ވާރޭ ވެހި މާލޭގައި ފެން ބޮޑުވެފައި: ހުޅަނގު މޫސުން ފެށޭނީ މޭ މަހު -. ފޮޓޯ:ނިޝާން އަލީ/މިހާރު
09 އެޕްރީލް 2018 - 12:25
މިހާރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކުރަމުން ދަނީ އިރުވައި މޫސުމާއި ހުޅަނގު މޫސުން ބެދޭ ވިއްސާރަ ކަމަށް، މެޓް އޮފީހުން މިއަދު ބުނެފި އެވެ.
ޖުމްލަ 18 ނަކަތް ހިމެނޭ ހުޅަނގު މޫސުން ފެށޭ ކަމަށް ޒަމާނުއްސުރެ ބަލަމުން އަންނަނީ އައްސިދަ ނަކަތުންނެވެ. އިއްޔެ އަކީ އެ ނަކަތުގެ ފުރަތަމަ ދުވަހެވެ.
އެކަމަކު މޫސުމީ އިލްމު ފުޅާވެ، މޫސުން ބަލާނެ މިންގަނޑުތައް ވެސް ތަފާތުވުމުން، ކޮންމެހެން ނަކަތުގެ މައްޗަށް މޫސުމުގެ ހުރިހާ ކަމެއް މިހާރު ބިނައެއް ނުވެ އެވެ. އެގޮތުން ރާއްޖޭގެ ހުޅަނގު މޫސުން ފެށިއްޖެ ކަމަށް މީޓިއޮރޮލޮޖިކަލްގެ ގޮތުން ބަލަނީ ހުޅަނގުން ވައި ޖެހެން ފެށުމުންނެވެ.
މެޓްގެ ޑައިރެކްޓަ އޮފް މީޓިއޮރޮލޮޖީ އަހުމަދު ރަޝީދު ވިދާޅުވީ ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެ އަށް ކުރަން ފަށަނީ އާންމު ގޮތެއްގައި މެއި މަހުގެ ދެ ވަނަ ހަފުތާގައި ކަމަށެވެ.
"މިހާރު މި ކުރާ ވިއްސާރަ މާ ގިނަ ދުވަހަކަށް ދެމިގެންނެއް ނުދާނެ،" ރަޝީދު ވިދާޅުވި އެވެ.
"އެކަމަކު ހުޅަނގު މޫސުމުގެ ވިއްސާރަ ތަންކޮޅެއް ގިނަ ދުވަހަށް ދެމިގެންދާނެ."
މެޓުން ލަފާކުރަނީ ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް، ބައެއް ފަހަރަށް، ގުގުރުމާ އެކު ވިއްސާރަ ކުރާނެ ކަމަށެވެ. އެގޮތުން މިއަދު ހެނދުނު 11:00 އިން ހަވީރު 5:00 އަށް ށ. އަތޮޅާއި ގދ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި 30 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޖީތު
09 April 2018
ދެބަ ދޭތެރެތަ؟
ޏަރު
09 April 2018
މިއީ ދެ މޫސުން ބެދޭ ވިއްސާރަވީމާ މަގުތައްވެސް ފެންބޮޑުވެ ކާނުތައް ބެދުނީތަ
ރަށްވެހި މީހާ
09 April 2018
މެޓްއޮފީހަކީ ސައިންޓިފިކް ތަހުލީލިތައް ކޮށް ދިރާސާ ވެސް ކުރާތަނެއް. އެބޭފުޅުން ވާހަކަދައްކަވަނީ ފެކްޓް ބޭސްޑް ސައިންޓިފިކަލީ ޕުރޫވަން ވާހަކަ. މިހާރު މެޓްއޮފީހުން ދޭ ފޯކާސްޓް ކުރިއާ ހާސް ގުނަ ތަފާތު. އޭގަ މިހާރު އޮއްޓަރު ހުރޭ. ޤަވައިދުން މޫސުމާބެހޭ މަޢުލޫމާތު ބޭނުންކުރާ މީހެއްގެ ހައިސިއްޔަތުން ދަންނަވަން، މިހާރު ތިބޭފުޅުންގެ މަސައްކަތް ބަލައިގަންނަން. މި ދާއިރާއިން ޢާއްމުންގެ ހޭލުން ތެރިކަން އިތުރުކޮށްފިނަމަ ބަލައިގަންން މީހުންގެ އިންސައްތަ އިތުރުވަނެ ކަމަށް ފެނޭ.
ބޯގަމާރު
09 April 2018
ނޫނޭ. މިހާރު މިއޮތީ އައްސިދަ ލައިގެންފައި . އެހެންވީމާ އައްސިދަ ކޮޅިގަނޑު ޖެހުނީމާ ހުޅަނގު ޔަޤީންވާނީ . މުސްކުޅިން ބުނަނީ އައްސިދަ ގައިމުވާނީ، ތިންދުވަހުތެރޭ ދުވަހެއްގައި އައްސިދަ ކޮޅިގަނޑު ޖެހުނީމައޭ. އެއަށް ކިޔަނީ މޫސުންބެއްދުމެކޭނޫން . އެކަމަކު މީ ދެމޫސުން ބައްދާ ދުވަސްވަރުދޯ....
ހުސޭނު
09 April 2018
މި އާޓިކަލްގައި އިން ފޮޓޯ ފެނުނީމަ ގަބޫލް ކުރެވޭ ރާއްޖެ ވެނިސް އައް ނެހެދެންވީ ސަބަބެއް ނެތްކަން.
ޕިސް
09 April 2018
މެޓުން، މޫސުމޭ ކިޔައިގެން އެއްޗެއް ބުނެފިޔާ ކަންވާނީ އެޔާ އިދިކޮޅަށް އަބަދުވެސް.
ނެރު
09 April 2018
ދެން އަންނާނީ ދެ މޫސުން ބައްދާ ވިސްސާރަބާ
މަރޭމިތުރާ
09 April 2018
ވާރޭވެހުނިއްުޔާ ގަސްތައްރޯވެ ދިރޭނޭ! .ވާރޭފެން ރައްކާކުރުމަށް މަގުފަހިވާނޭ!
ޖޯޖް
09 April 2018
ހަހަހހަ ހުޅަނގުން ވައިޖެހރން ފެށީމަ އެބެލީ ހުޅަނގު މޫސުމްގެ ނަކަތް ފެއްޓުނީ ކަމައް ކީކޭ ބުނާނީ
ވެދަރމަން
09 April 2018
ވާރޭ ވެހެންފެށީމަ ބަލާނީ ވާރޭ ވެހެން ފެށިކަމަށް!