މެމްބަރު އިބޫ: އޭނާ ހައްޔަރުކުރީ ޖުމްހޫރީ މައިދާންގައި ހުންނަވަނިކޮށް --ފޮޓޯ/މިހާރު
28 މާޗް 2018 - 13:57
ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ގެ މައްޗަށް އުފުލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް، ފުލުހުން ފޮނުވައިފި އެވެ.
މި މަހުގެ 16 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި، ޖުމްހޫރީ މައިދާނުން ހައްޔަރުކޮށް، މިހާރު ޖަލުގައި ހުންނެވި އިބޫގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަން އިބޫގެ ވަކީލް ނާޒިމް ސައްތާރު ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަ ޕީޖީއަށް ފޮނުވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެކަމަކު މި ކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
އިބޫގެ މައްސަލަ ޕީޖީއަށް ފޮނުވިއިރު، މިދިޔަ މަހު އިިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން މަޖިލިހުގެ ބައެއް މެމްބަރުން ވެސް ހައްޔަރުކޮށް، ވަނީ ދައުވާ އުފުލައިފަ އެވެ.
މިދިޔަ ޖުލައި މަހު އިދިކޮޅު މެމްބަރުން ގަދަކަމުން މަޖިލީހަށް ވެންނެވި މައްސަލާގައި ދައުވާކުރި 12 މެމްބަރުންގެ ތެރޭގައި ވެސް އިބޫ ހިމެނިވަޑައިގަންނަވަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިިހާރު ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
16
28 March 2018
ޖުމްހޫރީ މައިދާނުގައި ތިބިހުރިހާ މީހުންނާ މަޖީދީމަގަށް އެއްވި ހުރިހާ މީހުންވެސް, އެންމެން ވާނީ ހަމަހަމައެއްނޫންތޯ? އެއްވެފައިތިބި މީހުންގެ ތެރެއިން ވަކިވަކިން ބޭނުންވާ ބަޔަކު ހޮވާލައިގެން ޝަރީއަތްކުރުން, މީ ހާކިމާ ބޭނުންވާ ގޮތްތޯ?
އަހުމަދު ވެންގާ
28 March 2018
އިބޫ އެކަނިތަ ޖުމްހޫރީ މައިދާނުގަ ހުރީ
ޢޙަމީދު
28 March 2018
މީވެސް ގައުމެއްގައި މީހުން ގެންގުޅޭގޮތެއް - ދުރުވިސްނޭ މީހުނަށް މިކަމުގައި އިބުރަތް ތަކެއްވާނެ ކަން ކަށަވަރު
ފްލެޓް ބޭނުންވާ ޕޮލިސް ޤާޒީ
28 March 2018
ކުރާނެ ދައުވާ ތަށް އެބަ އޮތް ތާއެވެ.ހަދަ ހަދާގެން މާނަ ކޮށްކޮށްގެން މެމްބަރުންގެ މައްޗަށް ދައުވާ ތަށް ކޮށް މެމްބަރުން ތައް ނައްތާލަނީ އެވެ.މިކަމުގައި އެެއްމެ ނުރަގަޅު ބައެއް އަދާކުރަނީ ފުލުހުން ނެވެ.ޕީޖީ އާއި ކޯޓް ތަށް ވެސް ވަކި ސަހަލެއް ނޫނެވެ
ސިއާ
28 March 2018
އިބޫގެ ކޮން މައްސަލައެއްބާ އިބޫ ކުށެއްކުރިތޯ? ހުކުމެއް އަންނަވަރުގެ!?