް އައްޔަންކުރެއްވި ގ. މާލެހިޔާ 1 03-18، ޑރ. ޒާހިރަށް ލިޔުން ހަވާލުކޮށްދެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ޑރ. ޒާހިރު ޕީއެޗުޑީ ހެއްދެވީ ބެންކޮކްގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަން އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިންނެވެ.
އީސީގެ މެމްބަރުކަމަށް އައްޔަންކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ހިއުމަން ރިސޯސަސް ޑިރެކްޓަރަކަށެވެ. މާސްޓާސް ހެއްދެވީ މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަނުންނެވެ.
އޭގެ ކުރިން އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރަކަށާއި އީސީގެ އިލެކްޝަންސް ވޯޓާ އެޑިއުކޭޝަން ޑިރެކްޓަރަކަށް މަސައްކަތްކުރެއްވި އެވެ.