މައުމޫންގެ ވަކީލު މައުމޫން ހަމީދު: މައުމޫންގެ މައްޗަށް ދައުވާއެއް އުފުލައި، ހުކުމެއް ކޮށްފާނެ ކަމަށް މައުމޫން ގަބޫލު ކުރައްވާ ކަމަށް ވަކީލް ވިދާޅުވި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
17 ފެބުރުއަރީ 2018 - 18:12
ކިތަންމެ ބިރެއް ދެއްކިޔަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އިސްލާހީ މަސައްކަތުގައި އެކަނި ހުންނަވަން ޖެހުނަސް އެ ގޮތުގައި ދެމިހުންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވި ކަމަށް އެ މަނިކުފާނު ވަކީލުން މިއަދު ބުނެފި އެވެ.
މައުމޫން ހައްޔަރު ކޮށްފައިވަނީ ރިޝްވަތު ދެއްވުމާއި ގާނޫނާ ޚިލާފަށް ވެރިކަން ބަދަލު ކުރަން ރޭވިކަމުގެ ތުހުމަތުގަ އެވެ.
މައުމޫންގެ ވަަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޓީމުގައި ހިމެނޭ ވަކީލު މައުމޫން ހަމީދު ވިދާޅުވީ މިހާރު ކަންކަން ހިންގަމުންދާ ގޮތުން، މައުމޫންގެ މައްޗަށް ދައުވާއެއް އުފުލައި، ހުކުމެއް ކޮށްފާނެ ކަމަށް މައުމޫން ގަބޫލުފުޅު ކުރައްވަ އެވެ. ނަމަވެސް ކިތަންމެ ބިރެއް ދެއްކިޔަސް ފަހަތަށް ނުޖެހޭނެ ކަމަށާއި އަދި ދޫ ދިނުމެއް ނެތް ކަމަށް މައުމޫން ވިދާޅުވި ކަމަށް ވަކީލު މައުމޫން ވިދާޅުވި އެވެ.
"ރައީސް މައުމޫން ޝައްކެއް ނުކުރައްވާ، މިއަށް ވުރެ ގޯސް ވެސް ވެދާނެ. އެހެން ނަމަވެސް ރައީސް މައުމޫންގެ މެސެޖަކީ އެއްވެސް ފަރާތަކުން ހީކޮށްގެން ނުވާނެއޭ މިފަދަ ބިރެއް ދެއްކިޔަސް އެންމެ ތަންކޮޅެއް ވެސް ފަހަތަށް ޖެހޭނެ ކަމަކަށް، އެންމެ ފިޔަވަޅެއް ވެސް ފަހަތަކަށް ޖެހޭނެ ކަމަކަށް. އެއީ ކުށް ހީއެއް ކަމަށް ރައީސް މައުމޫން ވިދާޅުވީ. އެހެން އެކަކު ނެތަސް ތިމަންނާ ހުންނާނެ ކަމަށް ވިދާޅުވީ،" ވަކީލް މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން ގާނޫނާ ޚިލާފަށް ހިންގާ އެއްްވެސް ތަހުގީގަކަށް އެއްބާރުލުން ނުދެއްވޭނެ ކަމަށް މައުމޫން ވިދާޅުވި ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. ހައްގުތަކާއި ގާނޫނުތައް ފޮރުވުމަށް ފަހު، އެ ތަހުގީގަކީ ގާނޫނާ އެއްގޮތަށް ހިނގާ ތަހުގީގެއް ކަމަށް ފުލުހުންނަށް ނުބުނެވޭނެ ކަމަށް އެ މަނިކުފާނު ތަހުގީގުގައި ވިދާޅުވި ކަމަށް ވެސް ވަކީލު މައުމޫން ހަމީދު ވިދާޅުވި އެވެ. އަދި ޖިނާއީ އެއްވެސް ކުށެއް ނުކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވާ ވިދާޅުވުން ފަހުން ވެސް ތަކުރާރު ކުރެއްވި ކަމަށް ވަކީލު ވިދާޅުވި އެވެ.
"މިއީ ގާނޫނީ އިމުން ބޭރުން ހިންގާ ތަހުގީގެއް ކަމަށް ރައީސް މައުމޫން ސާފު ސީދާ ބަހުން ވިދާޅުވި ފުލުހުން އަރިހު. އެހެންވީމަ ގާނޫނީ އިމުން ބޭރުން ހިނގާ ތަހުގީގަކަށް އެއްވެސް އެއްބާރުލުމެއް ނުދޭނެ ކަމަށް، ގާނޫނީ އިމަށް ފުލުހުން އަނބުރާ ރުޖޫއަވުމާ އެކު ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި،" މައުމޫން ހަމީދު ވިދާޅުވި އެވެ.
މައުމޫން ހަމީދު ވިދާޅުވި ގޮތުގައި ކުއްލި ހާލަތު އިއުލާންކޮށް، ހައްޔަރުކުރި އެއްވެސް ބޭފުޅަކު ދޫކޮށް ނުލަނީސް އެއްވެސް ފަރާތަކާ އެކު ކުރަންޖެހޭ މަޝްވަރާއެއް އޮތް ކަމަކަށް މައުމޫން ގަބޫލުފުޅެއް ނުކުރައްވަ އެވެ. ސަބަބަކީ ކުއްލި ހާލަތު އިއުލާންކޮށް، ހައްޔަރުކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ދެން ހައްޔަރުކުރި ބޭފުޅުން ވެސް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް މައުމޫން ދެކެވަޑައިގަންނަވާތީ ކަމަށް ވަކީލު މައުމޫން ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓު ވެސް ކުރިން އޮތް ގޮތަށް މިނިވަންކަމާ އެކު ހިންގަން ޖެހޭނެ ކަމަށް މައުމޫން ދެކެވަޑައިގަންނަވާ ކަމަށް ވަކީލު ވިދާޅުވި އެވެ.
"މިއީ ބަޔަކު އުފެއްދި ހާލަތެއް. މި ހިސާބަށް އަންނާކަށް ނުޖެހޭ. ގާނޫނުއަސާސީ އެބައޮތް، ގާނޫނު އެބައޮތް. ގާނޫނުއަސާސީގައި އެބަ ބަޔާންކުރޭ ގޮތްތަކެއް. ގާނޫނުތަކުގައި އެބަހުރި ގޮތްތަކެއް. ކޮންމެ މީހަކާ މެދު ތުހުމަތެއް ކުރެވުނަސް އެކަށީގެންވާ ގޮތަކަށް ތަހުގީގު ކުރެވޭނެ ގޮތްގޮތް ހުއްޓާ، މިކަމެއް ނުކުރެވޭނެއޭ، ގާނޫނާ އެއްގޮތަށް މިކަމެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީމަ އެބަ އެނގޭ ދެއްތޯ ކޮބައިކަން މީގެ ހަގީގީ މަގްސަދަކީ،" ވަކީލު މައުމޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނާ އެއްގޮތަށް ތަހުގީގުތައް ހިންގައި، ފިޔަވަޅުތައް އަޅާ ނަމަ އެކަމުގެ އެއްވެސް ޝަކުވާއެއް ނޯންނާނެ އެވެ. އެހެން ނަމަވެސް މިހާރު ކަންކަން ހިނގަމުންދަނީ އެގޮތަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަންމަރު
18 February 2018
ޒަޢީމަކަސް އަމީރަކަސް ރައްޔިތުންނާ ގައުމުފުނޑައެއްނުލެވޭނެ.މަގުސަދުހާސިލް ކުރުމަށް ބޭނުންހާގޮތަކަށް ރައްޔިތުންފުނޑާލުމާކީ ކޮށްގެންވާނެކަމެއްނޫން.
ފަޅުވެރިން
18 February 2018
ފަހަތަށް ޖެހޭނެ ކަމެއް ނެތޭ! ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ޢުމުރުގެ ބާކީ އޮތް ބައި ޖަލުގައި އޮތީމާ ނިމުނިއްޔޭ!!
ސޯދު
18 February 2018
އެން ޑީޕީ މީހުން އޭނަ ގުނބޯ ހައްދަނީ އޭނާއަކަށް ސަޕޯޓެއް އެވެރިން ނުކުރާނެ އަލިފާނާ ފެނާ ވަކިވާ ފަދައިން އެނގެން ހުރި ކަމެއް އެއީ ހަމަ ހައްދަނީ ދުވަހަކު އޭނާއަށް އެމީހުން ހިތް ހެވެއް ނުވާނެ އެކަން ނޭގުނނުކަން ވަރަށް ދެރަ
ނަންނި
18 February 2018
މައުމޫނު މޮޔަފުޅުވީ
ކަރާރު
18 February 2018
ގޮތް ދޫނުކރާނެ ދޯ ކޮންމެހެން ހަދާފަވެސް ދަރިޔަށް ވެރިކަން ހޯދާދޭން ހިފާފަ ވިއްޔާ އެހެރީ. ހަމަ ހިލާ އެކަމެއް ނުވާނެ. އާމީން
ޢަސްލަމް
18 February 2018
ތިއައީ ޒައީމެ ކުރިން މިގައުމު ފަހުރުވެރިވާ.
ސަރާ
18 February 2018
މިހާރުވެސް
އަޝްރަފް
18 February 2018
ތިޔައީ ޒަޢީމޭ އަދު ލޮބުވެތި މި ދިވެހި ޤައުމު ފަޚުރުވެރިވާ. އިސްލާހަށް ލޯބިކުރާ ދަރިއެއްގެ ހައިޞިއްޔަތުން މަނިކުފާނުގެ ތި ހިތްވަރު ފުޅަށް އައްސަރިހަބާ ސާބަސް ރައްދުކުރަން.
ދޮންދުބުރިމާ
18 February 2018
30 އަހަރު ނުދޫކުރި ގޮތެއް މިހާރު ވަކިދޫކުރާނެތަ
ސަރީފް
17 February 2018
މަ ނުދެނެހުރިން މިގައުމުގަ ފަހަތަށް ހިގާ މީހުން އުޅޭކަމެއް. އެހެންވީމާ ޒައީމު ފަހަތަށް ނުޖެހުމަކީ އަޖައިބުވާންވީ ކަމެއްނޫން. ދެން އަތަށްގޮވުން މީ މުޅިން އެހެން ކަމެއް ދެއްތޯ
ބިންބި
17 February 2018
ޒައީމަށް ސާބަސް. ދެރައީ ނަޝީދުގެ މަޅީގައި ޖެހުނީމަ. ޢެކަމަކު އަދިވެސް ލަހެއްނޫން. ދޮގުހެދުމާއި މުނާފިގު، ވައްކަންކުރާ މީހުންގެ ހިޔަނިން ބޭރުގަ އިސްލާހީ މަސައްކަތްކޮށްދެއްވާ