މައުމޫން: ފަނޑިޔާރު އަލީ ހަމީދަށް މައުމޫން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ބަލަން ޕީޕީއެމުން ވަނީ ގޮވާލާފައި --ފޮޓޯ/މިހާރު
04 ފެބުރުއަރީ 2018 - 01:57
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަން ޕީޕީއެމުން މިރޭ ގޮވާލައިފި އެވެ.
އިދިކޮޅު ހުރިހާ ލީޑަރުން މިނިވަންކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް ޕީޕީއެމުން އެގޮތަށް ގޮވާލީ މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު ޒައިދުލް އަމީން، ޗެނަލް 13 އަށް ދިން އިންޓަވިއުއަކާ ގުޅިގެންނެވެ.
ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ މައުމޫނާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕީޕީއެމް ހިންގުން ރައީސް ޔާމީނާ ހަވާލުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ފަނޑިޔާރު އަލީ ހަމީދަށް ނުފޫޒު ފޯރުވުމަށް މައުމޫން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެކަމުގައި ރިޝްވަތުގެ އަމަލެއް މައުމޫން ހިންގެވި ކަމަށް ވެސް އޭނާ ތުހުމަތުކުރި އެވެ.
ޒައިދު ބުނި ގޮތުގައި އިސްލާމީ ޝަރީއަތާ ޚިލާފް ކަންތައްތަކެއް ކުރެއްވުމަށް ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް މައުމޫން ވަނީ ނުފޫޒު ފޯރުއްވައިފަ އެވެ.
އޭނާގެ ވާހަކަތަކަށް ފަހު ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވަނީ ކުއްލި ގޮތަކަށް ޗެނެލް 13 އާއި ޕީއެސްއެމް މެދުވެރިކޮށް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
PPM Press Release pic.twitter.com/B6p8z3Xguz
— Ahmed Nihan (@ahmed_nihan) February 3, 2018
ޕީޕީއެމުން ނެރުނު ނޫސްބަޔާން، އެ ޕާާޓީގެ ޕީޖީ ލީޑަރު ނިހާން ޓުވީޓް ކުރައްވާފައި.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކުރުމަކީ، ގާނޫނު އޮތް ގޮތުން އެހާ ފަސޭހަ ކަމެއް ނޫނެވެ. ޖިނާއީ ކުށެއް ކުރަމުން ދަނިކޮށް މެނުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކުރުމުގެ އަމުރު ނެރުމުގެ ބާރު އޮންނަނީ ވެސް ސުޕްރީމް ކޯޓަށެވެ. އެގޮތުން ކުށެއްގައި ތުހުމަތުކުރެވޭ ފަނޑިޔާރު ފިޔަވައި ދެން ތިބޭ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ނޫނީ ބަންދުކުރުމުގެ އަމުރެއް، ފަނޑިޔާރުންނާ ބެހޭ ގާނޫނުގެ ދަށުން، ނުނެރެވެ އެވެ.
ސުޕްރީމް ކޯޓުން މިދިއަ ބުރާސްފަތިދުވަހުގެ ރޭ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އެއްވެސް މައްސަލައެއް ނުބެލޭނެ ކަމަށް އަމުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރުބޭ
04 February 2018
ކުޑަ ދުވަސްކޮޅެއްގެ ތެރޭގާ ފުލެޓްގަނެ ބިންތައްގަނެ ވިޔާފާރިތައް ފަށާ އޮޑިދޯނިފަހަރު ވެސް ގަތޯ
ތެދެއް ދޮގެއް ނޭގޭ
04 February 2018
ނުފޫޒް ފޯރު ވޭނީ ނުފޫޒް ފޯރުވޭ މަޤާމެއްގައި ހުރި މީހަކަށެވެ.މީހަކު ބޭނުންވާ ގޮތެއްގެ އަނެކާ ގާތު ބުނާ ކޮންނެ ފަހަރަކީ ނުފޫޒް ކަމަކަށް ނުވާނެއއވެ
2222
04 February 2018
ކަލޯ ޔާމީނުގެ ފައިސާ ފައިސާ ފައިސާ ނޫން ހުރިހާ މައްސަލައެއްވެސް ބަލަން ޖެހޭ. ކޮން ގައުމެއްގަތޯ ދައުލަތުގެ ފައިސާ ގެއަށާ އެކައުންޓަށާ ވަނޭ ބުނި މީޙަކު މީހަކު ނުބަލާ ބަހައްޓާނީ! ވިސްނާ
ޝަހާމް
04 February 2018
ރައީސް ޔާމީނުގެ އެކައުންޓަށް ބަޔަކު ފޮނުވީ، (އަދީބު) ގެ އަތުގައި ހުރި ފައިސާތަކަކުން އެތިކޮޅެއް. އެވެސް، އޭނާގެ މައްސަލަތައް ރައީސް ޔާމީނު ބޭޒާރުކޮށްލާ ތަހުގީގް ކުރަން ފެށިފަހުން. ހިތުން ނިކަން މޮޅުތަކެއް ވާނެކަމަށް މިކަންކަން ކުރީ.
އައިސް
04 February 2018
ޝަހާމު ލޮލަށާ ކަންފަތަށް ލޮނުމިރުސް އެޅިގެންތަ ތިއުޅެނީ؟
ބަހަބަރު
04 February 2018
މިހާރު މި އުޅެނީ ރައީސް މައުމޫނު ހައްޔަރު ކުރެވޭނެ މަޅިއެއް ޖަހަން ވެގެން
ދާލު
04 February 2018
އަައްޗި ދެން އުޅޭގޮތެއްދޯ. ދިވެހިންނަކީ ގަމާރުންތަ ކަލޭމެން ހިތުން. ކުޑަކުއްޖަކު ޓީވީއަށް އަރުވާފަ ޑްރާމާ ކުޅެން.
ޒިންދަގީ
04 February 2018
މަރުފަލި ޖެހުމަކީ މިއީ...
އެޑްމުންޑޯ
04 February 2018
ކޮންފަދަ ނުވިސްނޭ މޮޔަބައެއްދޯ ރ.ޔާމީނުގެ އަރިހުގައި މިގެންގުޅެނީ ، ނޭވާހޮޅިއަށް އެޅެމުންދާއިރުވެސް ރ. މައުމޫނާއި ހަމަދިމާކޮށް ބެހެމުންއެބަދޭ ، މައުމޫނުގެ ތާއީދު ރައްޔިތުންގެތެރޭ ފަތު އަޑުކިޔާފައި ބާރަށް ކުރިއަށްދާކަން ހަމަ ނޭގެނީހެއްޔެވެ. ތިކުރާ ކަންތަކުން ރ. ޔާމީނުގެ ތާއީދު ދައްވަމުންދާ ކަން ވެސް ނޫސްތަކުގެ ކޮމެންޓްތަކުން ނުފުދޭހެއްޔެވެ؟
މަޒް
04 February 2018
ގޮތް ހުސްވުމުން ޒައިދުލް އިސްލާމްވެސް ސައިފުލް އިސްލާމްވެސް ޓިވީއަށް އަރާ ބަޔާން ދޭނެ.. ކުރިން ތިކަހަލަ ބަޔާންތައް ދިން ނަމަ
އައިއެފް
04 February 2018
ޤާނޫނީ ގޮތުން ޕީޕީއެމް އުވިފައި. މިހާރު މިވާގޮތަކީ ދަރުބާރު ކޯލިޝަން ނޭވާ ހޮޅިއަށް އެޅުނީ. މިހާރު ތިބީ ވ. ނޭވާ ހާސްވެފައި. ކޮންމެވެސް ގޮތަކުން އެބަޖެހޭ މިހާސްކަން ފިލުވައިލަން.
ގޮސް
04 February 2018
ޕޕމ ބޯގޮވަނީ.... އަދުރޭ މަރުފަލިތަޅަނީ... ޔާމީނު ކޮސްތަޅަނީ.........