ރައީސް މައުމޫން ކްރިމިނަލް ކޯޓަށް ވަދެވަޑައިގަންނަވަނީ--- މިހާރު ފޮޓޯ
22 މާޗް 2018 - 20:50
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ބާޣީއަކަށް ހަދަން މަސައްކަތް ކުރައްވަނީ ރައީސް އަބްދުﷲ ޔާމީން ކަމަށް، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫން ބާޣީއަކަށް ހެދުމަކީ ރައީސް މުހައްމަދު ނަޝީދު ދެކެމުން އަންނަ ހުވަފެނެއް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި އަމީތު ވިދާޅުވީ މިހާތަނަށް މައުމޫނަށް އެންމެ އަނިޔާވެރިވީ ވެސް އަދި ބާޣީއަކަށް ހަދަން މަސައްކަތް ކުރައްވަނީ ވެސް ރައީސް ޔާމީން ކަމަށެވެ.
Raess Maumoon Baagee akah hedhumakee Nasheed ge huvafeneh: Nihan
The most trusted news source in the Maldives
Mihaaru
ރައީސް މައުމޫން ބާޣީއަކަށް ހަދަން ރައީސް ނަޝީދު ބޭނުންވާ ކަމަށް ނިހާން ވިދާޅުވުން.
"މީގެ ކުރިން ރައީސް މައުމޫނަށް ނުލިބޭ އެތައް އަނިޔާއެއް ދެމުން ގެންދަނީ ރައީސް ޔާމީން. އެކަމެއް އެގޮތަކަށް ނުކުރެވޭނެ. ރައީސް މައުމޫން މިނިވަންވެގެން ވަޑައިގަންނަވާނެ އިރާދަ ކުރެއްވިއްޔާ،" ރައީސް ޔާމީނާ ހިޔާލު ތަފާތުވުމުން ޕީޕީއެމުން ވަކިކުރި އަމީތު ވިދާޅުވި އެވެ.
ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ހައްޔަރު ކުރި މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށް އަނިޔާތައް ދެމުން ގެންދަނީ ރައީސް ޔާމީން ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
ރައީސް ޔާމީނާ ދެކޮޅުވުމުން ޕީޕީއެމުން ވަކިކުރި ފަރާތްތަކަކީ ބާޣީކަމަށް ވިދާޅުވެ މައުމޫންގެ ބޮލުގައި ބާޣީއެއްގެ ތުހުމަތު އަޅުވާފައިވަނީ ވެސް ރައީސް ޔާމީން ކަމަށް އަމީތު ވިދާޅުވި އެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ ނަޝީދު ވަނީ މައުމޫން "މަގުފުރައްދާފަ" ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޔަގެރި
24 March 2018
އަމީތަކީ މައމޫނު ބާޢީއަކަށް ހެދި މީހެއް.
ޒަންޖަބީލު
23 March 2018
އިނގިރޭސި ހަރުބަހެއްގަ އޮވޭ ވަޓް ގޯޒް އެރައުންޑް ކަމްސް އެރައުންޑް.. އަނެއްހެން ބުނަންޏާ އެމީހަކު ކުރި ނުވަތަ ކުރާ ކަމެއްގެ ބަދަލު އެމީހަކާ އެބުރި އައިސް ބައްދަލު ކުރާނޭ.. މިއީ ހުރިހާ ސިޔާސީ މީހުންވެސް އަދި ހަމަ ކޮންމެ މީހަކުވެސް ހަނދާނުގައި ބަހައްޓަން ވަރަށް މުހިންމު ކަމެއް..
ބެނޭ
23 March 2018
ކުރީގެ ރައީސް ނަސީދު ކުޅުނީ ވަރަށް މޮޅު ގޭމެއް މައުމޫނު މަގުފުރަށްދާލަން، ފާރިސް މައުމޫނަށް ވެރިކަން ހޯދާދޭނެކަމަށް ވިދާޅުވެ މައުމޫނު ލައްވާ މި ގައުމަށް ބަޢާވާތެއް ކޯޓް މެދުވެރިކޮށް ގެންނަން މައުމޫނަށް ހިތްވަރުދީ އެކަން ކުރުވީ އިސްތިއުފާދެއްވި ރައީސް ނަސީދުކަން ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާނެއެވެ.
އަބުރުވެރި
23 March 2018
ރަންގަޅައްވިއްޔާ އެހެއްދެވިލަވަތަކުންއެއްބައި މިމީހުންވެސް އޭރުހުންނާނީ ކިޔާފަ ހުދުފޮތިކޮޅަކައްވެގެން ވަރައްހެއްވާދޯ.
ސަރީފު
23 March 2018
ޔާމީނު ވެރިމަމުން ވެއްޓުމުން ރާއްޖޭ އިގްތިސާދަށް ވަރައްނޭދެވޭ އަސަރު ކުރާނެ...އިއްތިހާދުން އިންޑިއާ ޢާއި އެކު ބާއްވާ ގުމުގެ ސަބަބުން ޗައިނާ ފެޔައްޖެހޭނެ...އޭގެ އަސަރު ރާއްޖޭ ރައްގީއަށްކުރާނެ...ހަމައެކަނި އިއްތިހާދަށް ސަޕޯޓް ނުކުރެވޭ ސަބަބަކީ އިންޑިާއާއި އެކު ރާއްޖެ އަންނަމުން ތަރައްގީ ހުއްޓޭނެ ތީ..
ޒަންޖަބީލު
23 March 2018
ތީ އަދި ޗައިނާގެ ވިޔަފާރި ސިޔާސަތު ނޭގޭތީ ދައްކާ ވާހަކައެއް.. ލަންކާގަވެސް އޭރު ރާޖަޕަކްސަގެ ވެރިކަމުގަ ތިކަހަލަ ވާހަކަ ދެެއްކި.. ވެރިކަން ބަދަލުވެ ސިރިސޭނާ ރައީސަކަށް އައިސްގެންވެސް ޗައިނާއިން ލަންކާގައި ކުރާ އިންވެސްޓްމަންޓް ދަނީ ކުރިޔަށް
ހޯރަ
23 March 2018
ނިހާނުއާއި އަދުރޭ މޮޔަނުގޮވަތިބޭ ނަޝީދު މައުމޫނު ބާޣީއަކަށް ހަދަންބޭނުންނަމަ މައުމޫނު ޖަލަށްލީހީ އެބޭފުޅާގެ ވެރިކމުގައި އެމްޑީޕީގެ ވެރިކަމުގައި މައުމޫނު ޖަލަށް ލާންގޮވާހެދީ ރީކޯމޫސަ މިގާރު އެހެރީ ޔާމީނާއެކު ވީމާ، މައުމޫނު ބާޣީއަކަށް ހެދުމުގެ މޭސްތިރިންނަކީ، ޔާމީނާ، އަދުރޭއާއި ނިހާނާ އަދި ރީކޯމޫސަ ދެންއަތްޖަހާ! ތިމާއަށް ވެރިކަންހޯދައިދިން އެންމެންޖަލަށް، ނޫނޭވާ އިހުސާންތެރި ބޭފުޅެއް!
ޑީސީ
23 March 2018
ކޮބާ އެއްކަލަ ވެލާނާގޭ އިބްރާހިމް ނާސިރު އަށް ބާޢީ ލަވަ ހައްދަވައިގެން މައުމޫނު ކިއުއްވި ހަނދާން މިހާރު ހުންނަވާނެ ކަމަށް ހީކުރަން
ރަށްދު
23 March 2018
މައުމޫން ރަށްޔިތުންނަށްކުރި އަނިޔާ ހަނދާނެތިއްޖެ އެއީ އަލިފެއް
ސުނިލް
23 March 2018
ނާސިރު ބާޢީ އަކައް ހަދާ އަނިޔާ ދިނީ މައުމޫނު. މި ވާހަކަ ވެސް ތާރީހް އައްޓަކައި ވަކި ކޮޅެއް ނުނަންގަވާ ލިޔެލަ ދެއްވާ.
ޕްރިންސެސް މީ
23 March 2018
ހާދަ ލާރިއެކޭ ދޯ ދީފަ ތިހިރީ ކޮމެންޓު ކުރަން.
ސުނިލް
23 March 2018
ދެން ކިތަންމެ ފުއްޕިއަސް ތި މައުމޫނު ކޯޓުން ނާސިރު 25 އަހަރައް ޖަލައް ލާން ހުކުމް ނުކުރާކަމައް ވާނެ؟ އާން ލާރި އަޅާފަ މި އޮތީ މަށައް.
ވަގު ގަޑި
23 March 2018
އެމަނިކުފާނަށް މިސަރުކާރުން 2 އަނިޔާ ވަގުތުން ހުއްޓާލާ މިނިވަން ކުރުމަށް އިލްތިމާސް ކުރަން!