މަޖިލީހުގެ ޕީޕީއެމާއި އިދިކޮޅު މެމްބަރުންތަކެއް މަޖިލީހުގެ އިދާރާ ކައިރީގައި. - ފޮޓޯ: މިހާރު
19 ފެބުރުއަރީ 2018 - 15:09
ރައީސް އަބްދުﷲ ޔާމީން މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ނެރުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
ރައީސް އަބްދުﷲ ޔާމީން، މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރަން ހުށަހަޅުއްވައިފަ އެވެ. މި މަހުގެ 7 ވަނަ ދުވަހު މި މައްސަލަ މަޖިލީހަށް ފޮނުވި އިރު، ކުއްލި ނުރައްކަލުގެ ހާލަތުގެ ގޮތުގައި ކަނޑައެޅި 15 ދުވަހުގެ މުއްދަތު މާދަމާ ރޭ ހަމަވާނެ އެވެ.
ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުން ކުރިއަށް ދިޔައީ ނޫސްވެރިން ނުވައްދައި ސިއްރުކޮށްގެންނެވެ. އެކަމަކު، އެ ގަރާރު ފާސްކުރީ ބައެއް ބަދަލުތަކާއެކު، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ ހަ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ގަރާރާ ދެކޮޅަށް އެމްޑީޕީގެ ދެ މެމްބަރަކު ވޯޓު ދެއްވި އެވެ.
މި ގަރާރު ދިރާސާކުރަން މަޖިލީހުގެ ކޮމެޓީއަށް ފޮނުވީ 38 މެމްބަރުންގެ އިއްތިފާގުންނެވެ. ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު، ބައިވެރިވެވަޑައިނުގެން ޖަލްސާ ވަނީ ބޮއިކޮޓް ކޮށްފަ އެވެ.
ކޮމެޓީގެ ބައެއް މެމްބަރުން "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ގަރާރަށް ގެނައި ހަމައެކަނި ބަދަލަކީ ހިފަހައްޓާފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ބާރާއި އަދުލު އިންސާފުގެ ދާއިރާ އަށް ގާނޫނުއަސާސީން ލިބޭ ބައެއް ބާރުތައް ދޫކޮށްލުމެވެ. އެކަމަކު، އެ ދެ ބާރުގެ ބައެއް ބާރުތައް ދޫކޮށްލިޔަސް، ގާނޫނުއަސާސީގެ މުހިންމު ބައެއް މާއްދާތައް އަދިވެސް ހިފަހައްޓާފައިވާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
މެމްބަރުން ވިދާޅުވީ ގަރާރަށް ބޮޑު ބަދަލެއް ކޮމެޓީން ނުގެނައި ކަމުގައިވިޔަސް، ހިފަހައްޓާފައިވާ ބާރުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ 100 ވަނަ މާއްދާ އާއި 101 ވަނަ މާއްދާ އާއި 113 ވަނަ މާއްދާ އާއި 228 ވަނަ މާއްދާ ހިމެނޭ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ބައެއް އަސާސީ ހައްގުތައް ހިފެހެއްޓުމާއި ބައެއް ގާނޫނުތައް ހިފެހެއްޓުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވަ އެވެ.
އެގޮތުން އަދިވެސް ހިފަހައްޓާފައި އޮތް ބައެއް މާއްދާތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަކިކުރުމާއި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ހުންނަ ޝަރުތުތަކާ މެދު ހިލާފެއް އުފެދިއްޖެނަމަ، އެފަދަ ކަމަކާ މެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެން ވަނީ ސުޕްރީމް ކޯޓަށް ކަމަށް ބުނާ މާއްދާ އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މަގާމުން ވަކިކުރުން ހިމެނެ އެވެ.
ކޮމެޓީން ގަރާރަށް ބަދަލުތަކެއް ގެނެސްފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތަސް، ރައްޔިތުންގެ މަޖިލީހުގެ ބާރާއި އަދުލު އިންސާފުގެ ދާއިރާ އަށް ލިބޭ ބާރުތައް ހިފެހެއްޓިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ.
ރައީސްގެ ސިޓީފުޅުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހުނު ހާލަތު، މިހާރު ވެސް އޮތުމާއެކު، އެ ހާލަތަށް ހެޔޮ ބަދަލެއް ނާންނަ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ޖެހުނީ ގާނޫނުއަސާސީގައި ބާރުތައް ވަކި ކުރެވިފައިވާ އިރު، ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން ފަނޑިޔާރުން އަމަލުކޮށްފައިވާތީ ކަމަށް ރައީސްގެ ސިޓީފުޅުގައިވެ އެވެ. މިއީ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާނެ ކަންކަން ކަމަށާއި އެ އަމަލުތަކުގެ ސަބަބުން ދުސްތޫރީ އޮނިގަނޑަށް ބޮޑެތި ލޮޅުންތަކެއް އައި ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށް ވެސް އެ ސިޓީފުޅުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމާ
20 February 2018
ބަގުޑިސަރުކާރު.
އެބުނީ
20 February 2018
ކޮއްމެކަމަކަށް ނިމުންއާދެއެވެ، މިކަމައްވެސް ހަމައޮތީ އެގޮތެވެ، ނޭގެނީ ކޮންއިރަކުންކަމެވެ.
ސަބްނަމް
19 February 2018
ތަނެއް ދޮރެއް ނުދަންނަ ބަޔެއް ހެން ހީވަނީ- ތިޔަ ކަމެއް ކުރަންޖެހޭ ވަގުތު ފާއިތުވެއްޖެ ކަން އިނގޭތަ؟
އަބޭ އައްބާސް
19 February 2018
އަޅުގަނޑު ސެލިއެލިއުޓް ކުރަން މިގަރާރު ކޮމެޓީން ފާސްކުރުމަށް ވޯޓް ދެއްވި އެއްމެހައި މަޖިލިސް މެމްބަރުނަނަށް. ( އއ )
ހާކިމާއޭ
19 February 2018
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ކޮމެޓީން ފާސް ކުރުން އެއި އުފާވެރިކަން ލިބިގެން ދާނެ ކަމެކޭ. ނުޖެހޭނެއޭ މަޖްލީހުގެ ޖަލްސާ ބަޔަކު ބޮއި ކޮޓް ކޮށްފިނަމަ 43 މެމްބަރުން ހަމަ ކޮށްގެން ކުއްލި ނުރައްކަލުގެ ހާލަތަށް ވޯޓް އަހަން. 3 މީހުން ޖަލްސާ އަށް ހާޒިރު ވިނަމަވެސް ޖަލްސާ ބާއްވާ އެބޭނުންވާ ކަމެއް ޖެހޭނެ ސަރުކާރަށް ފާސް ކޮށްދޭން. ސަރުކާރަކީ އެއީ ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ސަރުކާރަކަށް ވާތީވެ ސަރުކާރުން އެދޭ ކަމެއް ކޮށް ދޭން ޖެހޭނެ. ކޮންމެހެން ނުޖެހޭނެ 43 މެމްބަރުން ހަމަ ކުރަން. ސަރުކާރަކީ އެއީ ހާކިމާ އަކީ. އިދިކޮޅު ރަންރީނދޫ ޓްވިޓަރޭ މެން އެއީ ނޮން ހާކިމާ މެންނަކީ ދޯ.
އަލީގ
19 February 2018
ރައްޔިތުން ބަނޑައް ޖައްސާލާފަ ނޫނީ ނުފައިބާގޮތައްދޯ. 30 ދުވަހެއްނޫން 300 ދުވަސް އިތުރުކުރިޔަސް ވޯޓުލާދުވަހު އެންމެ ވޯޓެއްވެސް އިތުރައް ލިބޭނެމަގެއް ފަހިކުރެވިދާނެހެން ހީއެއްނުވޭ އެހެންނެއްނޫން ތިޖަހާ ސަކަރާތް ދިގުދެންމިވަރަކައް ލިބެންހުރި ވޯޓުކޮޅުވެސް ނުލިބޭގޮތްވާނީ.
އެމްސް
19 February 2018
ކޮމެޓީ އިން ފާސްކުރަން މަޖިލިހަށް ޤަރާރު ހުށަހެޅީ ކީއްވެބާ؟
ރައްޔިތުން
19 February 2018
އެންމެ މަތިވެރި ޖިހާދަކީ އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ބުނާ ޙައްޤު ބަސް- ހަދީސް
ޖިހާދު
20 February 2018
ބުނެވޭ ހައްގުބަހަކީ ވެސް އަދި އަނިޔާވެރި ވެރިޔެއްކަން ތިމާޔައް އެއްވެސް ޝައްކަކާ ނުލާ އިގި ޔަޤީން ނުވާހިނދު، ހަނުހުރުން އައުލާކަން ބޮޑު ނުވޭބާ؟ ވަކި މީހަކާ ނުވަތަ ޕާޓީ އަކާ ނުގުޅުވާ ދީނާއި ހައްގައް ތެދުމަގައް ނަސްރު ދެއްވުން އެދި ދުވާކުރަމާ؟
ބަރުބާދު
19 February 2018
އިތުރު 15 ދުވަސް ކީއްކުރަންތޯ؟. މިވެރިކަން ނިމިގެންދާނީ މިހާލަތުގައޮވެކަން ޔަގީން.