22 މާޗް 2018 - 18:04
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫ، ބާޢީ އަކަށް ހެދުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެމުން އައި ހުވަފެނެއް ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ ނަޝީދު ވަނީ މައުމޫން "މަގުފުރައްދާފަ" ކަމަށެވެ. ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސިޔާސީ ލީޑަރުން ހިމެނޭގޮތަށް ނުވަ ބޭފުޅަކު މިނިވަން ކުރެއްވުމަށް ސުޕްރީމް ކޯޓުން ކުރެއްވި އަމުރު ބަގާވާތެއްގެ ގޮތުގައި ސިފަ ކުރައްވައި ނިހާން ވިދާޅުވީ އެކަމުގައި މުޅިންހެން ބެދުނީ ރައީސް މައުމޫނާއި އެމަނިކުފާނުގެ އެކުވެރިން ކަމަށެވެ.
"އެންމެ ފަހުން ނިމިގެންދިޔަ މައްސަލަ މިއަކީ ރައީސް މައުމޫން ގޮޅިއަށް ފައްތާލަން ކެނެރީގޭ ނަޝީދާ އޭނާގެ ޓީމުގެ މީހުން ކުރި ނުރައްކާތެރި ޝައިތާނީ ވިސްނުންމެއް، އެ ދަލުގައި ރައީސް މައުމޫނާއި ރައީސް މައުމޫންގެ ޓީމް ޖެހިގެން ދިޔައީ. އެއީ ހިތާމައަކީ،" ނިހާން ވިދާޅުވި އެވެ.
ނިހާން ޕީޕީއެމް ޕޯޑިއަމްއެއްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މިހާރު
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު، ރާއްޖޭގެ ސިޔާސީ އަދި ޝަރުއީ ދާއިރާގެ އިސް ބައެއް ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަން މިހާރު ވަނީ ކޯޓަށް ފޮނުވައިފަ އެވެ. އެ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ހިމެނެ އެވެ. ޝަރީއަތް ނިމެންދެން އެބޭފުޅުން ބައްދުގައި ބެހެއްޓުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
Maumoon aai Faris aan kureege CP ah terrorism ge dhauvaa
The most trusted news source in the Maldives
Mihaaru
މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް ޓެރަރިޒަމް ގެ ދައުވާ ކުރުން
އެއީ ނަޝީދުގެ ރޭވުމެއްކަމަށް ސިފަކުރަމުން ނިހާން ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ފިޔަވާ އެ ޕާޓީގެ ބޮޑެއް ނުހިމެނޭ ކަމަށެވެ. ހައްޔަރުކޮށްފައި މުޅިންވެސް ތިބީ މައުމޫނާއި އެމަނިކުފާނުގެ އާއިލާ ބޭފުޅުންގެ އިތުރުން ރަހުމަތްތެރިކަން ކަމަށް ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ އެހާލު ރައީސް މައުމޫނަށް ޖެހިވަޑައިގަތީ ގައުމުދެކެ ލޯބިވުން ދޫކޮށްލުމުން ކަމަށެވެ.
ނަޝީދުގެ އާއިލާއަލީ 1953 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ ހުރިހާ ބަޢާވާތެއްގައި ބައިވެރިވެފައިވާ ބައެއްކަމަށް ވިދާޅުވެ ނިހާން ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.
ރައީސް މައުމޫނަށް އިޝާރާތް ކުރައްވާ ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ބައެއް ބޭބޭފުޅުންގެ ވާހަކަ ދިވެހި ތާރީހުގެ ހުރިހާ ސޮފްހާތަކެއްގައިވެސް ލިޔެވިގެން ދާނެ ކަމަށެވެ. އޭގެ ތެރޭގައި ރަން ސޮފްހާތަކާއި ކަޅު ސޮފްހާތައްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާރފް
25 March 2018
ފޮޓޯއިން އެ ފެންނަ އުޖާލާ ރީތި އަލިވެގެންވާ ނަޝީދުގެ ހިތްތިރި މޫނުފުޅުން ތި ވާހަކައަކީ ދޮގެއްކަން ހެކިދޭ!!
ޖިންނިބޭ
24 March 2018
ގަބޫލު ކުރިޔަސް ނުކުރިޔަސް މި ބޮޑު ތެދެއް
ދަރަވަންދޫ މުއާޒު
23 March 2018
ރައީސް މައުމޫނުގެ ފޮޓޯފުޅެއް ހުއްޓަސް ޕީޕީއެމް ރޫޅިގެން ނުދާނެ ކަމަށްބުނެ މައުމޫނު ގައިގަ ކޮޅުފައިން ޖެހުމުގާ ފޫގަޅައިގެން ހުރެ ޕާޓީ ފޭރިގަނެ " ބަލާ ބޮޑުކޮށް ލަވާ ކާންދީ ނަގާ ގޮނޑިއެއްގަ ވެދުވީމާ،، ރޮލާކައިހުސްކުރަން ބެބޭ ފުޅޭ މުސްކުޅި ނޮޅާއެލަނީ "
ހސަންބެ
23 March 2018
މައުމޫނު ބާޣީއަކަށް ހެދީ ނަޝީދެއްނޫން. ނަޝިދަކީ މައުމޫނުގެ އޭރުގެ ހަތުރަކަށްވިޔަސް ނަޝީދު މައުމޫނާމެދު ކަންތައްކުރީ ފިސާރި ރަގަޅަށް. އެހެނަސް މައުމޫނުގެ ކޮއްކޮ މައުމޫނު ޓެރަރިސްޓަކަށް ހަދައިފި.
ބެނޭ
23 March 2018
ކުރީގެ ރައީސް މައުމޫނަށް އެކި ގޮތްގޮތުން ވަސްވާސްދީ މައުނޫނު މަގުފުރަށްދާ މައުމޫނު ޖަލަށްލުމުގެ އެންމެ އިސަރޯލެއް އަދާކުރީ އިސްތިއުފާދެއްވި ރައީސް ނަސީދު. އެއީ ނަސީދުގެ ވެރިކަމުގަ މައުމޫނު ޖަލަށް ނުލެވުނީމަ މިވެރިކަމުގަ ބަޢާވައި ކުރާމިހުނަށް ހައްގު އަދަބު ލިބޭނެކަން އެގިހުރެ ނަސީދު މައުމޫނަށް ދިން ލަނޑެއްކަން ޔަގީނެވެ.
ވޯލް
23 March 2018
ރައީސް ނަޝީދުގެ ސަރުކާރުގައި މައުމޫނަށް އެންމެ އިހްތިރާމްއާއި އެކު ކަންކަން ކުރީ. ޔާމީނު ޤާނޫނާ ހިލާފަށް އެސްއޯއީ އިއުލާނުކޮށް މައުމޫނު ބޮލުގައި ކޮރަޕްޝަނާއި ތުހުމަތު އަޅުވާހަ ހައްޔަރުކުރުމަށްފަހު ސަރުކާރު ވަށްޓާލުމުގެ ތުހުމަތުގައި ދަހްޤީޤްހިންގާ އާހިރުގައި ޕީޖީ ލަށްވާ ދައުވާ މިކުރީ ޓެރަރިޒަމްއަށް. ނިހާންމެންގެ ތާއީދު ގެއްލިދާނެތީ އެހެން މީހުންގެ ވބޮލުގައި ތުހުމަތު އަޅުވާނެ ކަމެއް ނެތް.
ޢަބްދު
23 March 2018
މިނާއަކީ ހުވަފެނިސްޓެކޯ...
ކާލާމައްން
23 March 2018
ނަޝީދު މާކުރިންވެސް ބުނެފަ އޮއްނާނެ އެބޭފުޅުން އެބޭފުޅުންގެ ނަގުލުގައޭ ގޮށް ޖެހޭނީ،މިއޮތީ އެދުވަސް އައިސްފަ.އިބުލީހުގެ ބަހަށް ނުހެއްލޭ އާދަމުގެ ދަރިން އިންސާނުންނަށް ހެއްލޭނެ ކަމަށް ބުނެއުޅޭ މިއޮތީ ނަޝީދުގެ މަޅީގަ ޖެހި އޭނަ ބޭނުންވި ގޮތަށް ބާޤީ އަކަށް މައުމޫނު ހަދާފަ.ތުނޑު ހަދަނަށް ކެހިދިން މީދަލަށް ވީވަރު މައުމޫން މިވީ.
ތުނިޔަ
23 March 2018
ނިހާނޫ ޕީޕީ ކުދިން ފަހަރެއްގަ އަތްޖަހާފަނެ ތިކިޔާ އެއްޗަކަށް!
ނާޝް
22 March 2018
ނިހާނު ހިތައް އަސަރުކުރީތަ؟ ރައީސް މީހާއަށް ބުނަން ބޭނުންވެފަ ހުންނަ ބަސްތައް އަރައިގަނެފަ ހުންނަ ރުޅި، ފިތިފަ ބިރުދައްކާފަ ހުންނަލެއް ބޮޑުކަމުން ތިބާލަނީ ރައީސް ނަޝީދަށް.. ޅޮއް ޅޮއް ކިޔާބަލަ ނިހާނު.