ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް
19 ފެބުރުއަރީ 2018 - 13:14
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތަސް، ރައްޔިތުންގެ މަޖިލީހުގެ ބާރާއި އަދުލު އިންސާފުގެ ދާއިރާ އަށް ލިބޭ ބާރުތައް ހިފެހެއްޓިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ބައެއް އަސާސީ ހައްގުތައް ހިފެހެއްޓުމާއި ބައެއް ގާނޫނުތައް ހިފެހެއްޓުމުގެ ބާރު ލިބިވަޑައިގަންނަވާ ކަމަށެވެ. އެކަމަށް ގާނޫނީ ގޮތުން ދެންނެވޭނެ އެއްޗެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މި މަހު 5 ގައި ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގައި އަދުލު އިންސާފުގެ ބާރާއި މަޖިލީހުގެ ބާރާ ގުޅުން ހުރި ބައެއް މާއްދާތައް ހިފަހައްޓާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން މަޖިލީހަށް ލިބިގެންވާ ބާރުތައް، އަދުލު އިންސާފުގެ ދާއިރާ އަށް ލިބިގެންވާ ބާރުތައް މި ގޮތަށް ހިފެހެއްޓިދާނެ ކަމަކަށް އެހާ ފަސޭހަ އިން ގާނޫނީ ގޮތުން ދެންނެވިދާނެ ވާހަކަތަކެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
އެހެންވެ، ނަޝީދު ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގައި ހިފަހައްޓާފައިވާ ގާނޫނުއަސާސީގެ 99، 101، 113، އަދި 228 ވަނަ މާއްދާ ފާހަގަ ކުރައްވައި، ކޮމެޓީ މަރުހަލާގައި އެ މާއްދާތަކާ މެދު ވިސްނެވުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ މާއްދާތަކާ ނުލައި ފާސް ކުރެވޭނެ ގޮތެއް ވެއްޖެ ނަމަ، އެއީ ގާނޫނީ ގޮތުން މުހިންމު ސުވާލަކަށް ޖަވާބު ލިބުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ގާރެއް އޮތް ގޮތަށް ފާސް ކުރުން ނުވަތަ އެ ގަރާރުގެ ބައެއް ފާސް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މަޖިލީހުން ފާސް ކުރަން ޖެހޭ ކޮންމެ އެއްޗެއް އެ އޮތް ގޮތަށް ފާސް ކުރުން ނުވަތަ އެއަށް ބަދަލު ގެނެސްގެން ފާސް ކުރުން ނުވަތަ އެ ބާތިލު ކުރަން ވެސް މަޖިލީހަށް ބާރު ލިބޭ ކަން ވެސް ނަޝީދު ފާހަގަކުރެއްވި އެވެ.
ސަރުކާރުން މި މަހުގެ 5 ގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ދިރާސާ ކުރަން ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ވަނީ ފޮނުވައިފަ އެވެ.
ރައީސް އަބްދުﷲ ޔާމީން، މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 15 ދުވަހާއެކު، ޖުމްލަ 30 ދުވަހަށް އިތުރު ކުރަން ހުށަހަޅުއްވައިފަ އެވެ. މި މަހުގެ 7 ވަނަ ދުވަހު މި މައްސަލަ މަޖިލީހަށް ފޮނުވިއިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި މުއްދަތު މާދަމާ އަށް ހަމަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެވެލި
20 February 2018
ސަރުކާރުން ހިންގާ ގާނޫނީ ހުރިހާ ޖަރީމާއެއްގެ އެއް މޭސްތިރި އަކީ މި ބޭފުޅާ. ޢާންމުންނަށް އޮޅުވާލަން ވެގެން ދޭތެރެއަކުން ދެކޮޅަށް އެއްޗެއް ވިދާޅުވަނީ. އަނިލް އިޒް ހިޒް ބޯއި.
ބޮންޑާ
20 February 2018
1 ފެބުރުއަރީގަ ސްފްރީމް ކޯޓުން ނެރުނި އަމްރަށް ތަބާވާން ވެރިމީހާއަށް ލަފާއެރުވިންޔާ މާރަގަޅެއްނު.
ހޯގުޅާ
20 February 2018
މި އޮށް ހުރިހާ ދުވަހު ކޮށްތާކަށް ވަދެއޮތީ.
ރިސޯޓުހިއްސާނުދިންސަރުކާރު
20 February 2018
މިރާއްޖޭގަ ފެނިގެން މިދަނީ ދުނިޔޭގެ އެއްވެސް ގައުމަކުން ފެންނަ މަންޒަރު ތަކެއްނޫން ވެރިމީހާޔައް ގާނޫނުންބޭރުވެ ޖަވާބުދާރީ ނުވެވި އުޅޭތަން އެކަން ފޫބެއްދުމައް ބަޔަކު ލައްވާ ރޯމަހެއް މަރައްތެޅޭގޮތައް ތެޅޭތަން މީކޮންކަހަލަ ވެރިކަމެއް
ނާނި
19 February 2018
އެއް އިރަކު ގާޒީ އެއް ބަންދު ކޮއްގެން މީނަ ހީވަނީ މޮޔަވެގެން އުޅުނުހެން މިހާރު އުއްތަމަ ފަޑިޔާރު ހިމެނޭހެން ދެ ފަނޑިޔާރު ބަންދު ކުރީމަހަމަ އޯކޭ ތި ކިޔެވީ ....
ސޭކުބެ
19 February 2018
ނަޝީދުތީ ވަރަށް އިލްމީކޮއް ވާހަކަ ދައްކާ ރިވެތި ސޫރައެއް ދެއްވާފަހުރި ވަރަށް ދޫފަސޭހަކޮއް ވާހަކަ ދައްކާ އަދި ރައްޔިތުން އިތުބާރުވެސް ކުރާ މީހެއް. ނަޝީދަށްވެސް ހަމަ ރަގަޅަށް އެގޭނެ މިތާ ކަންތައްތައް ކުރަމުން މިދަނީ ވަރަށް އަނިޔާވެރިކޮއް ޤާނޫނާ ޤަވާއިދާ މުޅިން ޚިލާފަށްކަން. ދިވެހި ރައްޔިތުން އެދެނީ ތިފަދަ ބޭފުޅުންގެ ފަރާތުން ބޮޑު އެހީތެރިކަމަކަށް. އެއީ މިއަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ ހައްޤު ބަސް އިއްވުން އަދި އަނިޔާވެރިކަމާ ދެކޮޅަށް ވޯޓް ދެއްވުން. ވަރަށް އާދޭހާއެކު މި އެދެނީ...
ތެދުވާހަކައެއް
20 February 2018
ބަލަ ޤާނީގޮތުން ތެދުވާހަކައެއް ފުރިހަމަކޮއް ކަން އޮތްގޮތައް ބުންޔަސް ސަލާމަތެއް ނެތް. ނަޝީދު އެބުނީ ޤާނޫނުގައި އެކަން އޮތްގޮތައް، ދެން އެކަން ކުރަން ވީ އެންމެ ރަގަޅު ގޮތްވެސްމެ. އެކަމު ވެރިކަން ބަދަލުކޮއްލަން ބޭނުން ނަމަ މީ ރަނގަޅު ގޮތެއް ނޫން.
ބޮޑުރިޔާ
19 February 2018
އެބަކަމުދޭ
ޓެސްލާ
19 February 2018
ކުއްޓިނަޝީދުއަކީވެސް ވަރަށް ފުންނާބުއުސް ލޯޔަރެކޯ ؟؟ ނަމަވެސް ރާއްޖޭގެ ދުސްތޫރު އޮޅާލާ ވެއްޔާޢި މޮޑެލައިގެން ދިއައިރުވެސް އަނގައިންވެސް ނުބުނެ ތިޔަހުންނަވަނީ ކީއްވެތޯ ؟؟ ބޭފުޅުން ކިޔަވައިގެން ތިޔަތިއްބެވީ ކޯންޗެއްތޯ ؟؟؟ އަނެއްކާ އެހެންފަރާތްތަކަށް ވާޒާތުގެ ބުލެކްމައިލްކުރުމުގެ ކުޅިގަނޑަކާއި ދިމާވީތޯ ؟؟؟ ހަމައަހާލީ ،،، އަޅުގަނޑު ވަރަށްހިތާމަކުރަން ތިޔަބޭފުޅުން މިހާރު ގައުމުގައި މިއޮތް އަނިޔާވެރިކަމާއި ދެކޮޅަށް އަޑުނޫފުލާތީވެ ،،،، އިންސާނީ ކަރާމާތް ގެއްލިގެންދާއިރު މަޑުންތިއްބަވާކަށްނުވާނެ ،،،، މައައްސަލާމާ
އައިއެފް
19 February 2018
"ޗިސްޗިސް ކޮށްލިޔަސް ފިސްފިސް ކޮއްލިޔަސް ޢަބުދުﷲޣާޒީ ހައްޔަރުކުރީ ޤާނޫނާއި ޚިލާފަށޭ ބުނާނަން" މިއީ މިބޭފުޅާ ކުރިން ވިދާޅުވިބަހެއް. އެއްވުމެއްގައި. އޭރުގެ ސަރުކާރާދެކޮޅަށް އެއްވިއިރު. މިހާރު މިބޭފުޅާގެ ތަޤުރީރު ކޮބައިތޯ؟ ދެފަނޑިޔާރުން އެއޮތީ ހައްޔަރުކޮށްއި. އެވެސް އެންމެ މަތީކޯޓުގެ. ސާބަސް މެންބަރު ނަޝީދުއަށް. ދެން މިއަދުވެސް ކުޑަނަމަވެސް ޚައްޤުބަހެއް ވިދާޅުވީތީ ޝުކުރިއްޔާ. 1ފެބުރުއަރީ އަމުރު ނެރުނިސުރެ މިއަދާ ހަމަޔަށް ހުރީ ހަނު. ލިބިފައިވާ ޢިލްމުގެ ބޭނުން ކުރަންޖެހޭނެ. ބަޔަކު ނުރުހުނަސް.
ޤާޒީ
20 February 2018
ޙަޤީގަތަކީ އަންނި ވެސް މި ހަމަތަކުން ޤާޒީ ހައްޔަރު ކުރިނަމަ މިއަދު ޖަލުހުކުމެއް ތަންފީޒު ކުރާކައް ނުޖެހުނީސް. އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ހަގީގަތުގައި އަންނިގެ އެޑްވައިޒަރުންނާއި އަރިސް ބޭފުޅުން. އަނެއް ކަމަކީ އޭރު ގާޒީ ހައްޔަރު ކުރި އިރު އެގާޒީ އަކީ އެންމެ ނުރައްކާ ޤާޒީ މިހާރު އެއީ ގައުމުގެ ދުސްތޫރަ، ހަމަހުދު ފޮތިކޮޅެއް. މިޤާނޫނުގަ މިފަދަ ނުރައްކާލޯވަޅުތައް ބައްދަން އެއްވެސްބަޔަކު ބޭނުން ނުވާ ސަބަބެއްވެސް އޮންނާނެ ތާދޯ.
ރަރަ
20 February 2018
އައިއެފް އަށް ބުނެލަން އޮތީ، އަބުދުﷲ ގާޒީ ހައްޔަރުކުރީ އެއްވެސް ކޯޓްއަމުރެއްވެސް ނެތި، އަދި ކުރި ކުށަކީ ކޮބައިކަންވެސް ނޭގި، އެއާޚިލާފަށް ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ގަތްގަނޑު އެއޮތީ ފެންނަން، އަދި ހައްޔަރު ކޮށްފައި އެއޮތީ ގާނޫނީ އިމްގެ ތެރެއިން، އެއީ ކުއްލި ހާލަތު އިއުލާން ކޮށްފައި އޭގެ ދަށުން ރައީސުލް ޖުމުހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން، އެހެންވީމަ އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައި އެއޮތީ ގާނޫނު އިމުގެ ތެރެއިން.
ވަހީދު
19 February 2018
މިހާރު މިފެނިހެންދަނީ އުންމީދު ކުރާ ހުކުމްތަށް. ވ އުފަލުން ހުރީ. މަޖްލީސް މެޖޯރިޓީވެސް ލިބިއްޖެ.