ރާއްޖެ އާއި ޒެމްބިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރުމުގެ ލިޔުމުގައި މިއަދު ސޮއިކުރެއްވުމަށް ފަހު ދެ ގައުމުގެ މަންދޫބުން އެ ލިޔުން ބަދަލުކުރައްވައި ސަލާމް ކުރައްވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ
01 އެޕްރީލް 2018 - 17:16
ރާއްޖެ އާއި ޒެމްބިއާއާ ދެމެދު ސިޔާސީ ގުޅުން މިއަދު ގާއިމްކޮށްފި އެވެ.
މިއީ ރާއްޖެ އިން ސިޔާސީ ގުޅުން ގާއިމްކުރި 166 ވަނަ ގައުމެވެ.
ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި، ސިޔާސީ ގޮތުން ދެ ގައުމު ގުޅުނު ލިއުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. ޒެމްބިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ލަޒަރޫޒް ކަޕަމްވޭ އެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރުމަކީ އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރަން ހުޅުވުނު ފުރުސަތެއް ކަމަށެވެ. ޚާއްސަކޮށް، މިއީ އެފްރިކާ ބައްރުގެ ގައުމުތަކާ އެކު ގުޅުން ބަދަހިކުރަން ރާއްޖެ އަށް ހުޅުވިގެން ދިޔަ ދޮރެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޒެމްބިއާ އެކު ރާއްޖެ އިން ސިޔާސީ ގުޅުން ގާއިމްކުރި އިރު، އދ. ގެ އެންމެ ބާރު ގަދަ އަދި އެންމެ ވާދަވެެރި ކައުންސިލް ކަމަށްވާ ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ އިން ވާދަ ކުރުމަށް ވޯޓު ހޯދުމުގެ ކެމްޕޭން ކުރި ގައުމުތަކުގެ ތެރޭގައި އެ ގައުމު ހިމެނެ އެވެ. ސެކިއުރިޓީ ކައުންސިލްގެ ގޮނޑި އަށް ޒެމްބިއާގެ ތާއީދު ހޯދުމުގެ ގޮތުން އެ ގައުމާ އެކު ދިވެހި ސަރުކާރުން ވަނީ ވާހަކަ ދައްކައިފަ އެވެ.
އާބާދީގައި ގާތްގަނޑަކަށް 16 މިލިއަން މީހުން ހިމެނޭ ޒެމްބިއާ އަކީ އެފްރިކާ ބައްރުގައި އޮންނަ ހަތް ގައުމުގެ ތެރެއިން އެއް ގައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާރފް
02 April 2018
އަދި ޒިމްބާބްވޭ، އުތުރު ކޮރެއާ
ައަހަރެން
02 April 2018
އިންޑިއާޔާ އެކަނިދޯ ގުޅެންޖެހެނީ؟؟؟ ދާންވީނުން ބުދުފައްޅީގަ ކުލަލާން ކަލޭމެން..
ފޫހި
01 April 2018
މިހާރު ފެންނަނީ އެފްރިކާގެ ހުދުމުހްތާރު ގަ2ުމުތަކާގުޅޭތަން.
ހަސަންމަނިކުފާނު
01 April 2018
ހުރިހާ ގައުމު ތަކާވެސް ގުޅުން ބަދަހިވާން ޖެހޭނެ! އަދި ވެވުނު ވަރަކުން އަނެއްގައުމަށް އެހީތެރިކަންވެސް ދޭން ވާނެ! ގަތަރާއި ގުޅުން ކަނޑާލީތީ އަޅުގަނޑުމެން ވަރަށް ދެރަވޭ! އުއްމީދުކުރަން މި ނިންމުން މުރާޖާކުރާނެ ކަމަށް!
ކާސިމު
01 April 2018
އީރާނާއި ގަތަރާ ގުޅުން ކަނޑާލައި ބަދަލުގައި ގުޅުން އުފައްދަން ހަމަ ސަތޭކައިގެ ގައުމެއް
ދަތްނެތްކުއްޖާ
01 April 2018
އިތޮއެޕިއާ އާއި އެކު ވެސް ގުޅުން ބަދަހި ކުރަން ފެނޭ. ލައްކަ ގިނަ ފައިދާ ރާއްޖެ އަށް ވާނެ ކަމަށްފެނޭ.
ފަސްކުޅަނދު
02 April 2018
ދެރަކޮއްލަން ކަމަށް ތޯ؟
ޗައިނާ
01 April 2018
ޗައިނާގެ ބާރު އޮންނަ ކޮންމެ ތަނަކާ މިވެރިން ގުޅުން ބަދަހިކުރަން މަޖުބޫރުވާނެ...
ޗައިނާ
01 April 2018
ޗައިނާގެ ބާރު އޮންނަ ކޮންމެ ތަނަކާ މިވެރިން ގުޅުން ބަދަހިކުރަން މަޖުބޫރުވާނެ...
ޢަލީ1007
01 April 2018
ޒަމްބިއާ އަކީ ރާއްޖެ ފަދަ ޑިކްޓޭޓަރޝިޕް އެއްގެ ސިފައިގައި ހިންގާތަނެކެވެ. މިދިޔަ އަހަރު ޖުލައި މަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މަޖިލީހުގެ ބާރު ކަނޑުވާލައި، އިދިކޮޅު އެންމެން ހައްޔަރުކޮށް ރައްޔިތުން އަޅުވެތިކޮށްފައިވާ ޤައުމެކެވެ. ލަނޑަޔާ ވާނީ ލަނޑަޔާއެވެ.
މައުސް
01 April 2018
އެފްރިކާ ބައްރުގައި އޮންނަ ކިތައް ޤައުމޭ?