ލޯންޗެއް މިއަދު ދަތުރުކުރަނީ: ކަނޑުގަދަވުމުގެ ސަބަބުން ދަތުރުކުރުމުގައި ސަމާލުވާން ވަނީ އިލްތިމާސްކޮށްފައި.--މިހާރު ފޮޓޯ:ނިޝާން އަލީ
15 ޖުލައި 2016 - 18:24
މޫސުން ވަރަށް ގޯސްވުމުގެ ސަބަބުން ދަތުރުކުުރުމުގައި ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސް ކޮށްފި އެވެ.
އެމްއެންޑީއެފުން ވެސް ވަނީ، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ރޭގަނޑުގެ ވަގުތުގައި ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ދަތުރެއް ކުރާ ނަމަ، ކަމާބެހޭ ފަރާތްތަކަށް އެކަން އަންގާފައި މެނުވީ ނުކުރުމަށާއި ސަލާމަތީ ސާމާނު ހުރިތޯ ޔަގީން ކުރުމަށް ވެސް އިލްތިމާސްކޮށްފައި ވެ އެވެ.
މޫސުން ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އޮފީހުން ބުނީ ކުރި އަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ގުގުރައި ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުންޏެވެ.
ވައިޖެހޭނެ ކަމަށް މެޓުން ލަފާކޮށްފައިވަނީ ހުޅަނގު ދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރާ އިރު ވިލާގަނޑުގައި ގާތްގަނޑަށް 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.
.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy